ރާއްޖެއަށް މިއަހަރު އައި ފަތުރުވެރިންގެ ޖުމުލަ އަދަދު 1،049،111 އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިމަހުގެ 1 އިން 22ގެ ނިޔަލަށް 102339 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިއަހަރު މިހާތަނަށް ރާއްޖެ އައިސްފައިވަނީ 1،049،111 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް އަޅާބަލާ 45.5 ޕަސަންޓް އިތުރު އަދަދެކެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 720863 ފަތުރުވެރިންނެވެ.

މީގެ ތެރޭގައި ޖެނުއަރީ މަހު 131،764 ފަތުރުވެރިން، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އަދި މާޗް މަހު 150،739 އަދި އެޕްރީލް މަހު 145،280، މެއި މަހު 125،522، ޖޫން މަހު 110،889 އަދި ޖުލައި މަހު 133،561 ފަތުރުވެރިން ހިމެނެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 59،439 އެނދު ހުރިއިރު އޭގެތެރޭގައި 170 ރިސޯޓުގައި ހުރި 41،175 އެނދު، 841 ހޮޓެލް، ގެސްޓްހައުސްގައި 13،706 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2932 އެނދު ހިމެނެއެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.