ޑެންގޫ ހުން ޖެހި، ހާލު ގޯސްވެ އޭޑީކޭއަށް ފަރުވާ ހޯދަން ދިއުމުން އަޅާލުން ކުޑަވި ކުއްޖަކު އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
އައިސީޔޫގައި ފަރުވާ ދެމުން ދަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެކުއްޖާގެ ދައްތަ ބުނީ، އެކުއްޖާ ހުން އައިސްގެން މިމަހު 4 ވަނަ ދުވަހު އޭޑީކޭއަށް ދައްކާ، ބޭސް ނެގި ކަމަށެވެ. އޭގެ ތިން ދުވަސް ފަހުން ރަނގަޅަށް ހުރެފައި އަނެއްކާވެސް ހުން އަންނަން ފެށި ކަމަށް އޭނާ ބުންޏެވެ. އަދި މިދިޔަ ހުކުރު ދުވަހު އަނެއްކާ ވެސް އޭޑީކޭ އީއާރް އަށް ދައްކަން ދިއުމުން، އޯޕީޑީ ޑޮކްޓަރަކަށް ދައްކަން ބުނި ކަމަށާއި ކިއުގައި އެތައް އިރަކު މަޑުކުރުމަށް ފަހު ޑޮކްޓަރަށް ދެއްކި ކަމަށް އެކުއްޖާގެ ދައްތަ ބުންޏެވެ.
އެކުއްޖާގެ ހާލަތު ކިޔާ ދިނުމުން، އަދި ޑެންގޫ ޓެސްޓު ނަހަދާ ވާހަކަ ބުނުމުން އެޑޮކްޓަރު، ޑެންގޫ ޓެސްޓު ހަދަން ދިން ކަމަށް އޭނާ ބުންޏެވެ.
އެކުއްޖާ ދައްތަ ބުނީ ޓެސްޓު ހަދަން ދިނުމަށް ފަހު، ބޭސް ދީ އަނެއްކާވެސް ގެއަަށް ފޮނުވާލި ކަމަށާއި ނަމަވެސް އެރޭ 11 ޖެހި އިރު ވެސް އެކުއްޖާގެ ހުން މައިތިރި ނުވާތީ އަނެއްކާ ވެސް އޭޑީކޭގެ އީއާރަށް ދައްކަން ދިޔަ ކަމަށެވެ. ނަމަވެސް އީއާރުން ބެލި ޑޮކްޓަރު "އިޓްސް ނޯމަލް"، ފުލޫއެއް ކަމަށާއި އިރުކޮޅަކުން ރަނގަޅުވާނެ ކަމަށް ބުނި ކަމަށް އޭނާ ބުންޏެވެ.
އެގަޑީގައި ޕަލްސް ރޭތް ޗެކްކުރުމުން ޕަލްސް ރޭޓްވެސް މަތިކޮށް ހުރި ކަމަށާއި ބީޕީ ވެސް އެގަޑީގައި ނޯމަލް ނޫން ކަމަށް އެކުއްޖާގެ ދައްތަ ބުންޏެވެ. ނަމަވެސް ޕޭޝަންޓަށް (ކުއްޖާއަށް) ކަމެއް ނުވާ ކަމަށާއި އޯޕީޑީ ޑޮކްޓަރަކަށް ދައްކަން އަނެއްކާ ވެސް ބުނުމުން ހެދި ޓެސްޓު (ޑެންގޫ) ގެ ރިޕޯޓުތަކުގެ ވާހަކަ ބުނި ކަމަށާއި ރިޕޯޓުތައް އަވަސް ކޮށްދޭނެ ކަމަށް ޑޮކްޓަރު ބުނި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ޑޮކްޓަރު އޯޕީޑީއަށް ދާން ބުނި ނަމަވެސް ލަސްވާނެތީ އައިޖީއެމްއެޗަށް ދިޔައީ ކަމަށާއި އަދި އެތަނުން އޯޕީޑީ ޑޮކްޓަރަކަށް ދެއްކުމުން އީއާރްއަށް ދިއުމަށް ބުނި ކަމަށެވެ. އަދި އެމީހުން ވަގުތުން ކުއްޖާ އެޑުމިޓު ކުރިކަމަށް ދައްތަ ބުންނެވެ.
އެކުއްޖާގެ ދައްތަ ބުނީ، އެ ދުވަހު އައިޖީއެމްއެޗް އީއާރްގައި ހުއްޓާ އޭޑީކޭއިން ގުޅި ކަމަށާއި އަދި ކުއްޖާއަށް ޑެންގޫ ހުން ޖެހިފައިވާ ކަމަށް ބުނެ އޯޕީޑީ ޑޮކްޓަރަކަށް ދެއްކުމަށް ބުނި ކަމަށް ބުންޏެވެ. ނަމަވެސް އެކަމަށް ދިން ޖަވާބެއް ސާފެއް ނުވެއެވެ.
އައިޖީއެމްއެޗުން ރިޕޯޓު ލިބުމުން ސާމްޕަލް ރިޕީޓުކޮށް، އިއްޔެ ހެނދުނު ބީޕީ ދައްވާތީ އާއި ހުން މަޑު ނުވާތީ އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް އެކުއްޖާގެ ދައްތަ ބުންޏެވެ.
ކުއްޖާގެ މިހާރުގެ ހާލަތު ކިޔަދެމުން އޭނާގެ ދައްތަ ބުނީ އަދިވެސް ހުން މަޑުނުވާ ކަމަށާއި އަދި ހޮޑުލާތީ ވަރަށް ވަރު ދެރަ ކަމަށެވެ.
އެކަމާ ގުޅިގެން އޭޑީކޭގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އެ ހޮސްޕިޓަލުގެ އޮފިޝަލުން ޖަވާބެއް ދީފައެއް ނުވެއެވެ.
އޭޑީކޭގަ ވަރަށް ރަނގަޅު ޑޮކްޓަރުންވެސް ގިނަ. މަދު ޑޮކްޓުންނާ ތަނުގެ ބައެއް ސުޓާފުންގެ ފަރާތުން ފެންނަ މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ހޮސްޕިޓަލްގެ އިމޭޖު ގެއްލޭ. އަހަރެމެންވެސް ތިކަހަލަ ކަމެއް ތަޖުރިބާކުރިން. އެޗް.ޑީ.ޔޫ ގައި ޕޭސަންޓް ހަމަބުއްދި ފިލާފައި އޮތްވަގުތެއްގައި ޕޭސަންޓް ގައިގަ ޖަހާ އަނިޔާކުރި. އެ މަންޒަރު ފެނުނީ އެހެން ޕޭސަންޓްއެއްގެ އެހީތެރިއަކަށް އިން ޕޭސަންޓްގެ މަންމައަށް. މީ އެއްވެސް ތަނެއްގަ ހިގައިގެންވާނެ ކަންތައްތަކެއްނޫން.
އިޙުމާލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ
އެޑީކޭ މިހާރު ވަރަށް ފަރުވާކުޑަކަށް ފާހަކުރައް.އެޖެންސީއަށް ދެއްކީމަ ލާރިކޮޅެއް ދާކަށް އެކަނި.އަޅުގަނޑުވެސް މީގެ ދެހަފުތާކުރިން އެޑީކޭއަށް ދަރިފުޅު ޑެންގޫހުންޖެހިގެން ދެއްކީމަ ތިގޮތަށް ފަރުވާކުޑަ ވެގެން އަޖީއެމްޗުން ފަރުވާކުރީ.
ޚިތަންމެ އިހުމާލެއްވިޔަސް ކޔރެވޭނެ މާބޮޑުކަމެއްނެ، އެޅޭނެ ފިޔަވަޅެއްވެސް ނޯންނާނެ..
އޭޑީކޭގެ ކައުންޓަރުގައި ތިބޭ ބައެއް މުވައްޒަފުންނަކީ ވަރަށް ރޫޑް އަޅާލުން ކުޑަ ރަހުމެއްވެސް ނެތް ބައެއް. ތަޖުރިބާކޮށްފަ މި ދެންނެވީ
ތިތާގެ ބައެއް ޑޮކްޓަރުން ވަރަށް ފަރުވާކުޑަ
އޭޑީކޭ ގަ ތިބޭ ދިވެހިން ވަރައް ހަރުކަށި ކޮށްވާހަކަ ދައްކަނީ އިންޑިއާ ކުދިން ރަގަޅީ
އޭޑީކޭ ބޯއީކޮޓް ކުރަން ވެއްޖެ. މިމީހުންގެ ފަރުވާކުޑަކަމުން އެތަކެއް ފުރާނައެއް ހިނގައްޖެ.
ތިޔަތަނަކުން ދޭނެ ޖާވާވެއް ނޯންނާނެ.