މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވާފައި މިއަދު އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ސެމިލިސް ފޮންޑޫގެ އުފެއްދުންތަކުން 26 ޕަސެންޓްގެ ހާއްސަ ޑިސްކައުންޓެއް ދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫން ބުނީ، މި ޕްރޮމޯޝަންގައި ބައިވެރިވެވޭވީ މިއަދު ކުރާ އޮޑަރުން ކަމަށެވެ. އެ ގޮތުން ސެމިލިސްގެ ފޮންޑޫގެ ތެރެއިން ޗީސް ފޮންޑޫ އަދި ޗޮކްލެޓް ފޮންޑޫ ނަގާ ކޮންމެ އުރީދޫ ކަސްޓަމަރަކަށް 26 ޕަސެންތް ޑިސްކައުންޓް އެތަނުން ދޭނެ ކަމަށް އުރީދޫން ބުނެއެވެ.
މިއީ އާއިލާ އާއި ރައްޓެހިން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ރަނގަޅު ފުރުސަތެއް ކަމަށާއި ސެމިލިސްގެ ފޮންޑޫ އޯޑަރު ކޮށްލައިގެން އުރީދޫން ކަސްޓަމަރުން އުފާވެރި ވަގުތެއް ފުރިހަމަ ގޮތުގައި ހޭދަކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އުރީދޫން ބުނެއެވެ. އަދި މިނިވަން ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް އަރިސްކުރާ ކަމަށާއި މިއަދުގެ ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުނެއެވެ.
މިއަދު އުރީދޫން މިނިވަން ދުވަހަށް ހާއްސަކޮށް 26 ޖުލައިގައި 26 ޕަސެންޓް ޑިސްކައުންޓް ލިބެ ޕްރޮމޯޝަނެއްް ތައާރަފްކޮށްފައިވާ އިރު މިއީ ދިވެހިންގެ 57 ވަނަ މިނިވަން ދުވަހެވެ.