ފ. ބިލެއްދޫގައި ބިދޭސީއަކު ހިންދޫގެ އަޅުކަމުގައި ރަށު ތެރޭގައި ހިނގައިފިއެވެ.
އެކަން ކަށަވަރު ކޮށްދެއްވާ "ދަ ޕްރެސް" އާ ވާހަަކަ ދައްކަވަމުން ބިލެއްދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ އެކަމަކީ އިއްޔެގެ ވަގުތެއްގައި ހިނގާފައިވާ ކަމެއް ކަމަށާއި އެކަމުގެ މައުލޫމާތު ލިބުނީ ރޭގެ ވަގުތެއްގައި ސޯސަލް މީޑިއާއިން ކަމަށެވެ.
އެކަމުގެ މައުލޫމާތު ފުލުހުންނާއި އެ މީހުން މަސައްކަތް ކުރާ ކުންފުންޏަށް ހިއްސާކޮށް އެކަން ތަކުރާރުވިޔަ ނުދިނުމަށް އަންގާފައިވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަސްލަމް އިތުރަށް ވިދާޅުވީ އެ ފޮޓޯއިން ފެންނަނީ ތިން މީހުން ކަމަށާއި އޭގެ އިތުރު މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ ސަރުކާރުގެ އިތުރު އިދާރާތަކަށް އަންގާ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް އާދިއްތަ ދުވަހު ކުރައްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ތިން ބިދޭސީއަކު ފާޅުގައި ނިކުމެ ހިންދޫ އަޅުކަމުގައި ރަށުތެރޭގައި ހިނގާ ފޮޓޯ ދައުރުވަމުން އަންނައިރު ފުލުހުން ބުނީ އެ ފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު އިއްޔެ ފުލުހުންނަށް ލިބިފައިވާ ކަަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަަމަށްވެސް ފުލުހުން ބުނެއެވެ.
ނަމަނަމަ ސަރުކާރު ކުންވެރިނުކުރާތި ސަރުކާރު ނުގަބޫލުކަންއެގޭނަމަ އެހެންނޫޅޭނެ ކިތައްމެކުޑަކަމެއްގާވެސް އަވަހަންދާނީމޯދީކާރިއަށް އެއުޅެނީ ޔަހޫދީ ދީންފަތުރަން ެެގެން
އިންޑިޔާ މީހަކު ކުަށެއް ކުރިޔަސް ފިޔަވަޅެއް ނޭޅޭ. ރާއްޖޭގެ ސްކޫލް ތަކުގަ މަސައްކަތް ކުރާ ބޭރު ޓީޗަރުންނާ ދޭތެރޭ ބެލެނިވެރިން ސަމާލު ވާން އެބަޖެހޭ. ބައެއް ސްކޫލް ތަކުގަ ހިނގާފަ ހުރި ހާދިސާ ތަކުގެ ސަބަބުން. އިންޑިޔާ މީހުން އެއްވެސް ޖެހިލުމެއް ނެތި މިގޮތަށް ކުށް ތަކަށް އަރާގަންނަން ކެރޭ ސަބަބު އެބަޖެހޭ ބަލަން. މިހެން މިބުނީ ދީނާ ގުޅުންހުރި ކުށެއް ކޮށްގެން ބަލާއިރު އިންޑިޔާ މީހަކު މި ހިމެނެނީ އެ ކަމެއްގަ. އެ ބުދު ހިފައިގެން އެމިީހުން ނުކުތް އިރު އެމީހުން ނަށް އިނގޭނެ މީ އިސްލާމީ ގައުމެއް ކަމާ، އެކަން އެގޮތަށް ކުރީމަ ރުޅިއަންނާނެ ކަން ވެސް އިނގޭނެ. ކައުންސިލުން ތިކަން ހިނގާ ދިޔަ ގޮތް ރަނގަޅަށް ބަލާތި. މިބާވަތުގެ މައްސަލަތައް މިހާރު ފުލުސް އިދާރާގަ ތިބި ވެރިންނަށް މިކަންކަން އެއީ މާބޮޑު ކަމަކަށް ނުވާނެ.
މިކަން ރޭވުމުގެ ފަހަތުގަ ތިބީ ކޮންބައެއްކަން ބަލަންޖެހެއެވެ. ސަރުކާރާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ މިފަދަ ކަންކަން ހިނގާގޮތް އޮޅުން ފިލުވަންޖެހޭ