ސިނަމާލެ ބުރިޖުން މިހާތަނަށް 100 މިލިއަން މީހުން ދަތުރު ކޮށްފައިވާ ކަމަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާ ސަފީރު ވާން ލިޝިން ވިދާޅުވެއްޖެއެވެ.

ބްރިޖަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ސަފީރު ވާން ލިޝިން ވިދާޅުވީ ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ ރަމްޒީ ނިޝާނެއް ކަމަށެވެ.

މި ބްރިޖާ އެކު އިގްތިސޯދީ، އުމުރާނީ ތަރައްގީއަށް ބޮޑު އިންގިލާބެއް އައިސްފައިވާ ކަމަށާއި އަދި ބުރިޖުގެ ސަބަބުން ދިވެހިންގެ ދަތުރުފަތުރަށް ފަސޭހަ ވެގެން ގޮސްފައި ވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ސިނަމާލެ ބްރިޖު ހުޅުވި ފަހުން 100 މިލިއަނެއްހާ މީހުން ބްރިޖުން ދަތުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ބުރިޖަކީ ޗައިނާއާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކޮށްދިން އަދި ރާއްޖެއަށް ވެސް އިތުރު ތަރައްގީ ގެނުވި މަޝްރޫއެއް ކަމަަށް ފޮރިން މިނިސްޓަރު ޝާހިދު ވެސް ވިދާޅުވެފައިވާ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އޮކްޓޯބަރު މަހު ރާއްޖެއާއި ޗައިނާގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރޭނެ. އުއްމީދަކީ އެކުގައި ގުޅިގެން ދެ ގައުމަށް ވެސް ފައިދާ ކުރިއެރުމާ ތަރައްގީ ގެނުވާނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް
ޗައިނާ ސަފީރު ވާން ލިޝިން

ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމް ކުރި ސިނަމާލޭ ބްރިޖް ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

ބްރިޖުގެ ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރެއެވެ. ސިނަމާލެ ބްރިޖު އަޅަން ޗައިނާގެ ހިލޭ އެހީ ހިމެނޭ ގޮތަށް 200 މިލިއަން ޑޮލަރު ހޭދަކުރި އެވެ.