8 ރަށެއްގައި އައުޓްޑޯ ވޮލީކޯޓު ތަރައްގީކުރަން ޔޫތު މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

ޔޫތް މިނިސްޓްރީން ބުނީ 8ރަށެއްގައި އައުޓްޑޯ ވޮލީކޯޓު ތަރައްގީ ކުރަން ދެ ބަޔަކަށް ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވަނީ ޓްރިޕަލް އެއިޓް އަދި ބްރިލިއަންޓް ކޮމްޕެނީ އާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި 8 ރަށަކީ ހއ.ހޯރަފުށި، ހދ.ވައިކަރަދޫ، ހދ.ކުރިނބީ، ނ.މާފަރު، ބ.ކިހާދޫ، ބ.ދަރަވަންދޫ ، ޅ.ކުރެންދޫ އަދި އއ.ހިމަންދޫ ކަމަށެވެ.

މިގޮތުން ހދ.ކުރިނބީ، ޅ.ކުރެންދޫ އަދި ބ.ދަރަވަންދޫ ގައި ވޮލީކޯޓު ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ޓްރިޕަލް އެއިޓަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ހއ.ހޯރަފުށި، ހދ.ވައިކަރަދޫ، ނ.މާފަރު އަދި ބ.ކިހާދޫ އަދި އއ.ހިމަންދޫ ގައި ވޮލީކޯޓު ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ބްރިލިއަންޓް ކޮމްޕެނީއަށް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.