މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނޯންނާނެކަމަށް ހޯމް މިނިސްޓްރީއިން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބޭއްވި ނަމަވެސް އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް، މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ 26 ޖުލައިވާ އަންގާރަ ދުވަހުގެ ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައެވެ.
މާލޭގެ އިތުރުން އަތޮޅުގެ ތެރޭގައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ވެސް ޖުލައި 26ގައި ދިދަ ނެގުންމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރު ފުޅަނދުބުރުގެ ހަރަކާތް ކުރިއަށްގެންދިއުމަށް ކުރިން ނިންމި ނަމަވެސް ފަހުން އެހަރަކާތްވެސް ނުބޭއްވުމަށް ވަނީ ނިންމާފައެވެ. ފުޅަނދުބުރު އެންމެ ފަހުން ބާއްވާފައި ވަނީ 2019 ވަނަ އަހަރުއެވެ.
މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
މިއަހަރުގެ ރަސްމީ ޖަލްސާ ނުބާއްވާ ސަބަބެއް ހާމައެއް ނުކުރެއެވެ.