އިއްޔެ އައްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުންނަ އައިސީއެމް ބޭސް ފިހާރަ ކުރިމަތިންނެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ އެމީހާ ހިނގާފައި ދަނިކޮށް، ދުއްވާފައި ދިޔަ ޕިކަޕެއް އޭނަގެ ގައިގައި ޖެހިފައެވެ.

މި ހާދިސާގައި އޭނަ ޕިކަޕްގެ ދަށުވެ، ވަރަށް ބޮޑަށް ޒަހަމް ވަނީ ވެފައެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި އޭނާ މާލެ ގެނެސްފައިވާއިރު އޭނާ އަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 40 އަހަރުގެ މީހަކަށެވެ.