އިންޑިއާގެ މަދްޔާ ޕްރަދޭޝްއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވި ވަގުތު ކިނބުލެއް ވަދެއްޖެއެވެ. މި ކިނބޫ މަގުމަތީގައި ދުވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުވެފައި ވާއިރު، މަގުގެ ދެފަރާތުގައި ހުރި ގޭގެއިން އާންމުން ބޯދިއްކޮށް ބަލަން ތިބޭ މަންޒަރުވެއް ފެނެއެވެ. އަދި ގެއެއްގެ ޓެރަސް މަތީގައި ކިނބުލަން ބަލަން ހުންނަ މީހަކުވެސް ވީޑިއޯއިން ފެނެއެވެ.

ނަމަވެސް، މަގުގެ ދެފަރާތުގައި ހުރި ގެތަކާއި ފިހާރަތައް ތަޅުލައިގެން ތިބުމުން، ކިނބޫ އެއްވެސް ތަނަކަށް ވަންނާކަށް މަސައްކަތެއް ނުކުރެއެވެ.

ކިނބޫ ހިފުމަށް ބޮޑު އޮޕަރޭޝަނެއް ހިންގާ އޮފިޝަލުންނަށް އޭތި އަތުލެވުނީ އެތައް އިރަކު މަސައްކަތް ކޮށްގެންނެވެ.

8 ފޫޓުގެ ބޮޑު މި ކިނބޫ ހިފައިގެން ގެންގޮސް މިހާރު ވަނީ އެ އަވަށާ ގުޅިފައި އޮންނަ ބޮޑު ކޯރަކަށް ދޫކޮށްލާފައެވެ.

އިންޑިއާގައި ދޭތެރެ ދޭތެރެއިން މިބާވަތުގެ ހާދިސާތައް ހިނގި ނަމަވެސް، އާންމުން ދިއިރުޅޭ ސަރަހައްދުތަކަށް ރޮލާކާ ޒާތުގެ ޖަނަވާރު އެއްޗެހި އާންމުކޮށް ވަދެ ނޫޅެއެވެ.