އެމްޑީޕީގެ މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދީގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެކަމާ ހިތްޕުޅު ހަމަޖެހި ވަޑަައިނުގަންނަވާނަމަ ނަޝީދަށް މަޑުން ހުންނެވުން ނޫން ގޮތެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމްޑީޕީ ކޮންގްރެސް ބައްދަލުވުމުގެ ހަވާސާގައި މިހާރާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ކަންކަން ނިންމުމުގެ ބާރު އޮތީ މެންބަރުންގެ އަތުގައި ކަމަށާއި ކޮންގްރެސް ބައްދަލުވުމުގައި ނިންމާ ނިންމުންތަކާ މެދު ކިތަންމެ ނުގަބޫލު ވިޔަސް އެކީގައި ކުރިޔަށް ދާން ޖެހޭނެ ކަމަށެވެ.
ރައީސް ވަނީ މިހާރު ނިޒާމު ގަރާރު އޮތް ގޮތަކަށް ފާސް ވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޮންގްރެސްމަނުން ނިންމާ ކޮންމެ ނިންމުމަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނިޒާމް ބަދަލު ކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ވަރަށް މިނިވަން ކަމާއެކު ފުޅާ ދާއިރާއެއްގައި ބަހުސް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މެންބަރުންގެ ނިންމުންތަކާ ހިތްޕުޅު ހަމަޖެހި ވަޑައިނުގެން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރެއްމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ނަޝީދު މެންބަރުންނަށް މައުލޫމާތު ދެއްވަމުން ގެންދަވާއިރު، ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރާރުގައި ނަޝީދު ވަނީ ރައީސަށް ލިބިދޭ ބާރުތަކާއި ބޮޑުވަޒީރަށް ލިބިދޭ ބާރުތައް އާންމު ކުރައްވައި، ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތައް އާންމު ކުރައްވާފައެވެ.
ނަމަވެސް، ނަޝީދު ފިޔަވައި، އެމްޑީޕީއާ އެކު ކޯލިޝަން ހައްދަވައިގެން ތިއްބެވި ޕާތީތަކުގެ ލީޑަރުންނާއި ބައެއް ވަޒީރުންގެ އިތުރުން، ސަރުކާރާ އިދިކޮޅު އެމްއެންޕީގެ ލީޑަރު ވެސް ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައި، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ދެކޮޅު ހައްދަވާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނަޝީދުގެ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ.
ކަލޭ ކޮމަންޑޫ އަށް ދޭ ނަފްރަތު އުފައްދަން މަސައްކަތް ނުކޮށް!
އެމްޑީޕީގެ މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދީގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެކަމާ ހިތްޕުޅު ހަމަޖެހި ވަޑަައިނުގަންނަވާނަމަ ނަޝީދަށް މަޑުން ހުންނެވުން ނޫން ގޮތެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ހަޤީޤަތުގައިވެސް ރައީސް މިހެން ވީދާޅުވިނަމަ އެއީ ހަމަ ތެދުފުޅެކެވެ. ސާބަހޭ ރައީސް މަނިކުފާނުގެ މިވާހަކައިން ހިތަށް ފިނިކަން ލިބިއްޖެއެވެ.
ދެމީހުން ވެސް ވެރިކަމާ ހިފަނީ.