އަހަރުތަކަކަށް ފަހު މާލޭގައި ބަހުގެ ހިދުމަތް ފެށުމާއެކު އެ ހިދުމަތް ތަޖުރިބާކޮށްލަން އެތައް ބަޔަކު ވަނީ ކެތްމަދުވެފައެެވެ.
އިއްޔެ "ބަސް ދުއްވާލަން" ވަޑައިގެން އެ ތަޖުރިބާ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ކުރައްވާފައެެވެ.
މިނިސްޓަރު ނަހުލާ ބަހުގައި ދަތުރުކުރެއްވި ފޮޓޯތައް ހިއްސާކޮށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނީ ޖީބަށް ލުއި އަދި ރައްޔިތުންނަށް އިތުބާރު ހިފޭ ވަށައިޖެހޭ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ. އަދި އުފަލަކީ އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން މި ކަންކަން ހަގީގަތަކަށް ވެ ރައްޔިތުންގެ ތަކުލީފުތަކަށް ލުއި ލިބިގެން ދިއުން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ސީޕީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ބަހުގައި ދަތުރު ކުރައްވާފައެވެ.
މީގެއިތުރުން ހުޅުމާލޭގައި ދިރިއުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތީ އެމްޓީސީސީގެ ހުޅުމާލެ ބަހުގައި މާލެ ވަޑައިގަތުމަށް ފަހު އޯކިޑު ރޫޓުގެ ބަހުގައި މަޖިލީހާ އެންމެ ކައިރީ ބަސް ސްޓޮޕަށް ފައިބާވަޑައިގެން ތަންކޮޅަކަށް ހިންގަވާލައްވާފައެވެ. މަޖިލިސް މެންބަރުންނާއެކު އެ ދަތުރުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.
މިނީ ބަހުގެ ހިދުމަތްދޭން ފެށިތާ ތިން ދުވަސް ވެފައި ވާއިރު އާންމުންގެ ބޮޑުތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އާދެއެވެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.
ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭއިރު އޭގެ ފަހުން މިނީ ބަހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނެގި ނަމަވެސް ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން، މުސްކުޅިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.
ކާރާއި ޑުރައިވަރަށް ދައުލަތުން ކުރާ ޚަރަދުތައް ހުއްޓާ ލުމަށްފަހު އެއެއްމެ ބޭފުޅުން ބަހުގަދަތުރު ކުރާގޮތަށް ހަމަޖެއްސުން ވަރަށް މުހިއްމު އެހެންނޫނީ ތިޔަށް އެރުމުގެ ބޭނުމަކީ ކޮބާ