ހއ އަތޮޅުގެ 7 ރަށަކުން އެހެން ރަސްރަށަށް ނުވަތަ މާލެއަށް އެމަޖެންސީ ހާލަތުގައި ކަނޑު މަގުގައި ބަލި މީހުން ގޮވައިގެން ދަތުރު ކުރާނެ ބަޔަކު ހޯދަން އާސަންދައިން އިއުލާން ކޮށްފިއެވެ.

އާސަންދައިން ބުނީ، ބަލި މީހުން ގޮވައިގެން ރަށްރަށުން ނުވަތަ މާލެއަށް ކަނޑުމަގުގައި ދަތުރު ކުރާނެ ބަޔަކު ހޯދަމުން ދަނީ ހއ. މުޅަދޫ، މުރައިދޫ ތަކަންދޫ، ތުރާކުނު، އުލިގަމު، އުތީމު އަދި ވަށަފަރުން މި 7 ރަށުން ކަމަށެވެ. އަދި މި މަސައްކަތަށް ބަޔަކު ހޯދަމުން ދަނީ އެއް އަހަރު ދުވަހުގެ މުއްދަތެއްގައި އެ ދަތުރުތައް ކުރާ ގޮތަށް ކަމަށް އާސަންދައިން ބުނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓޭމްބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން ރެޖިސްޓްރީ ކުރަން ވާނެ ކަމަށް އެ އިއުލާނުގައި ބުނެއެވެ ރެޖިސްޓްރީ ކުރުމަށް ހުށަހަޅާ ކުންފުނީގެ ނަން، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް ޖެހުމަށްފަހު މި މެއިލަށް މެއިލް ކުރުމަށް އާސަންދައިން ބުނެއެވެ.

7 ރަށަކުން ބަލި މީހުން ކަނޑުމަގުގައި އުފުލާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާ އިރު، ކޮންމެ ރަށަކަށް އާސަންދައިން ވަނީ ވަކި އިއުލާނެއް ކޮށްފައެވެ. ރަޖިސްޓްރީ ކުރަން އީމެއިލް ކުރާ އިރު، ރަޖިސްޓްރީ ކުރަން ބޭނުންވަނީ ކޮން އިއުލާނަކާ ގުޅިގެން ކަން އެނގޭނެ ހެން އެ އީމެއިލްގައި އިއުލާން ނަންބަރު ޖެހުމަށް އާސަންދައިން ވަނީ އެދިފައެވެ.

ރަޖިސްޓްރީވާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް އާސަންދައިން ބުނެއެވެ.

11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 09:45 ގައި ވެބް މީޓިންގެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހެންދުނު 9:45 ގައި ވެބް މީޓިންގެއް މެދުވެރިކޮށް ކަމަށް އާސަންދައިން ބުނެއެވެ. ވެބް މީޓިންގެ ލިންކް، ރެޖިސްޓްރީ ކުރި ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ފޮނުވާނެ ކަމަށާއި އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން ވެބް މީޓިންގައި ކަމަށް އާސަންދައިން ބުނެއެވެ.