ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް މަގޭ ޕަވާ ޕެކްގެ ދެ ޑާޓާ ޕެކެއް އުރީދޫ މޯލްޑިވްސް އިން ތައަރާފް ކޮށްފިއެވެ.

އުރީދޫން ބުނީ، އަލަށް ތައާރަފްކުރި މި ދެ ޕެކަކީ މަގޭ ޕަވާ ޕެކް 50 އަދި މަގޭ ޕަވާ ޕެކް 500 ކަމަށެވެ.

މަގޭ ޕަވާ ޕެކް 50 އަކީ ހަމަ އެންމެ 50 ރުފިޔާއަށް 10 ޖީބީ ޑާޓާ އެއް ދުވަހުގެ މުއްދަތަށް ލިބިގެންދާ ޕެކް އެކެވެ. މަގޭ ޕަވާ ޕެކް 500 އަކީ ހަމަ އެންމެ 500 ރުފިޔާއަށް މުޅި މަސް ދުވަހު ބޭނުން ކުރެވޭނޭހެން 50 ޖީބީ ލިބިގެންދާ ޑާޓާ ޕެކެކެވެ.

މި ދެ ޕެކް ވެސް އުރީދޫ އެޕް އިން ފަސޭހަ ކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ.

މަގޭ ޕަވާ ޕެކްސް ތަކަކީ އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވަހުގެ އަދި މަސް ދުވަހުގެ ޑާޓާ ފަސޭހަކަމާ އެކު އޭގެ އެންމެ ފުރިހަމަ ކަމާއެކު ލިބޭނެ އެޑްއޮންސް ތަކެކެވެ.