އާއިލާ އާ އެކު އިނގިރޭސިވިލާތުގައި މެންދުރުފަހު ފަރިއްކޮޅުގައި އިންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގެންފިއެވެ.
ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދާ ހަވާލާދެއްވައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މެންދުރުގެ ފަރިއްކޮޅުގައި އިންނަވަނިކޮށް މީހަކު ނަޝީދުގެ ފޯނު ޖަހައިގަތުމަށް ފަހު ފިލައިފި ކަމަށެވެ.
"[ބައްޕަގެ ފޯނު] ނަންބަރު ބްލޮކްކޮށްލުމަށް އެދެން،" އެ މެސެޖުގައިވެއެވެ.
އެއާއެކު، މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުން ނަޝީދު ވަނީ ބޭރުކޮށްލައިފައެވެ.
މަޖިލީހުގެ ޗުއްޓީ އާ ދިމާކޮށް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ފޯނު ޖަހައިގެންފައި ވަނީ، ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންހެން ކުއްޖަކާ އެކު ރައީސް ބަދުއަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޮއެއް މީހަކު ފޮނުވާފައިވާ ކަމަށާއި، އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރައްވަންވީތޯ ވެސް ސުވާލު ކުރައްވައިފައެވެ. އަދި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ހައްހާ! ތިޔަ އުޅެނީ ސޯލިހްގެ ފޮޓޯތައް ގެއްލުނި ކަމަށް ހަދަން ވެގެން. ސޯލިހްގެ ފޮޓޯ ތަކެއް ހުރި ކަމަށް ބުނެ، ހެދި ދޮގު ބޭޒާރުވެ، ގަޒުފުގެ ހައްދު ޖަހަން އިލްމު ވެރިން ގޮވާލާތީވެ، ހެދި ދޮގު ތެދަކަށް،ހަދަން ވެގެން ހެދި ފެންވަރު ނެތް ދޮގެއް.
ލިވާޠު ކުމުގެ މައްސަލާގައި ކުރިއެރުން ނުލިބުމުން ޖަހާލި ސްޓަންޓެއް އެއީ ހުސް ދޮގު. އޭނައަކީ ފުލް ސެކިއުރިޓީގައި ހުންނަ މީހެއްގެ ކައިރިއަށް ގޮތް ނޭގޭ މީހަކު އެހާ ބޮޑަށް ކައިރިވެ ފޯ ޖަހައިގަންނަ އިރު، އޭނާގެ ބޮޑީ ގާޑުންވެސް ތިބޭނެއެވެ. އަޅުގަޑަކަށް،ނޭގެ މި އަންނިއަކީ މިވަރުގެ ދެކޮޅު ނުޖެހޭ "ކަނޑު ކޮހެއް" ކަމެއް. ހުސް ފޭކު. ބޮޑެތި ދޮގު. ޞޮޑު "މޮރޮން" އެއް. މީނަ ހީކުރަނީ ދެންތިބީންނަކީ ތަންދޮރު ނުދަންނަ ކޮހުން ކަމަށެވެ.