ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމެޓީ (ސީއޭޕީއޭސީ)ގެ އެގްޒެކެޓިވް ކޮމެޓީގެ ޗެއާ އަކަށް ކިނބިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އައްޔަނު ކޮށްފިއެވެ.
ސީއޭޕީއޭސީގެ ޗެއާއަކަށް ނާޝިޒް ހަމަޖެއްސެވީ މިހާރު މަޖިލީހުގައި ކުރިއަށްދާ އެ ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގައެވެ. އެ ބައްދަލުވުން މިއަދާއި މާދަމާ ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައިވާއިރު ނާޝިޒު މީގެކުރިން ވަނީ އެ ކޮމިޓީގެ ވައިސް ޗެއާކަން ވެސް ކޮށްފައެވެ.
މީގެކުރިން ސީއޭޕީއޭސީގެ ޗެއާކަން އިނގިރޭސިި ވިލާތުގެ ޕާލިމެންޓް މެންބަރު އަދި އެ ގައުމުގެ ޕަބްލިކް އެކައުންޓްސްގެ ޗެއާ މެގް ހިލާއެވެ.
ސީއޭޕީއޭސީން އަންނަނީ ކޮމަންވެލްތުގެ ގައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކަށް މާލީ ދާއިރާގެ ގާނޫނުތައް ހެދުމާއި މާލީ ގޮތުން ނިންމުންތައް ނިންމުމުގައި އެހީތެރިކަން ދެމުންނެވެ.
ސީއޭޕީއޭސީ އަކީ 2015 ވަނަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެމްބަރުން އެގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާއެކު ނިންމުންތައް ނިިންމުމަށް ހިތްވަރު ދިނުމަށް އުފެދިގެން އައި ކޮމިޓީއެކެވެ. އަދި މާލީ ގޮތުން ސަރުކާރުތައް ޒިންމާދާރު ކުރުމުގައި ފުރިހަމަ ގޮތްތަކެއް ނިންމަން ވެސް މިކޮމިޓީ އިން ބާރުއަޅަ އެވެ.
1911 ވަނަ އަހަރު ހަ މެންބަރު ގައުމާއެކު ފެށި އެ ޖަމިއްޔާގައި މިހާރު 55 ގައުމު ހިމެނެ އެވެ. އަދި ނުވަ ސަރަހައްދެއްގައި 180 ބްރާންޗް ވަނީ ގާއިމްކޮށްފައެވެ.