“މާއިޝް ކިހިނެއް ވެފަ ތިހިރީ.." ދޮރުމަތީގައި ހުއްޓުން އަރާފައި ހުރި މާއިޝް ފެނިފައި އަޒްކާ އަހާލިއެވެ. އޭރުވެސް ގަބުކައިފާ ހުރި ބުދެއްހެން އެހުރިގޮތަށް މާއިޝް ހުއްޓެވެ. ފެންނަ ކޮންމެ މީހަކަށްވެސް މާއިޝް އަށް ކަމެއް ވެއްޖެކަން އިނގޭނެއެވެ. "މާއިޝް..ކިހިނެއްތަ ވީ.."އަޒްކާ މާއިޝް ގެ ދެކޮނޑުގައި ހިފާ ތަޅުވާލިއެވެ. އެވަގުތު ސިއްސައިގެންގޮސް މާއިޝް އަށް ހަމަ ބިމަށް އާދެވުނެވެ. ކުރިމަތީގައި ހުރި އަޒްކާ ފެނިފައި އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތަށް އޮހިގަތެވެ. އެތަން ފެނިފައި އަޒްކާ ގެ ހިތަކަށް ކުޅަދާނެ އެއްނުވިއެވެ. މާއިޝް ގައިގާ އޭނާ ނުހަނު ލޯބިން ބައްދާލިއެވެ. މާއިޝްގެ ދުލުން ބޭރު ނުވިޔަސް އޭނާ ބޮޑު ހިތާމައެއް ކުރަމުން ދާކަން އަޒްކާ އަށް ނަގައިގަނެވުނެވެ. މާއިޝްގެ ފައިން ވާގި ގޮސްގެން ބިންމައްޗަށް ތިރިވީ ހަމަ އެވަގުތެވެ."މާއިޝް.."އަޒްކާ އަށް ބިރުން ހަޅޭލަވައިގަނެވުނެވެ.
ނަޒީރާ ދުވެފައި އެކޮޓަރިއަށް އައީ އަޒްކާ ހަޅޭލަވާ އަޑަށެވެ.އޭރު މުށިގަނޑު މަތީ ހަބަރު ހުސްވެފައި އޮތް މާއިޝް ފެނިފައި ނަޒީރާ އަށް ރޮއެގަނެވުނެވެ. ނަސީބު ރަނގަޅުކަމުން މުއާންވެސް އެގެއަށް އައީ ހަމަ އެވަގުތެވެ.
މުއާންގެ އެހީތެރިކަމާއިއެކު ނަޒީރާ އާއި އަޒްކާ މުއާން ނަގައި އެނދުގައި ބާއްވާލިއެވ. އަޒްކާ މާއިޝްގެ މޫނުގައި ފެންފޮދެއް ހާކާލުމުން މާއިޝް ލޯހުޅުވާލިއެވެ. "މާއިޝް ކިހިނެއްވީ.."މުއާން ސުވާލުކުރިއެވެ. "ކިހިނެއް ވީ..ވަރަށް ބޮލަށް ބަރުވޭ އެބަ.." މާއިޝް ބުނެލިއެވެ. "މާއިޝް ކޮޓަރިއަށް ވައިން ތަނާ ހޭނެތިގެން ވެއްޓުނީ.." އަޒްކާ ބުނެލިއެވެ. "ދެން އަހަށް އަރާމުކޮށްލާ..މާ ބޮޑަށް ލޮޑުވީމަ ވީ ގޮތެއް ކަންނޭނގެ އެއީ..އަޒޫ ބޭއްވިފަހުން އަބަދު އެތާނގަ ވިއްޔާ އިންނަން ވަނީ ދޯ.."މުއާން ބުނެލިއެވެ.
އަޒްކާ މާއިޝް ކައިރީ އިނުމުން ނަޒީރާ އާއި މުއާން ނިކުތީ ބޭރަށެވެ. އަޒްކާ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައީ މާއިޝްގެ އުޅުން ކުޑަ އިރުކޮޅެއްކުރިން ހުރި ގޮތެވެ. މީގެ ކުރިން މާއިޝް އެހާ ހާސްވެފައި ހުއްޓާ އަޒްކާ އަކަށް ނުފެނެއެވެ. ކުއްލިއަކަށް މާއިޝް ގެ އުޅުންހުރިގޮތުން އަޒްކާ ވެސް ހާސްވާންފެށިއެވެ. މާއިޝް އަށް ކަމެއް ވެދާނެތީ އަޒްކާ ބިރުގަންނަން ފެށިއެވެ. މާއިޝް އާއި މިވަގުތު އެކަހަލަ އެއްވެސް ވާހަކަ އެއް ނުދައްކާ އަޒްކާ މަޑުކޮށްލީ މީ ވާހަކަ ދައްކަން އެއްމެ ރަނގަޅު ވަގުތު ނޫން ކަމުންނެވެ.
ރޭގަނޑުވަމުން އައި ވަރަކަށް މާއިޝް ގެ ހާލުވެސް އައީ ރަނގަޅުވަމުންނެވެ. މިހާރު ތެދުވެ އުޅެވޭ ވަރުވެއެވެ. "މާއިޝް ކިހިނެއްވީ އަސްލު މިއަދު..." އަޒްކާ އަހަން ނާހަން ހުރެފައި މާއިޝް ކައިރީ އެހިއެވެ. އެވަގުތު މާއިޝް ގެ މޫނަށް އަރާފޭބި ކުލަވަރު ވަރަށް ކައިރިން އަޒްކާ އަށް ފެނުނެވެ. "ކަމެއް ނުވެ..ބޮލަށް އެނބުރުން އަރައިގަތީ.." އަޒްކާ އާއި ދުރުފަޅިއަށް މޫނު އަނބުރާލަމުން މާއިޝް ބުނެލިއެވެ. "ދެން ކީއްވެ މޫނު ފޮރުވައިގެން ވާހަކަ ތި ދައްކަނީ.." އަޒްކާ ހުރީ ގޮތްދޫކުރާކަހަލަ ގޮތަކަށް ނޫނެވެ. "ނުފޮރުވަން..ކަމެއް ވިއްޔާ އަޒޫ ކައިރީ ބުނާނެ އެއްނުން.." ހަމަޖެހޭ ގޮތް ދައްކަމުން މާއިޝް ބުނެލުއެވެ. "ކަމެއް ނުވާ މީހަކު އުޅޭ ގޮތެއް ނޫން އިނގޭ ތީ..ތިހެން ފޮރުވައިގެން އުޅެނިކޮށް މަށަށް އެހެން ގޮތަކަށް ތިކަމެއް އިނގުނިއްޔާ ކަންތައްތައް މާ ރަނގަޅެއްނުވާނެ ކަން މާއިޝް އަށްވެސް އިނގޭނެ ދޯ..ބޭބީ އަކާވެސް މާއިޝް އެހާ ވަރަކުން މިހާރު ނޫޅޭ..ވިހައިގެން ނެރުން ދުވަހު ގެއަށް އައިސް ދިޔަ ފަހުން މާއިޝް ވަރަށް ބަދަލުވެއްޖެ..ކަމެއް ވެގެން އުޅެންޔާވެސް ބުނީމަ ހެލްޕް ވެވޭނީ ވެސް..ތިހެން ސިއްރުކުރިޔަކަސް މަށަކަށް ހެލްޕެއްވެސް ނުވެވޭނެ ދޯ.." އަޒްކާ މާއިޝް ގެ އަތުގައި ހިފާލަމުން އޯގާތެރިކަމާއިއެކު ވާހަކަ ދެއްކިއެވެ.
"އަޒޫ އަހަންނަށް މާފު ކުރޭ..މަށަށް އިނގޭ މަ ކުރިކަމަކީ މާފު ހައްގު ކަމެއް ނޫން ކަންވެސް..އައިއެމް ސޮރީ އަޒޫ.." މާއިޝް ގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ”ވީ ގޮތެއް ނުބުނަނީސް މާއިޝް އަށް ކިހިނެއް އިނގެނީ މާފު ނުލިބޭނެ ކަމެއް..އެހެންނޫނަސް މަށަށް އިނގޭ މާއިޝް މަށަށް ބޭވަފާތެރިއެއް ނުވާނެ ކަން..އެނޫން ކޮންމެ ކަމެއް މާއިޝް އަށް ކުރެވުނަސް މަ މާފުދީފިން މާއިޝް އަށް.." އަޒްކާގެ ވާހަކަތައް އަޑު އަހާފަ މާއިޝް ހިމޭންވިއެވެ. އޭނާގެ ފަރާތުން ބަހެއް ނައުމުން އަޒްކާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "މާއިޝް..ދެން ބުނެބަލަ ތި ވެގެން އުޅޭގޮތެއް.." "އަޒޫ އަހަންނަށް އަޒޫގެ އިތުބާރު ގެއްލުވާލެވިއްޖެ...އަހަންނަށް ގޯސް ފިޔަވަޅެއް އެޅިއްޖެ އަޒޫ..." އަރުތެރެ ބެދިގެން މާއިޝް އަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ދުލުން ބަޔާން ނުކުރެވުނަސް ކުރެވުނު ކަންތަކާއި ދެރަވާވަރު އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.
"މާއިޝް..ކީކޭ ތިބުނީ.." އަޒްކާ އަށް އަހާލެވުނެވެ. "އައިއެމް ސޮރީ އަޒޫ..މަ ގަސްތަކު ނޫން.." މާއިޝް އަށް ބުނެވުނީ އެހިސާބަށެވެ.އަޒްކާ ފަޔަށް ބާރުލާފައި ތެދުވިއެވެ. "މާއިޝް އަށް ތިކިޔޭ އެއްޗެއް އެބަ އިނގޭތަ.." "އަޒޫ އައިއެމް ސޮރީ..މަ ދައްކާ ވާހަކަ އެހައް އަޑުއަހާބަލަ..އެއްމެ ފުރަތަމަ މާލެ އައި ދުވަހުވެސް މަ އުޅުނިން އަޒޫ ކައިރީ ރައިފާ ގެ ވާހަކަ ދައްކަން..އެކަމް އަޒޫ މަށަށް އެ ޗާންސް ނުދިނީ އެއްނުން.." މާއިޝް ބުނެލިއެވެ. "ރައިފާ އޭ..ރައިފާ އާ މިކަމަކާ ކޮން ގުޅުމެއް އޮތީ..ރައިފާ ވާހަކަ ތިފެށީ ކީއްވެ..." މާއިޝް ކުއްލިއަކަށް ރައިފާގެ ވާހަކަ ފެށުމުން އަޒްކާ ހައިރާންވިއެވެ. "މިހާރު ކީއްވެތަ އެއްޗެއް ނުބުން ތިހުންނަނީ..ރައިފާ އާއި މާއިޝް އާ އޮތީ ކޮން ގުޅުމެއް ހޭ..މަ އޭރުވެސް ހިތަށް އެރިއޭ އެދުވަހު އޭނަ މިކޮޓަރިއަށް ވަދެފަ އުޅުން ގޮތުން ތިދެމީހުން ދޭތެރޭ ކަންތައް ގަނޑެއް އެބަ އުޅެޔޭ..އަނެއްކާ އޭގެ ކުރިން މީޝް ކައިރީވެސް ރައިފާ ވާހަކަ ބުނީމަ އޭނަވެސް ވަރަށް ފާޑަކަށް ވާހަކަ ދެއްކީ..އެދުވަހު މަށަށް ޝައްކުވެސްވި. އެކަމް އޭރުވެސް މަހިތަށް އެރީ މާއިޝް މަށަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނެއޭ..ކީއްވެ މާއިޝް..ކީއްވެ ތިހެން ތިހެދީ.." އަޒްކާ ބިންމައްޗަށް ތިރިވިއެވެ. އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަންފެށިއެވެ. "އަޒޫ ސޮރީ..މަ ބޭނުން އަޒޫ އަށް ހަގީގަތް ކިޔައިދޭން.." މާއިޝް ބުނެލިއެވެ.
"މަށަށް އަޒޫ ފެނުން ދުވަހު މަށާ ރައިފާ އާ ބްރޭކަޕްވީ..އޭނަ ދޮންމަންމަ ބޭނުންވެގެން އެހެން މީހަކާ މެރީ ކުރަން މާލެ އައީ އެދުވަހު..އެހެންވެ އެދުވަސްކޮޅު މަށަށް އަޒޫ އާ ދޭތެރޭ ވެސް އެހެން ކަންތައް ކުރެވުނީ..މަ ވަރަށް ޓްރައި ކުރިން ރައިފާ އާ ވާހަކަ ދެއްކޭތޯ އޭރު..އެކަމް މަ ގުޅިޔަސް އޭނަ ފޯން އެއް ނުނަގާ..ފަހުން ފަހުން މަ ބްލޮކް ކޮށްލާފަ ހުރީ ހުރިހާ އެއްޗަކުން..އެދުވަހުގެ ފަހުން މިފަހަރު މާލެ އައި ފަހުން އަހަރުން ދިމާވީ..މަށަށް މިގެއަށް އައިއިރުވެސް ނޭނގޭ ރައިފާ ކަމެއް މިގޭގަ އުޅެނީއެއް..އެދުވަހު ފިހާރައަށް ގޮސް އައިތަނުން މަށަށް އިނގުނީ މުއާން އެކީ ރާއްކޮ އަކީ ރައިފާ ކަން..އެދުވަހުވެސް މަ އެއްޗެއް ބުނަން ވީއިރަށް ރައިފާ ވާހަކަ ދެއްކީ..ދެން މަހިތަށް އެރީ ކޮޓަރިއަށް ގޮސް އަޒޫ އަށް ހުރިހާ އެއްޗެއް ކިޔައިދޭނީ އޭ..އެކަމް ކޮޓަރިއަށް ގޮސް އޭނަ ވާހަކަ ފެށި ތަނާ އަޒޫ އޭނަ ރަނގަޅު ވާހަކަ ކީމަ އިތުރަށް އެއްޗެއް ބުނަން މަށަށް ނުކެރުނީ..މަހިތަށް އެރީއެއްގޭގަ އުޅުނަސް އޭނަ އާ ދުރުން އުޅުނީމަ ރަނގަޅުވާނެ އޭ..އެކަމް އެހެންނެއްވެސް ނުވި..އެދުވަހު އަޒޫ އާ ވާހަކަ ދައްކަން ހުރެފަ މަ ބޭރަށް ނިކުން ތަނުން އޭނަ މަ އަތުގަ ހިފާފަ އެކޮޓަރިއަށް ވެއްދީ..މަ ފުރަތަމަ ވަރަށް މަސައްކަތް ކުރިން އޭނަ ދުރުކުރަން..އެކަމް އެދުވަހު މަށަށް ލިމިޓް ކްރޮސް ކުރެވުނީ..އޭގެ ފަހުންވެސް ވަރަށް ވިސްނައިގެން ދުރުގަ އުޅުނީ..މި ކޮޓަރިއަށް ވަދެފަ އޭނަ އެހެން ކަންތައް ކުރި ދުވަހުވެސް މަ ބޭރަށް ގޮސް އޭނަ އާ ދިމާލަށް އެއްޗެހި ކިޔާފަ އައި ގަޑީގަ އަޒޫ ފާހަނާއިން ނިކުތީ.." މާއިޝް އެހިސާބަށް ބުނުމަށްފަހު އިސްއުފުލާލާ އަޒްކާ އަށް ބަލާލިއެވެ.
އަނގައިން އެއްވެސް ބަހެއް ނުކިޔާ ގާވެފައި އަޒްކާ އިނެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ހަގީގަތަށް ހުރިހާ ވާޙަކައެއް ކިޔައިދޭން މާއިޝް އަޒުމަ ކަނޑައެޅިއެވެ. އޭނާ އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ. "އަޒޫ ވިހައިގެން އެޑްމިޓުކުރި ރޭ މަ ގެއަށް އައިއިރު ދޮރުހުރީ ތަޅުލާފަ..ބެލް ޖެހީމަ އޭނަ ދޮރުހުޅުވީ..ގޭތެރެއަށް ވަދެވުނުއިރު އޭނަ ހުރި ގޮތް ފެނިފަ މަ ހައިރާންވި..ކުރުސޯޓު ކޮޅެއް ލާފަ ގައި އެތެރެ ފެންނަ ކަހަލަ ގަމީހެއް ލާފަ ހުރީ..މަ އަވަހަށް ކޮޓަރިއަށް ދާން އުޅެނިކޮށް އޭނަ އައިސް ފަހަތުން ބެއްދީ..ދެން ފޮޅާލާފަ ދާން އުޅެނިކޮށް އޭނަ ވެއްޓި އުނަގަނޑަށް ތަދުވެގެން ރޯންފެށީމަ މަ އޭނަ ނަގައިގެން ކޮޓާރިއަށް ވައްދަދިނީ..ދެން އޭނަ ބުނީ އުނަގަނޑުގަ ބޭސް ހާކަދޭން..ބޭސް ހާކަދޭން ފެށުންކަން މަށަށް އިނގޭ..ދެން ވީގޮތެއް ނޭނގޭ..މަށަށް ހޭލެވުނު އިރު އޭނަ އޮތީ މަ ގައިމަތީގަ..ގައިގަ ނެތް އެކައްޗެއްވެސް..މަ އަވަހަށް އޭނަ ދުރަށް ލީ..މާފަހުން މަށަށް އިނގުނީ މަ ވެސް އޮތީ އެހާލުގަ ކަން..އެރޭ މަ ނިދީ އޭނަ ކައިރީ..އެކަމް އެރޭ މަށަށް އެއްވެސް ކަމެއް ކުރެވުނު ކަމެއް މަ ހަނދާނެއްނެތް. މިއަދު މަ ބުނިން އޭނަ ކައިރީ އަޒޫ އަށް ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ..އެހެން ބުނީމަ އޭނަ ބުނި އެތިން މަ ގޮތް ހުސްވެ ހާސްވީ.." މާއިޝް އެހިސާބަށް ބުނެފައި ވާހަކަ ހުއްޓާލިއެވެ.
"ކީކޭ އޭނަ ބުނީ.." އަޒްކާ އެހިއެވެ. ނަމަވެސް މާއިޝް ގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. "ކީކޭހޭ އޭނަ ބުނީ.."އަޒްކާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަޒްކާގެ އެ އަމަލު ފެނިފައި މާއިޝް ޖެހިލުންވިއެވެ. ރައިފާ ބަނޑުބޮޑު ކަން އަޒްކާ އަށް އިނގުނިއްޔާ ވާނީ ކިހިނެއް ބާއޭ ހިތަށް އަރާ އޭނާ ހާސްވާންފެށިއެވެ. "ރައިފާ ބަނޑުބޮޑު.." މާއިޝް އަޒްކާގެ ސީދާ ލޮލަށް ބަލަހައްޓައިގެން އިނދެފައި ބުނެލިއެވެ. އެއާއިއެކު އަޒްކާ އަށް ލިބުނީ ޝޮކެކެވެ. "ރައިފާ ކޯޗެކޭ.."އަޒްކާ ސުވާލު ކުރިއެވެ. "އާނ އަޒޫ އޭނަ މިއަދު ބުނީ އެހެން..މަށަކަށް ހަގީގަތެއް ނޭނގޭ.." މާއިޝް އަޒްކާގެ އަތުގައި ހިފާލިއެވެ. އަޒްކާ ވަގުތުން މާއިޝް ދުރަށް ކޮއްޕާލިއެވެ. "އަތްނުލާ..ތި މުޑުދާރު އަތުން މަ ގައިގަ އަތް ނުލާތި..ފަކުރު މީހާ..މީހެއްގެ ފިރިއަކަށް ވެ ހުރެ އެހެން އަންހެނަކާއެކީ ތިހުރިހާ ކަމެއް ކުރަން ކަލެއަށް ކެރުނު ތަ.." އަޒްކާ ގެ ބަސްތައް އިވިފައި މާއިޝް ގަނޑުވިއެވެ. ނަމަވެސް ކުރެވޭނެ ކަމެއްނެތެވެ. އެހުރިހާ ކަމެއްވެސް ވީ އޭނާގެ ސަބަބުންކަން އޭނާ ގަބޫލުކުރެއެވެ.
"އަޒޫ މަށަށް އިނގޭ އަޒޫ ނޫން އެހެން މީހަކު ނަމަވެސް މަށަށް މާފެއް ނުކުރާނެކަން..އެކަމް އަޒޫ މަ ބޭނުން އަޒޫ އާއެކީ ރީތިކޮށް އުޅެން..އަހަރުމެން ދެމީހުންގެ ދަރިފުޅަށްޓަކައި ވެސް މަ ބޭނުން މި ކައިވެނި ދަމަ..."މާއިޝް އަށް ބުނެވުނީ އެހިސާބަށެވެ. އަޒްކާ އިންތަނުން ތެދުވެގެން ހިނގައިގަތަތެވެ. ނަމަވެސް މާއިޝް އޭނާގެ ބާރުގަދަ ދެއަތުން އަޒްކާގެ އުނަގަނޑުގައި ހިފާ އޭނާ އާއި ކައިރިކޮށްލިއެވެ. "އަޒޫ ޕްލީޒް..ރުޅިއަޔަސް މާފު ނުކުރިޔަސް މަ ދޫކޮށްލާފަ ނުދާތި..އަޒޫ ދިޔައިމަ މަ ވަރަށް އެކަނިވާނެ.." މާއިޝް ބުނެލިއެވެ. "އެކަނި ޥާނެ އޭ..ރައިފާ ހުއްޓަ މާއިޝް އެކަނިވާންވީ ކީއްވެ..ކައިވެނި ދަމަހައްޓަން ބޭނުން ވާ ކަންވެސް އިނގުނީ ކުރާނެ ހުރިހާ ކަމެއް ކޮށްފަ ދޯ..ތިމާގެ ދަރިއެއް ހުރިކަންވެސް އިނގުނީ ވާންވީ އެއްޗެއް ވީމަ ދޯ..މަ ބޭނުންވާކަންވެސް ވިސްނުނީ ބޮންޑި ބޮވުނީމަ ދޯ..އެކަމް މަށަށް މާފުކުރޭ މާއިޝް..މަށަކަށް ނުހުރެވޭނެ އިނގޭ ކަންތައް ނޭނގޭ ކަމަށް ހެދިގެންނެއް.." އަޒްކާ ގަދަކަމުން މާއިޝް ގެ އަތް ނައްޓާލުމަށްފަހު ދުއްވައިގަތެވެ.
"ހާދަ ބާރަކަށް ކޮންތާކަށް.." އަޒްކާ އަށް ދޮރުހުޅުވާލެވުނީ ނަޒީރާގެ ކުރިމައްޗަށެވެ. "މީ...ފެންފުޅިއެއް ބަލާ.." ވެގެން އުޅޭގޮތް ސިއްރުކުރަމުން އަޒްކާ ބޭރަށް ނިކުތެވެ. ނަޒީރާ ވެސް ލަޔާ ނިދާފައި އޮތުމުން އެތާ މަޑުނުކޮށް ނިކުމެގެން ދިޔައީއެވެ.
ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ވައްދާލައިގެން މާއިޝް އިނީ ގޮތް ހުސްވެފައެވެ. ވޭތުވެދިޔަ ދުވަސްތައް އަނބުރާ ގެނެވޭނެ ނަމައޭ އޭނަގެ ހިތަށް އަރައެވެ. ލަޔާ އަށްޓަކައިވެސް އޭނާ އަޒްކާ ބޭނުމެވެ. ނަމަވެސް އަޒްކާ ނޫން އެހެން އަންހެން ކުއްޖެއް ނަމަވެސް މާއިޝް އާއިއެކު އިތުރަށް އުޅެން ބޭނުންނުވާނެކަންވެސް މާއިޝް އަށް ވިސްނެއެވެ.
ބޭރުން އަޒްކާ ހަޅޭލަވާ އަޑަށް މާއިޝް ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުތެވެ. "ހަނދާން ކުރާތި މީގެ ފަހުން މާއިޝް އާ ދިމާލަށް ބަލާލިޔަސް ލޯ ކޮނެލާނަން..ފިރިއެއް ހުއްޓަ ހިލޭ ފިރެހެނުންނަށް ތުއި ކެނޑެމުން ދުވާކަށް ލަދެއްވެސް ނުގަނޭތަ..އަދިވެސް މީހެއްގެ ފިރިއެއް..ކުޑަ ކުޑަ ކުއްޖެއްގެ ބައްޕައެއް..ކަލޭ ކިތަންމެވަރަކަށް ދޭތެރެ ޖެއްސިޔަސް މަށެއް މާއިޝް ދޫކޮށްލާފައެއް ނުދާނަން..ތިކަހަލަ ކިތަންމެ މީހަކާ ކުރިމަތިލާނެ ހިތްވަރު މަ ގައިގަ އެބަހުރި.." އަޒްކާ އަޑަށް ބާރުލާފައި ރައިފާ އާއި ދިމާލަށް އެއްޗެހި ކިޔަމުން ދިޔައެވެ.އޭރު އެތާ މުއާން އާއި ނަޒީރާވެސް މިވަނީ ކީއްކަން ނޭނގިފައި ތިއްބެވެ. "އަޒްކާ ކަލޭ ހާދަ.." ރައިފާ ގެ ޖުމްލަ ފުރިހަމަ ނުވަނީސް އަޒްކާ އައިސް އޭނަ ގެ އަނގަމަތީ ހިފާ ބިންމައްޗަށް ވައްޓާލިއެވެ.
"މާ ބާރަށް ހަޅޭނުލަވާ..ހަޅޭލަވަން ފެށިއްޔާ ލަދުގަންނާނީވެސް ކަލޭ..މީހުންގެ ފިރިން ފަހަތުން ދުވާނެ ހިތްވަރު ހުރިއްޔާ ހަގީގަތް އަޑު އަހާނެ ހިތްވަރުވެސް ހުންނަން ވާނެ..."އަޒްކާ ގެ ހޫނު އެތިފަހަރު މިފަހަރު އެރީ އަޒްކާ ގެ ކޯތާފަތް މައްޝަށެވެ. ވީތަދުން އާހެއްގެ އަޑު ރައިފާ ގެ އަނގައިން ނިކުތެވެ. އެތަން ފެނިފައި ނަޒީރާ އައިސް އަޒްކާ މައިތިރިކުރެވޭތޯ އުޅުނެވެ. "އަޒްކާ ދަރިފުޅާ..ކިހިނެއްތަ ވީ..ރައިފާ ކީއްތަކުރީ.." "މަންމާ އޭނަ މަގޭގެ މުޅި ދިރިއުޅުން ހަލާޚު ކޮށްލައިފި..މަށާ ލަޔާ އާ މިދުނިޔެއަށް ގިނަ ކޮށްލައިފި.." ގައިން ވަރު ދޫވެގެން އަޒްކާ ބިންމައްޗަށް ތިރިވިއެވެ.އޭނާ އަށް ރޮވެންފެށުނެވެ. އަޒްކާގެ ގިސްލުމުގެ އަޑު މުޅި ގޭގެ ހަތަރު ފާރުތެރޭ ގުގުމާލިއެވެ. އޭރުވެސް ހަދާނެ ގޮތް ހުސްވެފައި ރައިފާ ބިންމަތީގައި އިނެވެ. މީގެ ކުރިން އަޒްކާ ގެ ފަރާތުން ލޯބި ނޫން އެއްޗެއް އޭނާ އަށް ފެނިފައެއް ނުވެއެވެ.
"ދަރިފުޅާ ހުއްޓާލާފަ ވީ ގޮތެއް މަންމަ ކައިރީ ނިކަން ބުނެބަލަ..މާއިޝް އަދިވެސް ބަލަހައްޓައިގެން ހުންނަނީތަ..މިވެގެން އުޅޭ ގޮތެއް ކިޔައިދޭން ވެއްޖެ އެއްނުން ދެން މިހާރު.." ނަޒީރާ އަޒްކާ ގެ ބޮލުގައި ފިރުމާލަމުން މާއިޝް އާއި ދިމާލަށް ހަރުކޮށް ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި މާއިޝް އަށް ހުރެވުނީއެވެ. އޭނާ ކުރި ކަންތައް މަންމަ އަށް ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ. އެކަހަލަ ވާހަކައެއް އަޑުއަހާނެ ހިތްވަރެއް ހުންނާނީ ކޮން މައެއްގެ ހެއްޔެވެ.
މާއިޝް އެއްޗެއް ނުބުނުމުން ނަޒީރާ އަޒްކާ ނަގައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ރައިފާ ވެސް ތެދުވެގެން އޭނާގެ ކޮޓަރިއަށް ވަނެވެ. "މާއިޝް..އެނީ އެކްސް ޕްލެނޭޝަން ޔޫ ވޯންޓް ޓު ގިވް.." މާއިޝް ކުރިޔަށް އެޅި ފިޔަވަޅު ހުއްޓުނީ މުއާން ގެ ސުވާލުންނެވެ. އޭނާ ފަސްއެނބުރި މުއާން އަށް ބަލާލިއެވެ. މުއާން އަށް އެ ބަލާލުމުންވެސް މާއިޝް ކަމަކާ ދެރަވެގެން ހިތާމަ ކުރާވަރު އިހުސާސް ކުރެވުނެވެ. "މޭން މަށަށް ވަރަށް ބޮޑު ޅަ އެއްޗެއް އެޅިއްޖެ.." މާއިޝް ބުނެލިއެވެ."މަށަށް އިނގޭ ކަމެއް ނުވަނީސް އަޒޫ އެހެން ވާހަކައެއް ނުދައްކާނެކަން..މާއިޝް ބުނަން ބޭނުން ނެތިއްޔާ ނުބުންޔަސް މަށަށް އެއްމެ ރަނގަޅު..އެކަމް ވެގެން އުޅޭގޮތެއް ބުނެލިއްޔާ މަށަށްވެސް ހެލްޕެއްވެވިދާނެ.." މުއާން މާއިޝް ގެ ކޮނޑުގައި ހިފާލަމުން ހިތްވަރުދިނެވެ. "ރައިފާ ޕްރެގް.." މާއިޝް ބުނެލިއެވެ. "ކީކޭ..ކިހިނެއް ތިހެން ވާނީ..ތިކަމެއް ނުވާނެ.."
މުއާން އަށް ގަބޫލު ނުކުރެވިގެން ބުނެލިއެވެ. "އާނ ރައިފާ ބަނޑުބޮޑު..މަގޭ ދަރިއަކަށް.." މާއިޝް މުއާން އަށް ހުރިހާ ވާހަކައެއް ފެށިގެން ނިމެންދެން ކިޔައިދިނެވެ. އިރުކޮޅަކު ވިސްނަން އިނދެފައި މުއާން ވާހަކަ ދައްކަން ފެށިއެވެ. "އޯކޭ..ކައެ އޭނަ ކައިރިއަށް ގޮއްސަ ހުއްޓަސް އޭނަ ބަނޑުބޮޑެއް ނުވާނެ ކަން މަށަށް ހަމަ ޔަގީން..އޭނަ އެހަދަނީ ދޮގު.." މުއާން ވަރަށް ޔަގީން ކަމާއިއެކު ބުނެލިއެވެ. "ކިހިނެއް ތިހާ ޔަގީން ކަމާއިއެކީ ތިބުނަނީ.." މާއިޝް ސުވާލުކުރިއެވެ. "ހިނގާ އަޒޫ ކައިރިއަށް އޭނަ އަށްވެސް ހަގީގަތް އިނގުން ވަރަށް މުހިއްމު.." މުއާން އެހެން ބުނުމުން މާއިޗް ކޮޓަރިއާއި ދިމާލަސް ހިނގައިގަތެވެ. ފަހަތުން މުއާންވެސް އައެވެ.
އެކުދިންނަށް ކޮޓަރިއާއި ހިސާބަށް ދެވުނު އިރު ނަޒީރާ ބޭރަށް ނިކުންނަނީއެވެ. "އެކަނި ވެލަންށޯ ބޭނުމީ..އެހެންވެ މިނިކުތީ.." ނަޒީރާ އެހެން ބުނެފައި އޭނަގެ ކޮޓަރިއަށް ވަނެވެ. މާއިޝް މުއާން ގޮވައިގެން ކޮޓަރިއަށްވަނީ މުއާން އެބުނާ ހަގީގަތަކީ ކޮބާ ކަން އިނގުން ވަރަށް މުހިއްމު ވީމައެވެ.
ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އަޒްކާ ހުރިއިރު އޭނަގެ ހިޔާލުތަށް ވަށާލާފައި ވަނީ މާއިޝް ދެއްކިވާހަކަތަކާއެވެ. އޭރު ކުޑަ ކުޑަ ލަޔާ ރޯއަޑުވެސް އަޒްކާ އަކަށް ނީވެއެވެ. މުއާން ލަޔާ ނަގާ މައްސަލަކުރެވޭތޯ އުޅުނެވެ. މާއިޝް އަޒްކާގެ ކައިރިއަށް ގޮސް ހުއްޓިލާ އަޒްކާ ގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އެވަގުތު އަޒްކާ އަށް ހަމަ ވިސްނުމަށް އާދެވުނެވެ. ކުރިމަތީގައި ހުރި މާއިޝް ފެނިފައި އޭނާ އަށް ރޯންފެށުނެވެ. މާއިޝް އަޒްކާ މައްސަލާކުރެވޭތޯ އުޅުނެވެ. އޭނާ ނުހަނު ލޯބިން އަޒްކާ ގެނެސް އޭނަގެ އަތުތެރޭ ފޮރުވާލިއެވެ.
"އަޒޫ މުއާން ވާހަކަ އެއް ދައްކާލަން ވެގެންނޯ..ހިނގާބަ ޕްލީޒް.." މާއިޝް އާދޭހުގެ ރާގަކަށް އެހެން ބުނުމުން އަޒްކާ ގޮސް ކޮޓަރި އެއް ކަނެއްގައި ހުރި ސޯފާގައި އިށީނެވެ. މުއާންވެސް ލަޔާ އެނދުގައު ބޭއްވުމަށްފަހު ގޮސް ސޯފާގައި އިށިނެވެ. ފަހަތުން މާއިޝްވެސް ދިޔައެވެ. "އަޒޫ މަ ނުބުނަން މާއިޝް ކުރި ކަމަކީ ރަނގަޅު ކަމެކޭ އެއް..އެކަމް އޭނާ އަމިއްލަ އަށް އިސްލާހުވާން ބޭނުންވެގެން އަޒޫ އަށް ހުރިހާ ވާހަކައެއް ކިޔައިއެދިނީ އޭނަ އަޒޫ ދެކެ ލޯބިވާތީ ހެން މަށަށް ހީވަނީ..އަޒޫ މާއިޝް އަށް މާފުކުރާށެކޭ މަ ނުބުނާނަން..އެކަމް.." މުއާން އަށް އެހިސާބަށް ބުނެވުނުތަނާ އަޒްކާ ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެންނަށް މާއިޝް އަށް މާފުކުރެވިދާނެ..އެކީ އުޅެވެވިވެސް ދާނެ..އެކަމް ރައިފާ ގެ ބަނޑުގަ އެއޮތް މާއިޝް ގެ ދަރިފުޅަށް ހަދާނީ ކިހިނެއް..ކޮންމެ ހާލެއްގައި ވިޔަސް އަހަންނަކަށް ލަޔާ އާ އެދަރިފުޅާ އެއްވަރެއް ނުކުރެވޭނެ..ހަމަ އެގޮތަށް ކުށެއް ނެތް މައިސޫމް ތުއްތު ފުރާނައެއް ދުއްވާލާކަސްވެސް ނުކެރޭނެ..އެހެން ބަޔަކު ކުރި ކުށެއްގެ އަދަބު އެދަރިފުޅަށް ދޭކަށްވެސް އަހަރެން ބޭނުމެއްނޫން..އެދަރިފުޅަށް ބައްޕައެއްގެ ލޯބި ލިބެން ޖެހޭނެ..އެކަމް މާއިޝް އެދަރިފުޅުގެ މަންމަ ކައިރިއަށް އަންނަން ވާނީ މަ ވަރިކޮށްފަ..ބަތް ތަށީގެ އެއްފަޅިން ކާކަށް އަހަރެން ބޭނުމެއް ނޫން.." އަޒްކާ ބުނެލިއެވެ. އަޒްކާ ގެ ވާހަކަ ތައް އަޑުއަހާފައި މާއިޝް މާޔޫސް ވެއްޖެއެވެ. އޭނާ އަޒްކާ ވަރިކުރާކަށް ބޭނުމެއްނޫނެވެ. ލަޔާ އާއި އަޒްކާ މިދުނިޔެއަށް ގިނަވެ ބިކަ ވާކަށް އޭނާ ނޭދެއެވެ.
އަޒްކާ ދެއްކި ވާހަކަ ތައް އަޑުއަހާފައި މުއާން ބީޖަހާލީ އެކަމަށް ތާއީދުކުރަމޭ ބުނާ ފަދައިންނެވެ. "އަޒޫ ގެ ތި ވާހަކަ ތައް މަވެސް ގަބޫލުކުރަން..އެކަމް އަޒޫ ގޮތެއް ނިންމުމުގެ ކުރިން މަ މިދައްކާ ވާހަކަ އަޑު އަހާލަން މަ ބޭނުން.." މުއާން އަޒްކާ ކައިރިން އެކަމަށް އެދުމުން އަޒްކާ ބޯޖަހާލީ ކިޔާށޭ ބުނާފަދައިންނެވެ.
"މީގެ އަހަރެއް ކުރިން ބެންގަލޫރުގަ ހިނގި އެކްސިޑެންޓެއްގަ ރައިފާ ވަރަށް ގިނަ ދުވަހު އެޑްމިޓުކޮށްފަ ބާއްވަންޖެހުނު...އެއީ އެ ދެމަފިރިން ކައިވެނި ކޮށްގެން ފުރަތަމަ ކުރި ދަތުރު..އެ އެކްސޮޑެންޓުގަ ރައިފާ އަސް ލިބުނު އަނިޔާ ތަކުގެ ސަބަބުން އޭނަގެ އެތެރެ ހައްޓަށް ވަރަށް އަނިޔާ ލިބުނު..އެހުރިހާ ދުވަހު ޑޮކްޓަރުން ދެއްކި ވާހަކަތައް މަ އަމިއްލަ ކަންފަތުން އަޑުއެހިން..އެކަމެއް ދިމާވެގެން ލާމިއު އެއްމެ ފުރަތަމަވެސް ގުޅީ މަށަށް..މަ ވަގުތުން އެކޮޅަށް ދިޔައިން..އޭރު ރައިފާ ވަރަށް ސީރިއަސް..ސަލާމަތް ވާނެ ކަމުގެ އެއްވެސް އުއްމީދެއްވެސް ނެތް..އެކަމް މާތް ﷲ ގެ ހެޔޮ ރަހުމަތް ފުޅުން ދުވަހެއް ދުވަހަކަށް އޭނަގެ ހާލު އައީ ރަނގަޅުވަމުން..އެހެން ދުވަސް ތައް ދަނިކޮށް އެއްދުވަހު ހަވީރު އަނެއްކާ ކުއްލިއަކަށް ސަކަރާތްވީ..އެއްވެސް ޓްރީޓްމެންޓެއްވެސް ވޯކެއް ނުކުރި..އެދުވަހު ޑޮކްޓަރު ލާމިއު އަށް ދިނީ ހަމަ އެއްމެ ޗޮއިސް އެއް..އޭރު ނުކުރިޔަސް ފަހުން ވިޔަސް ރައިފާ އަށް ޖެހޭނީ ނުވިހާ އޮޕަރޭޝަން ކުރަން ކަމަށް ޑޮކްޓަރު ބުނީ..ލާމިއު އެދުވަހު ވަރަށް ރުއި..އެކަމަކު ރައިފާ ދެކެ އޭނަ ވާ ލޮއެއްބައްޓަކާ އޭނަ އެކަން ކުރީ ދަރިޔަކު ހޯދަން އުޅެފިއްޔާ ރައިފާ އަށް ވާނެ ގޮތް ޑޮކްޓަރު ވަރަށް ރަނގަޅަށް ކިޔައިދިނީމަ..
"އެހިސާބަށް ވާހަކަ ދިޔައިރު މާއިޝް އާއި އަޒްކާވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "ރައިފާ ބަނޑުބޮޑޭ ބުންޔަސް އޭނަ ނުވާނެ ކަން މަށަށް ހަމަ ސަތޭކަ..އެއީ މަ ދައްކަން ބޭނުންވި ވާހަކަ އަކީ..ތީ ތި ދެމީހުންގެ ދިރިއުޅުން..އަޒޫ އާ މާއިޝް އާވެސް ވަރަށް ވިސްނާފަ ގޮތެއް ނިންމަންވާނީ..މިހާރު ވިސްނަން ޖެހޭނެ ލަޔާ އާއި ދޭތެރޭވެސް.." މުއާން އޭނާ އަށް އިނގޭ ވަރަކަށް އަޒްކާ އަށާއި މާއިޝް އަށް ހަގީގަތް ކިޔައިދިނެވެ.
- ނުނިމޭ