ސިނަމާލެ ބުރިޖު ހައިވޭގައި ދުއްވާފައި ދިޔަ ޕޮލިސް ކާރެއް ފުރޮޅާލައިފިއެވެ.

ފުލުހުން ބުނީ، ބުރިޖް ހައިވޭގައި ދުއްވާފައި ދިޔަ ޕޮލިސް ކާރެއް ފުރޮޅާފައިވާ ކަމަށް ރޭ ދަންވަރު 02:58 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ކާރުގައި ތިބި 3 މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުން މިކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.