މިދިޔަ އޮގަސްޓު މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގަންފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 3.6 ޕަސަންޓު އިތުރު އަދަދެއް ކަމަށެވެ. އަދި، މަހު މަހުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށް ވުރެ 5.9 ޕަސަންޓު އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެއެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީއާއި އަޅައިބަލާއިރު މިއަހަރުގެ އޮގަސްޓް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
އޮގަސްޓް މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އާމްދަނީ 48.7 ޕަސަންޓަކީ ހިއްސަކުރަނީ ޖީއެސްޓީއެވެ. އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ 19.9 ޕަސަންޓު ބިފައިވާއިރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީގެ 5.8 ޕަސަންޓު ވަނީ ލިބިފައެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 73.09 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 69.43 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ޖުމްލަ 196.28 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ.
މިއަހަރުގެ އޮގަސްޓު މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުނެއެވެ.