ފޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުން 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތީގެ ބަރުދަނުގައި 1.674 ކިލޯ ހުރި އިރު އެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާ ފާސްކުރެވުނު ޕެކޭޖަކީ ޖަރުމަނުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށާއި އެ ޕެކޭޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހަތަރު ޕެކެޓެއް ފެނިފައިވާ ކަމަށް ކަސްޓަމަސްއިން ބުނެއެވެ. އަދި އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރިއިރު އެ ހަތަރު ޕެކެޓު ތެރެއިން ދެ ޕެކެޓުގައި ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެޓަަމައިންނަށް އަދި އަނެއް ދެ ޕެކެޓުގައި ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންނަށް ޕޮޒިޓިވް ވެފައިވާ ކަަމަށް ކަސްޓަމަސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ އެ މައްސަލައިގައި ޝާމިލްވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.