ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީއާއި މުހައްމަދު ސަލީމް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުވާ ކުރައްވައިފިއެވެ.ކ. މާލެ މ. ގުލްޝަން، ދީބާނާޒް ފަހުމީ އާއި ފ. ބިލެތްދޫ، މޯނިންގްވިލާ، މުހައްމަދު ސަލީމަށް ހުވާލައިދެއްވީ ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ދީބާނާޒް ވަނީ، ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ހާސިލް ކުރެއްވުމަށްފަހު، ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓާބަރީއިން މާސްޓާ އޮފް ލޯ ހާސިލްކުރައްވާފައެވެ.

މީގެ އިތުރުން އޭނާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް 17 އަހަރުގެ ތަޖުރިބާ ހުރި ފަރާތެކެވެ.

އަދި ސެޕްޓެންބަރު 2، 2020 އިން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޒީ މަގާމުގައި ފުރުއްވަނީ ވެސް ދީބާނާޒެވެ.

މީގެ އިތުރުން ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ މުހައްމަދު ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ފަރާތެކެވެ.