އަޒްކާ މާއިޝް އަތުން ސަލާނަތްވާން ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އޭނާ ހުރީ އަޒްކާ އެހާ ފަސޭހައިން އެތަނުން ފޮނުވާލަން ހިތުލައިގެންނެއް ނޫނެވެ. ޔަލާވެސް ވީ މީޝާ ގެ ކޮޓަރީގައި ކަމުން މާއިޝް އަކަށް އަޒްކާ ހިފަހައްޓާކަށް މާ އުނދަގުލެއް ނުވިއެވެ. "މާއިޝް..ދެން ދޫކޮށްލަބަލަ.." އަޒްކާ ބުނެލިއެވެ. އޭރުވެސް އަޒްކާ ގެ ގައިގައި ބައްދާލައިގެން މާއިޝް ހުއްޓެވެ. "ނޯ..މަ މިއަދު އަޒޫ ދޫކޮށްލާނީ މަ ދެކެ ލޯބިވެޔޭ ބުނީމަ.." މާއިޝް އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ. "އެއީ ކީއްކުރަން..މަ ލޯބިވިޔަސް މާއިޝް އަށް ކީއްކޮށްދެވޭނީ.." އަޒްކާ ބުނެލިއެވެ. އެވަގުތު މާއިޝް އަޒްކާ ގެ ހެދުމުގެ ފަހަތުައި އިން ޒިޕް ގައި ހިފާލައި ތިރިއަށް ދަމާލިއެވެ. "ފަހުން ނުބުނާތި މާއިޝް ހާދަ ގޯހޭ.."ލާނެތް ފާޑަކަށް މާއިޝް އެހެން ބުނުމުން އަޒްކާ ހާސްވިއެވެ. "ނޫން..އެހެން ނުހަދައްޗޭ..މަ ލޯބިވެޔޭ މާއިޝް ދެކެ..ވަރަށް ބޮޑަށް ލޯބިވޭ..މަ ދުވަހަކުވެސް މާއިޝް އާއި ވަކިވާކަށް ބޭނުމެއް ނޫން.." މާއިޝް ގެ ގައިގައި ބައްދާލަމުން އަޒްކާ އޭނާގެ ހިތުގައި ފޮރުވާފައި އޮތް ހަގީގަތް މާއިޝް އަށް ހާމަކުރިޔެވެ. "އައި ލަވް ޔޫ ޓޫ ބޭބް.." މާއިޝް ގެ ޖަވާބު އިވިފައި އަޒްކާ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

7 އަހަރު ފަސް....

ދުވަސް ތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއިއެކުއެވެ. "ކޮބާތަ އެ ޔަލާ..މިހާރު ޔޫން ގޮވައިގެން މިތާ ހުންނަތާ ކޮންއިރެއް..ފައިވާން ބަދަލުކުރަން ފޮނުވީމަ އެތެރެއަށް ވައިން ކުއްޖާ އެޔަކީ.." 2 އަހަރަށް ދާ ފިރެހެން ދަރިފުޅު ޔޫން އުރާލައިގެން ދޮރުމަތީގައި ހުރެ އަޒްކާ ވާހަކަ ދެއްކީ ނަޒީރާ އާއެވެ. "ސާބަސް ދަރިފުޅާ..ދެންމެ އޭ އެދަރި އެތެރެއަށް އެދިޔައީ.." ނަޒީރާ ހީލަމުން އެހެން ބުނުމުން އަޒްކާ އަށް ވެސް ހެވުނެވެ. އޭރު މީޝާ އާއި އާދިލް ވެސް އައިސް ގެއަށް ވަންނަނީއެވެ. "މިއޮއް އައީ އެއްނުން ލީކުވެސް ..މާމަ ދޮންދޫނި ކައިފިންތަ.." މީޝާ ގެ އަތުގައި ހިފާލައިގެން ހުރި ލީކް އާއި ނަޒީރާ ވާހަކަ ދެއްކިއެވެ. ދުވެފައި އައިސް ނަޒީރާގެ ގައިގައި ބައްދާލަމުން ލީކް ލައްބަ އޭ ބުނެލިއެވެ. "މިހާރު ލާރު ހުންނާނެ އަހަރުން ނުގޮސްގެން ލަސްވެފަ..ނަވާން ގެ އުފަންދުވަހުގެ ކޭކު ފަޅަން ދާންވެސް މިހާ ބައިން ގަނޑަށް ދިގުވޭ އެބަ.." އަޒްކާ އަނެއްކާވެސް ބުނެލިއެވެ. "ޔަލާ ބައްޕަ އެކޭ ޔަލާ އެކޭ ނެތް އެއްވެސް ތަފާތެއް..ދޮންބެ ވެސް އެހާ ބައިންގަނޑަށް ދިގުވާނެ..." ހީ ގަންނަމުން މީޝާ ބުނެލިއެވެ.މީޝާ އަށް އެހެން ބުނެވުނު ވަގުތު ބޭރުން ކާރެއްގެ ބަރުގޮނުގެ އަޑު އިވުނެވެ. ޔަލާ ވެސް އަތަށް ފައިވާން ލައިގެން ދުވަމުން ބޭރަށް ނިކުތީ އެވަގުތެވެ.

"ކޮބާ ނަވީން.." ކާރުން ފޭބިއިރު ގޭ ދޮރު މަތީގައި ހުރި ލާރާ ކައިރިން އަޒްކާ އަހާލިއެވެ. "އެތެރޭގަ..ވަރަށް ކިޔއިފި ޔަލާ އާއި ލީކް އާ އެކީ ހިނގާލަން ދާން ހިނގާށޭ.." ލާރާ އެހެން ބުނުމުން އަޒްކާ މެން އެގެއަށް އަންނަކަން ނަވީން ކައިރީ ނުބުނާކަން އިނގުނެވެ. "ޔަލާ ހާދަ މަޑުން ހުންނަ ދުވަހެއް.." ކާރުން ފޭބިގޮތަށް އަޒްކާގެ ފޫބުޑަށް ަވދެ ފިލާފައި ހުރި ކުޑަ ކުޑަ ޔަލާ ފެނިފައި ލަރާ އޭނާގެ ކޮލުގައި ކޮށްޓާލިއެވެ. "ޔަލާ ބައްޕި ނެތީމަ ވައި އަރާފަ ހުންނަނީ އިއްޔޭން ފެށިގެން ދޯ މަންމާ.." ނަޒީރާ އަށް ދޯ އެއްލަމުން އަޒްކާ ބުނެލިއެވެ.

އިރު އޮއްސި އަނދިރި ވުމުން އަޒްކާ ޔޫން އާއި ޔަލާ ގޮވައިގެން ގެއަށް ދާން ތެދުވިއެވެ. އެއްމެންނާ ސަލާމް ކުރުމަށްފަހު އަޒްކާ ދެ ކުދިން ގޮވައިގެން ކާރަށް އެރިއެވެ. ފަހަތުން ނަޒީރާވެސް އެރިއެވެ.

އަޒްކާ މެން ދިޔުމުން މީޝާ އާއި އާދިލްވެސް ލީކް ގޮވައިގެން ބޭރަށް ނިކުތީ ޓެކްސީ އެއް ލިބޭތޯއެވެ. މީޝާ އާއި އާދިލް ވެސް މިހާރު އުޅެނީ ވަކިން ކަމުން އެއްމެން ބައްދަލުވަނީ މަދުފަހަރަކުއެވެ. ހައިކަލް އާއި ލާރާ ވެސް އާގެއަށް ބަދަލުވީ މިދިޔަ މަހުއެވެ.

"ޔަލާ ހަމަ ބޮޑާ ޖަހަނީ މިއަދު..ނެވެސް ކައި ނިދައިފި މިހާރު.."އަޒްކާ ވާހަކަ ދެއްކީ ފޯނަކަށެވެ. "ހަމަ ބައްޕި ނެތީމަ ތަ..މަންމި އަށް ވުރެން ޔަލާ މާ މިސްވޭ ބައްޕި މަތިން.." އެކޮޅުން ޥާހަކަ ދެއްކީ މާއިޝް އެވެ. މާއިޝް އެހެން ބުނުމުން ޔަލާ އަށް ވެސް ހެވުނެވެ. ވަރަށް ގިނަ އިރު ވާހަކަ ދައްކަން ތިބުމަށްފަހު މާއިޝް ފޯންބޭއްވީ ފަތިހު ލޯންޗް އިނީމައެވެ.

ފަތިހުގެ ތެތް ފިނި ކަން ޖައްވުގައި ހިފާލާފައި ހުއްޓެވެ. ގޯތިތެރެ ކުނިކަހަން އޮތް އަޒްކާ ދޭތެރެއަކުން ގޭ ބޮޑު ދޮރާއި ދިމާލަށް ބަލާލައެވެ. ހީވާ ގޮތުން އޭނާ އެހުރީ މީހެއްގެ އިންތިޒާރުގައެވެ. "މާއިޝް.." ދޮރުން އެތެރެއަށް ވައިން މާއިޝް ފެނިފައި އަޒްކާ ދުވެފައި ގޮސް މާއިޝް ގެ ގައިގައި ބައްދާލިއެވެ. "ކުދިން ބޮޑެތި ވީމަވެސް މަންމިގެ ރޮމޭންޓިކްކަން އެބަހުރި ދޯ.." ލާނެއް ފާޑަކަށް މާއިޝް އެހެން ބުނުމުން އަޒްކާ މާއިޝް ގެ ކޮލުގައި ޖަހާލިއެވެ. އެވަގުތު ޔަލާ ބައްޕީ އޭ ގޮވަމުން ގޭތެރެއިން ނިކުމެގެން އާދެއެވެ.

ޔަލާ އުރާލައިގެން މާއިޝް ގޭތެރެއަށް ވަނެވެ. ޔަލާ ކިޔައިދޭ ވަހަކަތަކަށް ހޫނ ލައްވަމުން މާއިޝް ދިޔައިރު އެ މޫނުމަތީގައި ލުއި ހިނިތުންވުމެއް ހުއްޓެވެ.

ނަޒީރާ ޔަލާ ސްކޫލަށް ލާން ދިޔުމުން ސިޓިން ރޫމް ސޯފާގައި އިން މާއިޝް ދުވެފައި ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. މާއިޝް އަވަސް އަރުވާލާފައި އުޅުމުން އަޒްކާ ހުރީ ވަނީ ކީއްކަން ނޭނގިފައެވެ. މާއިޝް ދިޔަ ގޮތަށް ގޮސް އަޒްކާ ގެ ގައިގައި ބައްދާލާ ބާރުކޮށްލިއެވެ. "ޔަލާ ނުނިކުމެގެން އަޒޫ ގައިގަ ބައްދާވެސް ނުލެވިފަ މިހިރީ.." މާއިޝް އަޒްކާގެ ކަނދުރާގައި ބޮސްދެމުން ބުނެލިއެވެ. "ހޫންންން..އެކަމް ހުރެވޭކަށް ނެތޭ ބައްޕީ..ޔޫން ހޭލަން ވާއިރަށް މި އެއްޗެހި ހިއްކަން އަޅަން އެބަ ޖެހޭ.." ސޯފާގައި ހުރި ބޮޑު އަންނައުނު ފުނި ދައްކާލަމުން އަޒްކާ ބުނެލިއެވެ. "އުހުން..މަ އަޅުވަދީފާނަން ފަހުން ތި..މިގަޑީގަ މަށަށް ދެން ކެތެއް ނުވާނެ.." މާއިޝް އަޒްކާގެ އަތުގައި ހިފާއިގެން ގެނެސް އެނދުމައްޗަށް ވައްޓާލިއެވެ.

ދުވަސްތައް މާޒީ އާއި އެކުވަމުން ދިޔައެވެ. މާއިޝް އާއި އަޒްކާގެ ދިރިއުޅުންވެސް އެތައް ގޮތަކަށް ބަދަލުވަމުން ދިޔައެވެ.

މާއިޝް ގެ ކޮނޑުގައި ބޯއަޅާލައިގެން ކުރިމަތީ ދޮންވެލިގަނޑާ ކުޅެން ތިބި ޔަލާ އާއި ޔޫން އަށް ބަލަހައްޓައިގެން އަޒްކާ އިނެވެ. މާޒީގައި ދިމާވި ހުރިހާ ކަމަކާއި ދެމީހުން އެކުގައި ކުރިމަތިލުމުގެ ނަތީއްޖާ އެއްގެ ގޮތުން މާތް ﷲ އިރާދަފުޅުން އެދެމީހުންނަށް ދިރިއުޅުމުގެ ހުރިހާ އުފަލެއް މިންވަރުކުރައްވައިފިއެވެ. ޔަލާ އާއި ޔޫން ގެ ސިފައިގައި އެދެމަފިރިން ދެއްވި ބޮޑު ނިޢުމަތައް އެދެމަފިރިންވެސް އަބަދުވެސް ޝުކުރުވެރިވެއެވެ. އެދުވަހު އެ ދޮންވެލިގަނޑު މަތީ ތިބެ މާއިޝް އާއި އަޒްކާ ދެމީހުން އެކަކު އަނެކަކަށް އެތައް ވަޢުދުތަކެއް ވިއެވެ. އަބަދުވެސް އެކުގައި ވުމަށެވެ. ދިމާވާ ކޮންމެ ކަމެއްގައިވެސް ދެމީހުން އެކު އެކީގައި ކުރިމަތިލުމަށެވެ. ކޮންމެ ކަމެއް ދިމާވިޔަސް ބޭވަފާތެރިނުވުމަށެވެ. ދެކުދިންގެ ހައްގުގައިވެސް ރަނގަޅު ދިރިއުޅުމެއް އުޅުމަށެވެ.

"ދަރިފުޅުމެން އާދޭ އަވަހަށް ގެއަށް ދާން..މިހާރު ވަރަށް ލަސްވެއްޖެ..އަވަހަށް އާދޭ .."މާއިޝް އިން ތަނުން ތެދުވެ ގައިން ވެލިފޮޅާލަމުން އަޒްކާ އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. އަޒްކާ ހިނިތުންވުމެއް ރައްދުކުރަމުން މާއިޝް ގެ އަތުގައި ހިފާލިއެވެ. ދެން ދުވަހަކުވެސް އެއަތުން ދޫނުކުރުމަށެވެ. އަބަދަށްވެސް މާއިޝް އާއިއެކީ ވުމަށްޓަކައެވެ.

އެ ކުޑަ ކުޑަ ޢާޢިލާ މަގުމަތިން ހިނގާލާފައި ދިޔައިރު ފެންނަ ކޮންމެ މީހެއްގެ ލޯވެސް އަމާޒުވަމުން ދިޔައީ އެދިމާއަށެވެ. އެއްބަޔަކު ތަޢުރީފު ކުރަމުން ދިޔައިރު އަނެއް ބަޔަކު ބަލަމުން ދިޔައީ ހަސަދަވެކަމުން ފުރިގެން ތިބެއެވެ. ނަމަވެސް އެ އެއްވެސް ކަމަކާއި ފަރުވާލެއް ނެތެވެ. ލޯބިން އުމުރަށް ވުމަށްޓަކައި އެދެމަފިރިން ވައުދު ވަމުން ކުރިޔަށް ހިނގަމުން ދިޔައެވެ. ލޯބިން އެކީ ނިމިދިއުމަށެވެ. ލާމަސީލު ލޮއެއްބެއް އެދެމަފިރިންގެ ދރިންނަށް ދެއްކުމަށެވެ. ލޯބިން އެކު އެކީގައި އުމުރު ހޭދަކުރުމަށެވެ.

(ނިމުނީ)