އުމުރުން 80 އަހަރުގެ އަންހެނަކު ގެއްލިގެން ގދ ތިނަދޫގައި ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އެ ރަށު ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ) އެވެ.

މިކަމާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް ސައުދު އަލީގެ ބަހެއް ހޯދުމަށް "ދަ ޕްރެސް" އިން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ވާގޮތެއް ނުވެފައެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ އެންމެ ފަހުން ފެނިފައި ވަނީ މިއަދު މެންދުރުފަހު 3:45 ހާއިރު ތިނަދޫ މަަފުށި ސަރަހައްދުންނެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން އެ މީހާ ފެނިފައި ނުވާކަން ވަނީ ކަށަވަރުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާ ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.