ހއ. ބާރަށް ފެރީ ހަޓް ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތަކީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ޒޯން 1 ގައި ގާއިމު ކުރާ ފެރީ ސްޓޮޕްތަކުގެ ތެރޭ ހިމެނޭ މަސައްކަތެއް ކަމަށާއި އެ ފެރީ ސްޓޮޕްގައި ކިއޮސްކަކާއި ވެއިޓިން އޭރިއާއަކާއި ޔުނިވަރސަލް ޓޮއިލެޓެއް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނެޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯނާއި ހަ ސަރަހައްދު ގުޅުވައިދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.

އެގޮތުން ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅުވައިލެވޭ އިރު، އެއް ސަރަހައްދާއި އަނެއް ސަރަހައްދާވެސް ގުޅިގެން ދާނެއެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ފެރީގެ ހިދުމަތް މިހާރު ފަށައިގެން ކުރިއަށް ގެންދާ އަތޮޅުތަކުގެ ތެރެއިން ހދ. އަތޮޅުގެ 14 ރަށުގެ ތެރެއިން ތެރެއިން ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، އެންމެ އަގު ބޮޑީ މުޅިން ވަކިން އޮންނަ އެ އަތޮޅުގެ މަކުނުދޫ އަށް ކުރާ ދަތުރުތަކެވެ. ހދ. އަތޮޅުގެ ކޮންމެ ރަށަކުން މަކުނުދޫ އަށް ދަތުރުކުރި ނަމަވެސް އެއްކޮޅު ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ. މަކުނުދޫ އަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގަކީ 200 ރުފިޔާއެވެ.