ށ. ފޭދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރަމުން އެމްޓީސީސީން ބުނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް އިއްޔެ ފުރިހަމަ ކޮށްފައިވާ ކަަމަށެވެ.

އެ މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހަައްދެއްގެ ބަނދަރު ފުންކުރާއިރު، 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާނެއެވެ.

އޭގެ އިތުރުން 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާ، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާ، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާ، މަގުބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުއަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.