ސްޓެލްކޯ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސްޓެލްކޯއިން ބުނީ، އަލިފާން ރޯވީ އިންޖީނެއްގެ ޓާބޯ އެއްގައި ކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން މިހާރު ކުރިއަށް ދަނީ އަލިފާން ރޯވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު 12:15 ހާއިރު ކަމަށެވެ.

އަދި 12:26ގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.