ތ. ކިނބިދޫގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ރަސްމީ ޔުނިފޯމު ބޭނުންކޮށްފައިވާތީ އެކަން އެ އެސޯސިއޭޝަނުން ކުށްވެރިކޮށްފިއެވެ.
ކިނބިދޫގައި ސްކައުޓް ޔުނީފޯމު ބޭނުންކޮށްފައިވަނީ އީދުގެ ހަރަކާތްތަކުގެ ތެރެއިން މާލި ހެދުމަށެވެ. އަދި އެ ފޮޓޯތައް ވެސް އަންނަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަނުން ބުނީ ސްކައުޓް ހަރަކާތަކީ ހުނަރުވެރި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށާއި އެއީ ސިޔާސީ ވަކި ފިކުރަކަށް ނިސްބަތް ނުވ، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށާއި ސްކައުޓުންނަކީ ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ވެސް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށެވެ.
ސްކައުޓް ޔުނިފޯމާއި ސްކައުޓް ހަރަކާތުގެ އެކިއެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ، އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އެކަނި ބޭނުންކުރުމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ޖަމިއްޔާ އިން ހުއްދަކުރާ އެއްޗެހި ކަމަށާއި އެސޯސިއޭޝަނުގެ ހުއްދަ ނެތި އެ ތަކެތި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި ސްކައުޓް ޔުނިފޯމަށް ދެވޭ ގަދަރު ކުޑަވާ ގޮތަށް އެެއްވެސް ފަރާތަކުން ޔުނިފޯމު ބޭނުންކުރުމަކީ އެ އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އެ އެސޯސިއޭޝަނުން ވަނީ ކުޑަކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އެދިފައެވެ. އަދި އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ އެސޯސިއޭޝަނުން ވަނީ ދީފައެވެ.
ސްކައުޓް ޔުނިފޯމް މުޙިއްމު އެއްޗަކަށްވީ ބަޔަކު ކަމެއް ކުރީމަތަ؟ ތިތާ ލީޑަރުން ބޭނުން ގޮތަކަށް، ވައްތަރަކަށް ޔުނީފޯމް ބޭނުންކުރިޔަސް ވަރިހަމަދޯ. އަދި ރަސްމީ ކަންކަމުގައި ޔުނީފޯމޭކިޔާފަ ކޮންމެ ހަޑިޔެއްހޭވިޔަސް އޯކޭދޮތަ؟ އީދޭކިޔެން އެބައޮއްތަ އިންޑިޔާގެ ހޯލީއާ އަލިފާން ބޯޅަޔާ މިކަންކަންވެސް އޯކޭދޯ. ދެންއަންނަ އީދުގައި ފެންނާނީ އަލިފާނަށް އަޅުކަން ކުރާތަންކަންނޭގެ. އަހަރުމެން މިއީ މުސްލިމުންތަ.