ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާ އެޗްޑިީސީގެ ވަޒީފާއިން ވަކި ކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ބުނީ، އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމާލާ ދިން މިހާ އަކީ އެޗްޑީސީގެ މުވައްޒަފެއް ކަމަށާއި، މިހާރު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ. އަދި ތޫނު އެއްޗަކުން ހަމޅާ ދިން މައްސަލައާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ ގުޅައިގެން މައުލޫމާތު ހިއްސާ ކުރަމުން އަންނަ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި މި މައްސަލއިގައި ފުލުހުން ކުރަމުންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އަލީ ސޯލިހަށް ހަމާލާ ދިން މީހާ އަކީ މީގެ ކުރިން ސަލްމާން މިސްކިތުގެ މިންބަރަށް އަރާ އަޑު ގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އަމަލުކުރި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއް ވެސް މެއެވެ. އެފަހަރު ލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެމީހާ ދޫކޮށްލާފައި ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހަކަށް ވާތީކަމަށް ފުލުހުން ބުނެފައި ވެއެވެ. އެމީހާ އަކީ 43 އަހަރުގެ ފިރިހެނެކެވެ.

އަލީ ސޯލިހަށް ހަމާލާ ދިން މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މިޑިއާގައި ދައުރުވެފައިވާ އިރު، އެ ވީޑިއޯ އިން ފެންނަ ގޮތުގައި އަލީ ސޯލިހު ސައިކަލުގައި ދަނިކޮށް އޭނާގެ ކައިރިއަށް ޖެހި ކަރުގައި ކަޓަރު އަޅަން މީހަކު މަސައްކަތްކުރާ ތަން ފެނެއެވެ. ނަމަވެސް އެ މީހާ ކަޓަރު ނެގުމާއެކު އަލީ ސޯލިހު ސައިކަލް ދުއްވަން ހިފާލުމުން އޭނާގެ އަތުގައި ވަނީ ކަޓަރު އެޅިފައެވެ. އަދި އެ ވީޑިއޯގައި އޭނާ އަޑު ގަދަ ކޮށް އެ ސަރަހައްދަށް އެއްވި މީހުންނާ ދިމާލަށް ވެސް ހުތުރު ވ=ބަހުން ދިޔައީ މުހާތަބު ކުރަމުންނެވެ.