އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ މަންދޫބުންނަކީ ގަވައިދާ ހިލާފަށް ހަދާފައިވާ ގޮފިތަކެއްގެ ބައެއް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވުމުން ކޮންގްރެސްމަނުން ވަނީ އެމަނިކުފާނާ ދެކޮޅަސް އަޑުއުފުލާފައެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންގްރެސްގެ މިއަދުގެ ހެނދުނުގެ ސެޝަން ހޫނުވެފައި ވަނީ ގޮފިތަކުގައި ތިބި މެންބަރުންނާ ގުޅޭ ގޮތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ސުވާލު ކުރެއްވުމުންނެވެ. ޝިފާޒް ވަނީ ގަވައިދުގައި އޮންނަ ގޮތަށް، ކެމްޕެއިނެއް ކޮށްގެން އިންތިހާބުވެގެން ތިބީ ކިހާ މެންބަރުނެއްތޯ އައްސަވާފައެވެ.
ޝިފާޒްގެ މި ސުވާލަށް ރައްދު ދެއްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، ކޮންގްރެސްމަނުންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ތަނުގައި ތިބީ ސައްހަ މެންބަރުން ކަމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފްގެ އެ ވާހަކައަށް ކޮންގްރެސްގެ ގިނަ މެންބަރުން ތާއީދު ކުރައްވައި އަތް ޖެއްސެވި ނަމަވެސް ޝަރީފަށް ރައްދު ދެއްވައި ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ، ކޮންގްރެސްގައި ތިބީ ގަވައިދާ ހިލާފަށް ގޮފި ހަދައިގެން އައިސް ތިބި މެންބަރުން ކަމަށާއި އެގޮތަށް ގޮފިތައް ހަދައިގެން އައިސް ތިބިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަޝީދުގެ ވާހަކަފުޅު އެހިސާބަށް ދިޔަ އިރު ކޮންގްރެސްގައި ތިބި މެންބަރުންތައް ވަނީ ނަޝީދާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. އަދި ނަޝީދުގެ ވާހަކަފުޅު ކުރިއަށް ނުގެންދެވުމުން އެމަނިކުފާނު ވަނީ ވާހަކަފުޅު ކުރުކޮށްލަވައި އިށީނދެވަޑައިގެންފައެވެ.
ކޮންގރެސްމަނުން ހަޅެއްލަވާ އަޑުގަދަ ކުރަމުން ދިއުމުން ރިޔާސަތުން ވަނީ އަޑުމަޑު ކުރުމަށާއި ވާހަކަ ކުރިޔަށް ގެންދަވަން ފުރުސަތު ދޭން އެދެމުންނެވެ. އެއަށްފަހު އަސާސީ ގަވައިދާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ހޯދި ގިނަ މެންބަރުން ވަނީ ނަޝީދަށް ރައްދު ދެއްވާފައެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ކޮންކްރީޓު މެޝިނާއި ފޮށި ފޮއްޓަށް ވޯޓު އަޅައިގެން އެ ސައްހަ ވާ ނަމަ އެ ބޭފުޅުންނަކީ ވެސް ސައްހަ ކޮންގްރަސްމަނުންނެވެ.
އެމްޑީޕީގެ ކޮންގެރެސް ބޭއްވުމާ ހަމައަށް އައި އިރު އެމްޑިޕީ އެތެރޭގައި ވަނީ ދެ ފެކްޝަނަށް މުނެްބަރުން ބެހިފައެވެ. އޭގެތެރެއިން އެއް ބަޔަކީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ތިއްބެވި މެންބަރުންނެވެ. ދެން ތިއްބެވީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ ރިޔާސީ ނިޒާމާށް ތާއީދު ކުރައްވާ މެންބަރުންނެވެ. މި ކޮންގްރެސް އަށް ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެދި ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރަރަށް ވޯޓަށް އެހުން އޮތީ މިއަދު މެންދުރު ފަހުއެވެ.
އަދި ލިވާތު ކުރުމާއި ޒިނޭ ކުރުމާއި ރާބުއިމާއި މިއީވެސް ހުއްދަ ކަމެއް ކަމަށް ތިކަލޭގެ ބުނާނެ. ކުރީގަ އެއަންނަ ހިނދުކޮޅު މިހާރު އެހެރީ މިފަހަރު އައި ގޮތަށް އަބަދަށް ހަރުލާފަ.