އެއްޖިއްސުން ގުޅުން ހިންގި މައްސަލަތަކަކާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެއްޖިއްސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ދިވެހި 3 ފިރިހެނަކު އިއްޔެ ވަގުތެއްގައި ހައްޔަރު ކޮށްފަިއވާ ކަމަށާއި، އެމީހުން ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެގޮތުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަަހަރުގެ ފިރިހެނަކާއި، 47 އަހަރުގެ ފިރިހެނަކާއި 49 އަހަރު ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 45 އަހަރުގެ ފިރިހެން މީހާއަށް ވަނީ 5 ދުވަހުގެ ބަންދެއް ޖަހާފައެވެ. ދެން ތިބި ދެމީހުންގެ ބަންދަށް ވަނީ 14 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ.

މި ފަހަކަށް އައިސް އެއްޖިއްސުން ގުޅުން ހިންގުމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެ ގޮތުން ބަންގްލަދޭޝް ފިރިހެނެއް ކަަމަށް ވާ އަލަމްގިރި އާއެކު ދިވެހިންތަކެއް އެއްޖިއްސުން ހިންގާ ވީޑިއޯތަކެއް ވައިރަލް ވެ އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައިގައި މިހާތަނަށް 4 މީހަކު ހަޔަރުކޮށް މައްސަލަ ޝަރީއަތަށް ފޮނުވާ 3 މީހަކު ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވާއިރު އަލަމްގިރިއަށް ވަނީ ކޫށް ސާބިތުވެ 7 މަހުގެ ޖަލުހުކުމެއް އިއްވާފައެވެ.

އިއްޔެ ފުލުހުން ހައްޔަރު ކުރި 3 މީހުންނަކީ އަލަމްގިރި ކްލަސްޓާއާ ގުޅުން ހުރި ބައެއް ކަން ފުލުހުން އަދި ސާފުކޮށެއް ނުދެއެވެ.