ދ. ކުޑަހުވަދޫ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ފެނަކަ އިން އާ ޖަނަރޭޓަރު ސެޓެއް އެ ރަށު އިންޖީނުގޭގައި އިންސްޓޯލްކޮށްފިއެވެ.
ފެނަކައިން ބުނީ ކުޑަހުވަދޫ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 1200kW ގެ އާ ޖަނަރޭޓަރު ސެޓަކާއި ޖަނަރޭޓަރު ސިންކްރޮނައިޒިން ޕެނަލް އެއް އެ ރަށަށް ފޮނުވާ އިންސްޓޯލްކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ރަށުގެ ވޯލްޓޭޖް ޑްރޮޕް މައްސަލަ ހައްލު ކުރުމަށް އެލްވީ އަދި އެޗްވީ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި 3407 މީޓަރު ކޭބަލް ވަޅުލާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
އޭގެ އިތުރުން 4 ޓްރާންސްފޯމަރާއި 5 ރިންގް މެއިން ޔުނިޓް ބެހެއްޓިފައިވާއިރު 25 ޑިސްޓްރިބިއުޝަން ފޮށި ބަދަލު ކުރެވިފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.