ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރި ޒުވާނުންގެ މަރުކަޒު ރޭ ހުޅުވައިފިއެވެ.

ދެވަނަ ފިޔަވަހީގައި ގާއިމްކުރި ޒުވާނުންގެ މަރުކަޒު ހުޅުވާފައި ވަނީ ހިޔާ ޓަވަރު 10 ގައެވެ.

https://www.facebook.com/MPMahloof/posts/pfbid037Mgvuys6ExDn6mracNYtUaYa9jS7bfFuMYemydWnP9o51WpMy1S2r2jip76kCr4Tl

ޒުވާނުންގެ މަރުކަޒު ހުޅުވައިދެއްވުމަށް ފަހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވި ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްފައި ވަނީ ނައިބު ރައީސްގެ ލަފާގެ މަތިންނެވެ.

މިފަދަ އިތުރު ފުރުސަތުތައް މުސްތަގްބަލުގައި ޒުވާނުންނަށް ފަހިކޮށްދެއްވާނެ ކަމަށް، އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ބޭއްވި ޖަލްސާއެއްގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް އޭރު ވިދާޅުވީ، ހިޔާ ފްލެޓް ސަރަހައްދުގައި ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އައުޓްޑޯ ވޮލީ ކޯޓަކާއި ހޭންޑްބޯލް ކޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އޭރު ވިދާޅުވެފައިވެއެވެ.