ރިސޯޓުތަކުގެ ކުލީގެ ގޮތުގައި މީރާއަށް ދައްކަން ޖެހޭ 9.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ކަމަށް އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުން ހާމަވެއްޖެއެވެ.
އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންކަމް ޓެކްސް 3.8 މިލިއަން ރުފިޔާ ނުދައްކާވާއިރު ޓީޖީއެސްޓީގެ ގޮތުގައި 7.9 މިލިއަން ރުފިޔާ ވަނީ ނުދައްކައެވެ. އަދި ޖީއެސްޓީގެ ގޮތުގައި 1.9 ބިލިއަން މީރާއަށް ނުލިބެއެވެ.
ޓެކްސްގެ އިތުރުން ރިސޯޓު ކުލީގެ ގޮތުގައި މީރާއަށް ދައްކަން ޖެހޭ 9.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައި ނުވާއިރު އެހެނިހެން އާމްދަނީތަކުން ގޮތުގައި މީރާއަށް ލިބެން ޖެހޭ 5 މިލިއަން ނުލިބެއެވެ.
މީގެ އިތުރުން އެސްއޯއީ ތަކުން މީރާއަށް ނުލިބި ހުރި ފައިސާއަށް ބަލާއިރު ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ 9.4 މިލިއަންގެ އިތުރުން އެހެނިހެން އާމްދަނީތަކުން ދައްކަން ޖެހޭ 68 މިލިއަން ނުލިބޭ ކަމަށް އެ ރިޕޯޓުން ދައްކައެވެ.
ދެވަނަ ކުއާޓާގެ ރިޕޯޓުގައި ބުނެފައިވަނީ އެ ކުއާޓާގައި މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 4.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެ ކުރިން 2020 ވަނަ އަހަރު މީރާއަށް ރިސޯޓު ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 17 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.