އައިލެންޑް ފައިނޭންޝަލް ސާވިސަސް އަށް އެމްއެމްއޭ އިން ދޫކޮށްފައިވާ ފައިސާ ފޮނުވުމުގެ ލައިސަންސް ހިފެހެއްޓުމުން ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

އެމްއެމްއޭ ބުނީ އެ އޮތޯރިޓީން އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ، ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މި މަހުގެ 8 އިން ފެށިގެން ހިފަހައްޓާފައިވާ ކަމަށެވެ.

ލައިސަންސް ހިފެހެއްޓީ އެމްއެމްއޭއިން ވަކި ގޮތެއް އަންގަން ދެން ކަމަށް އެއޮތޯރިޓީން ބުނެއެވެ.

ނަމަވެސް ލައިސަންސް ހިފެހެއްޓި ސަބަބެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލައިސަންސް ހިފަހައްޓާފައި ވަނީ އެ ހިދުމަތް ދިނުމަށް ބޭނުންކުރާ އެޕަށް މިވަގުތުން މިވަގުތަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރުމުންނެވެ.

ވެސްޓަން ޔޫނިއަންގެ ރާއްޖޭގެ އެޖެންޓަކީ އައިލެންޑް ފައިނޭންޝަލް ސާވިސް އެވެ. އެކި ގައުމުތަކަށް ފައިސާ ފޮނުވަން ވެސްޓަން ޔޫނިއަންގެ ހިދުމަތް ބޭނުން ކުރެއެވެ.