ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރި ދިގުލީ ވިއްރާގައި ގައުމުގެ 3 ބައި ކުޅަ 1 ބައި ގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވި ހާދިސާއަށް އަށް ފަހު ފެންގަނޑު ހިނދި ހަމަޖެހެން 6 މަސް ވަރު ނަގާނެ ކަމަށް ލަފާކޮށްފިއެވެ.

ޕާކިސްތާނަށް ކުރި ބޯ ވިއްސާރާގައި އުތުރުގެ ފަރުބަދަމަތިން ދިޔާވެގެން ފައިބައިގެން އައި ސްނޯގެ ބޯ ކޯރުތަކާއެކު ލިބުނު ގެއްލުން 30 ބިލިއަން ޑޮލަރަށް އަރާ އިރު، މިހާތަނަށް 1400 މީހަކު މަރުވެ 33 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ.

އިދާރާތަކުން ބުނާ ގޮތުން، ބޯ ވިއްސާރައިގައި ފެންބޮޑުވެ ދެމެމުން ދިޔަ ފެން ކޯރުތަކުގެ ސަބަބުން އެތައް ހާސް ގެއަކާއި، ރެލްވޭ ތަކާއި، ބްރިގްތަކާއި މަގުތަކާއި އެއްގަމު އުނދަދު ފަހަރުގެ އިތުރުން، ނައާމްސޫއްޕާއި ދަނޑުބިންތައް ވެސް ވަނީ ހަލާކުވެ ސުންނާފަތިވެފައެވެ.

މިއާއެކު މިހާރު ބިރު ހީވެފައި ވާ އަނެއް މައްސަލަ އަކީ ހަލުވި ކަމާއެކު ޑެންގީއާއި ބޭރައްހިންގުން ފެތުރެމުން ދާތީ އާންމު ބޮޑު ރޯގާއެއްގެ ބިރެވެ. ރިޕޯޓުތައް ބުނާގޮތުން، މިއަރުގެ ޑެންޑީ ޖެހިގެން 584،246 މީހަކު ރިޕޯޓު ކޮށްފައި ވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 50 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ދަނޑުބިންތައް ހަލާވެ ދިޔުމާއެކު ކާބޯތަކެއްޗަށް ޖެހި އަދި އާންމު ބޭނުންތަކަށް ބޭނުންވާ ބޭސް ހުސްވެދާނެކަމުގެ ބިރުވެސް އެބައޮތެވެ. މީގެ އިތުރުން، އަދިވެސް ކޮންމެވެސް ވަރަކަސް ވާރޭ ވެހެމުން ދިޔުމާއެކު، އެންމެ ބޮޑަށް އަސަރުކޮށްފައި ވާ ސިންދް ޕްރޮވިންސްގެ ކޯރުތައް ފުރި ފެންގަނޑު ފެތުރިގެންދާނެ ކަމުގެ ބިރުވެސް އެބައޮތެވެ.

ޕާކިސްތާނަށް ދިމާވި ފެންބޮޑުވުމުގެ މިހާދިސާއާ ގުޅިގެން ގައުމުތަކުން ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ތަކެތި މިހާރުވެސް ފޯރުކޮށް ދެމުން ދާ އިރު، ހާލުގައި ޖެހުނު މީހުންނާއި ހަލާކުވެ ސުންނާފަތިވެފައިވާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދެއެވެ.

މި ވިއްސާރާގައި ތިރި ސަރަހައްދުތަކަށް ބޮދެތި ގެއްލުންތައް ވި ނަމަވެސް ވެރިރަށް ކަރާޗީ އަދި ލާހޯރު ފަދަ ތަންތަނަކަށް ގެއްލުމެއް ނުވެއެވެ.

ލާހޯރަކީ ދިވެހިންވެސް ގިނަ އަދަދަކަށް އުޅޭ ތަނެކެވެ. ރާއްޖޭގެ ފޮރިން މިނިސްތްރީން ބުނެފައި ވާ ގޮތުން ޕާކިސްޓަނުގެ އެކި ސިޓީތަކުގައި ދިރިއުޅޭ 67 ދިވެއްސެއްގެ މައުލޫމާތު އެއްކޮށް ހާލު ބަލާފައި ވެއެވެ. އެ އެންމެންގެ ހާލުެވސް ރަނގަޅުކަމަށް މިނިސްޓްރީން ބުނެއެވެ.