ކުރިއަށް އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗެއް ބަލާލަން ދާން ގަތަރަށް ދާން ބޭނުންވާ އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން ބުނީ، މި ޕްރޮމޯޝަންގެ ދަށުން 4 ނަސީބުވެރި ފަރާތެއް ހިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫގެ ކޮންމެ ހިދުމަތެއް ބޭނުންކޮށްގެން އެ ފުރުސަތު ލިބިގެން ދާނެ ކަމަށް އުރީދޫން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ހަތަރު ނަސީބުވެރި ފަރާތަށް ގަތަރަށް ދިއުމަށް ދެ ކޮލޫ ޓިކެޓާއި މެޗު ބެލުމުގެ ޓިކެޓުގެ އިތުރުން ހުރުން ހަމަޖައްސައިދޭނެ ކަމަށް އުރީދޫން ބުނެއެވެ.

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2022 ބާއްވަން ހަމަޖެހިފައި ވަނީ ގަތަރުގައެވެ. ވޯލްޑްކަޕްގެ ފުތަމަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެ މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 13 އަދި 14 މި ދެ ދުވަހުއެވެ.