"ހާދަ ބައިވަރު އެއްޗިއްސެއް ހަދާލާފަ..ރަނގަޅުވާނެ އިނގޭ މާ ބައިވަރު އެއްޗެހި ނުކެއްކިޔަސް..ފަސޭހަ އެއްޗެއް ކައްކާލީމަ އޯކޭ ވާނެ..މަވެސް ވީވަރަކުން އަންނާނަން ހެލްޕް ވާން.." މޭޒު މަތީ އަތުރާލާފައި ހުރި ތަށި ތަށް ފެނިފައި އަޒްކާ ބުންޏެވެ. "ނޫނޭ އަޒްކާ ބޮޑަށް ރެސްޓް ކުރޭ..މިދުވަސް ކޮޅު މާ ބުރަ ކޮށްލައިގެން އުޅޭނެ ކަމެއް ނެތް..މަ އެކަނިން ވެސް ވާނެ އޭ..އަޒްކާ ރަނގަޅުވާނެ ވާހަކަ ދައްކާލަން މިތާ އިންނަޏާ.." ރާއްކޮ އެހެން ބުނުމުން ދެމީހުން އެކު އެކީ ހޭން ފެށިއެވެ. އެވަގުތު މާއިޝް ވެސް އައެވެ. " އެއޮއް އައީ އެއްނުން.." އަޒްކާ ރާއްކޮ ގައުގައި ކޮށްޓާލަމުން މާއިޝް ދައްކާލިއެވެ. އެއާއިއެކު އޭނާގެ ކުށްހީ ޔަގީނަށް ބަދަލުވެގެން ދިޔައެވެ. އެއީ ހަމަ އޭނާ ދަންނަ މާއިޝް އެވެ.
މީގެ 1 އަހަރެއްހާ ދުވަސް ކުރިން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުން މާއިޝް އެވެ. އެހެން މީހަކަށްޓަކައި މާއިޝް ގެ ލޯބީގައި ކޮޅުފައިން ޖަހާފައި އައި މާއިޝް އެވެ. އެތަށް ހުވާ ތަކެއް ކޮށްފައި އެ ހުވާތަށް ވެސް ބޮލާލާ ޖަހާފައި އައި މާއިޝް އެވެ. މާއިޝް އަށްވެސް ރައިފާ ފެނިފައި ލިބުނީ ސިހުމެކެވެ. އޭނާގެ ލޯބީގައި ކޮޅުފައިން ޖަހާފައި ރައިފާ އެގެއިން ނިކުންފަހުން ފެނުނު މީ ފުރަތަމަ ފަހަރެވެ. "ރައީ..ތީ ތަ ރާއްކޮ އަކީ.." މާއިޝް އަށް އަހާލެވުނެވެ. "މާއިޝް ތަ އަޒްކާ ގެ ފިރިމީހާ އަކީ.." ރައިފާ ވެސް ކުރީ ސުވާލެކެވެ. އެދެމީހުން ދޭތެރޭ ވަމުން ދިޔަ ކަންތައް ނޭނގިފައި އަޒްކާ އިނީ އެވެ. ސުވާލެއް ކުރަންވެސް ނެނގިފައެވެ. މާއިޝް ވެސް އެތާނގައި އަޒްކާ އިންކަންވެސް ހަނދާން ނެތެވެ. "މާއިޝް..ރާއްކޮ ދަންނަން ތަ.." މާއިޝް އާއި ރައިފާ އަށް ސިހުމެއްލިބުނީ އަޒްކާ ގެ ސުވާލުންނެވެ.
"ރަށު ކުއްޖެއް މާއިޝް އަކީ..މަށަކަށް ނުވެސް އިނގޭ މާއިޝް މެރީ ކުރިކަމެއްވެސް" މާއިޝް އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ރައިފާ ހަގީގަތް އޮޅުވާލިއެވެ. "އެހެންތަ..މާ ރަނގަޅަކަށް ދޯ މިދިމާވީ.." ރާއިފާ އާއި މާއިޝް ގެ ކުރީގެ ގުޅުމުގެ ހިޔާލެއްވެސް ލިބިފައި ނުވާ އަޒްކާ ބުނެލިއެވެ. މާއިޝް ވެސް ފަހުން އަޒްކާ އާއި ވާޙަކަ ދައްކަން ހިތަށް އަރާފައި އެވަގުތު އިތުރު އެއްޗެއް ނުބުނެ ގޮނޑީގައި އިއްތާލީ އަޒްކާވެސް ނުކައި އިންނަތާ މާ ގިނަ އިރު ވެފައި ވުމުންނެވެ. ކެއުމުގެ ތެރޭގައި އެއްވެސް މީހަކު އިތުރު ވާހަކައެއް ނުދައްކައެވެ. އެހާ ދުވަސް ފަހުން ރައިފާ އާއި އެކަހަލަ ގޮތަކަށް ދިމާވާނެ ކަމަކަށް މާއިޝް އުންމީދެއްނުކުރެއެވެ. އެކަހަލަ ފައްތަރެއްގައި އަޒްކާ އިންއިރު ރައިފާ އޭނާގެ ދިރިއުޅުމުގެ ތެރެއަށް އަންނާކަށް އޭނާ ބޭނުމެއްނުވެއެވެ. ރައިފާ ގެ ސަބަބުން މާއިޝް އާއި އަޒްކާގެ ދިރިއުޅުމުގައި މައްސަލައެއް ޖެހޭކަށް އޭނާ ބޭނުމެއްނުވެއެވެ.
ކައިގެން އިތުރަށް އެތާ މަޑުނުކޮށް މާއިޝް އަޒްކާ އަތުގައި ހިފާލައިގެން ކޮޓަރިއަށް ވަނެވެ. ރައިފާ އާއި ވާހަކަ ދައްކަން ހުއްޓާ އެއްޗެއް ނުބުނެ މާއިޝް އެގޮތަށް އޭނާ އެތެރެއަށް ގެނައުމުން އަޒްކާ ހުރީ ކުޑަކޮން ހައިރާންވެފައެވެ. ނަމަވެސް އެއްޗެއް ނުބުނެ އޭނާ މަޑުކޮށްލައިގެން ހުރީ މާއިޝް ވާހަކަ ދައްކަންދެނެވެ. "އަޒޫ..ރައިފާ އަކީ.." މާއިޝް އެހިސާބަށް ބުނިތަނާ އަޒްކާ ވާހަކަ ދައްކަން ފެށިއެވެ. "މާއިޝް ގެ ރަށު ކުއްޖެއް..ވަރަށް ކެއަރިން މަޖާ ރަނގަޅު ކުއްޖެއް..އައި ލައިކް ހާ..ނަސީބެއް ރައީ ކަހަލަ ކުއްޖެއް ހުރިކަން މަންމަ ނުލާ އައި އިރު.." އަޒްކާ އެހާ އަވަހަށް ރައިފާ އާއި އެހާ ގާތް ގުޅުމެއް އުފެދުމުން މާއިޝް ހައިރާންވިއެވެ. އޭނާ އަށް ރައިފާ ގެ ނިޔަތް ރަނގަޅުނޫންހެން ހީވާން ފެށިއެވެ. ނަމަވެސް އޭނާ އަކަށް އަޒްކާ ކައިރީ ރައިފާ ގެ ވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އަޒްކާ ވިހަން އެހާ ކައިރިވެފައި އިންދާ މާއިޝް ގެ ސަބަބުން އަޒްކާ ފިކުރުކުރާކަށް ވެސް އޭނާ ބޭނުމެއްނުވެއެވެ.
މާއިޝް އެއްޗެއް ނުބުނެ ހިޔާލަކަށް ގެއްލިފައި ހުރުމުން އަޒްކާ މާއިޝްގެ ގައިގައި ކޮށްޓާލިއެވެ. "ކިހިނެއްވެފަތަ ތިހިރީ..ކަމެއް ގޯސްވީތަ.." ދެންވެސް މާއިޝްގެ ފަރާތުން އިތުރު ބަހެއް ނައުމުން އަޒްކާ އިތުރު އެއްޗެއް ނުބުނެ މަޑުކޮށްލައިގެން ހުރީ މާއިޝް ގެ ޖަވާބަކަށެވެ. "އަޒޫ ބޮޑަށް ރެސްޓް ކުރައްޗޭ އިނގޭ..މަށަށް ގޭގަ ނުހުރެވުނަސް އަޒޫ ވާނެ ރަނގަޅަށް ކައިގެން ބަލައިގެން އުޅެން..މަ ކުޑަކޮން ބިޒީވެސް ވެދާނެ... މުއާން އާއި އެކީ މަ އުޅޭނީ ބޭރުގަ އުޅުނަސް.." މާއިޝް ރައިފާ ގެ ވާހަކަ ނުދައްކާ އެވާހަކަ އޮއްބާލިއެވެ. އަޒްކާވެސް އިތުރަށް އެއްޗެއް ނުބުނެ އެނދުގައި އިށީނެވެ. މާއިޝް ގެ ސިކުނޑި ދެވަނަ ސިކުންތުގައި ރައިފާ ގެ އުޅުމާއި ދިމާލަށް މިސްރާބުޖެހިއެވެ. ރައިފާ ދޮގުހެދީ ކީއްވެބާއެވެ. އޭނާގެ ބޭނުމަކީ ކޮބާ ބާއެވެ. އޭނާގެ ސަބަބުން މާއިޝް އާއި އަޒްކާގެ ގުޅުމަށް ހީނަރުކަމެއް އަންނާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. ރައިފާ ގެ ހިޔާލުތަކުން މާއިޝް އަށް އުނދަގޫވާންފެށިއެވެ.
"އަޒޫ ހިނގާ ބޭރަށް ނިކުމެލަން ދޯ.." މާއިޝް ގެ އުޅުމަށް ކުއްލިއަކަށް ބަދަލުތަކެއް އައިކަން އަޒްކާއަށް ފާހަގަ ވިއެވެ. އޭނާގެ ސިކުނޑިއަށްވެސް އެކި އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. ނަމަވެސް ރައިފާ އާއި ގުޅުމެއް އޮތް ނަމަވެސް މާއިޝް ސިއްރުކުރަންވީ ކީއްވެބާއޭ ހިތަށް އަރާފާ އެއްޗެއް ނާހައެވެ. އެވަގުތު އަޒްކާ ގެ ފޯން ރިންގުވާންފެށިއެވެ. ފޯން ނަގާ ބަލާލިއިރު ގުޅަނީ މީޝާ އެވެ. "މީޝް..ކިހިނެއްތަ..ހުރިހާ ކަމެއް ރަނގަޅުތަ.." އަޒްކާ ފޯންނެގޮގޮތަށް ވާހަކަ ދައްކަން ފެށިއެވެ. މާއިޝްވެސް އެވަގުތު ބޭރަށް ނިކުތުމުން އަޒްކާ މީޝާ އަށް ރައިފާގެ ވާހަކަ ކިޔައިދިނެވެ. "ރައީ އޭ..އޭނަތަ ތިގޭގަ އުޅެނީ.." މީޝާވެސް ހައިރާންވެފައި ސުވާލުކުރުމުން އަޒްކާ ކުޑަކޮންހާސްވާގޮތް ވިއެވެ.
"އެއީ މިރަށު ކުއްޖެއް..ދޮންބެ ނުކިޔައިދޭތަ.."މާއިޝް ގެ ފަރާތުން ރައިފާގެ އެއްވެސް ވާހަކައެއް އަޒްކާ އަށް އިނގެފަވޭތޯ ބެލުމުގެބޭނުމުގައި މީޝާ އަހާލިއެވެ. އަޒްކާ އިތުރު ވަިސްނުމަކާއި ނުލާ ރައިފާ އާއި އަޒްކާ ދެއްކި ވާހަކަ ތައް މީޝާ އަށް ކިޔައިދިނެވެ. އެހެންކަމުން އަޒްކާ އަށް ރައިފާ އާއި މާއިޝްގެ ގުޅުމުގެ އެއްވެސް ހަބަރެއް ލިބިފައި ނުވާ ކަން މީޝާ އަށް ނަގައިގަނެވުނެވެ. އޭނާވެސް އިތުރަށް މާއިޝް ގެ ދިރިއުޅުމަށް ވަންނަން ބޭނުންނުވާތީ އެކަންތަށް މާއިޝް ގެ އަތްމައްޗަށް ދޫކޮށްލިއެވެ.ރައިފާގެ ވާހަކަ ބުނުމުން މީޝާގެ ވާހަކަތައް ހުރިގޮތުންވެސް އަޒްކާ އިނީ ވާނުވާ ނޭނގިފައެވެ.އަނެއްކާ މއިޝް އަޒްކާ އަށް ކަމެއް ސިއްރުކުރަނީބާއޭ އޭނާގެ ހިތަށް އެރިއެވެ.
ކުއްލިއަކަށް މީހަކު މާއިޝްގެ އަތުގައި ހިފާ ޖެހިގެން ހުރި ކޮޓަރީގެ ތެރެއަށް ދަމައިގަތެވެ. އެކަހަލަކަމަކަށް ނުވިސްނާހުރުމުން އެއްވެސް އުނދަގޫ ކަމެއްނެތި އެމީހަކަށް މާއިޝް އެ ކޮޓަރީގެ ތެރެއަށް ވެއްދުނެވެ. މާއިޝް ކޮޓަރީގެ ތެރެއަށް ދަމައިގަންހާ އަވަހަށް އެމީހަކު ދޮރުލައްޕާލާ ތަޅުލިއަޑު އިވުނެވެ. މާއިޝް އަށް އެދިމާލަށް ބަލާލެވުނު އިރު އޭނާ އާއި ދިމާލަށް އަންނަ ރައިފާ ފެނިފައި ހައިރާންވިއެވެ. މާއިޝް އަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ރައިފާ އޭނާގެ ދެއަތް މާއިޝްގެ އުނަގަނޑުގައި ވަށާލިއެވެ. ރައިފާގެ އެއަމަލުން މާއިޝް ގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "ރައިފާ ހަމަ މިހާރު ދުރަށް ޖެހޭ.." މާއިޝްގެ އަޑު މުޅި ކޮޓަރިތެރޭ ގުގުމާލިއެވެ. "ޝްޝްޝްޝް..އަޒްކާ އަށް އަޑު އިވުނިއްޔާ އޭނަ ހީކުރާނީ ކީކޭ..އަދި މާއިޝް މިކޮޓަރިން ނިކުންނަތަން ފެނުނިއްޔާ ކީކޭ އޭނަ ކައިރީ ބުނާނީ.."
ރައިފާ ގެ އެ ޖުމްލައިން މާއިޝް ގެ މޭތެޅެލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ހިމޭންވިއެވެ. ރައިފާ އޭނާ އެވައްޓާލީ ކޮންކަހަލަ އަޑި ނޭނގޭ ވަޅުގަނޑަކަށް ހެއްޔެވެ. "މާއިޝް މަ ހާދަ މިސްވިޔޭ މާއިޝް މަތިން..މިހާރު ދެން މަ މެރީ ކޮށްގެން އުޅުނަސް ލާމިއު އަބަދު އުޅެނީ ރަށުން ބޭރުގަ..މަ ބޭނުންވާ ކަންތައް ކޮށްދޭނެ ވަގުތެއް އޭނަ އަކަށް ނުވެ.. މާއިޝް ހުރިއްޔާ މަށަށް އޯކޭ އޭނަ ނެތަސް ދެން.." އެހެން ބުނުމަށްފަހު ރައިފާ މާއިޝްގެ މޭމަތީ އަތް އަޅާ އެނދުމައްޗަށް ކޮއްޕާލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އައިސް މާއިޝްގެ ގައިމަތީ އޮއްތާލިއެވެ. "ރައީ..ތީ ރަނގަޅުގޮތެއް ނޫން..މަ މީ މީހެއްގެ ފިރިއެއް..އަނެއްކޮޅުން މިހާރު މަގޭ އަންހެނުން އޭނީ ވިހަންވެފަ..އޭނަ އަށް މިކަންތައް އިނގެއްޖިއްޔާ ކިހާދެރަވާނެތަ..މަ ބޭނުމެއް ނޫން ރައީ އެއް މިާރު..މަވަރަށް ލޯބިވޭ އަޒޫ ދެކެ.އޭނަ މަށަށް ވަރަށް ރަނގަޅު.." މާއިޝް ރައިފާ އޭނާގެ ގައިމަތިން ދުރަށް ޖައްސާލަމުން ތެދުވެ އެނދުގައި އިށީނެވެ. ނަމަވެސް ރައިފާ ބަލި ގަބޫލުކުރާކަށް ބޭނުމެއނުވިއެވެ.
އޭނާ ފަހަތުން މާއިޝް ގެ ގައިގައި ބައްދާލިއެވެ. ރައިފާ ގެ ހޫނު ނޭވާތަށް މާއިޝް ގެ ކަނދުރާ އަށް އެޅެމުން ދިޔައީ އެއްވެސް ހުރަހެއް ނެތިއެވެ. މީގެ ކުރިންވެސް ރައިފާ އާއި އެކު އެހާ ގައިގޯޅިވެވިފައިވާތީ ރައިފާގެ އެބީހިލުމުން މާއިޝް ގެ ހިއްސުތަކާއި ކުޅެލައިފިއެވެ. "ކާކުތަ ބުނާނީ އަޒްކާ ކައިރީ..މާއިޝް ނުބުނިއްޔާ ބުނާނެ މީހެއް ނުހުންނާނެ.." ރައިފާ އޭނާގެ ދަލުގައި މާއިޝް ޖައްސަމުންދިޔައެވެ. "ނޫން ރައީ..މަށަށް އަޒޫ އިންވެޔޭ..އޭނަ މަ ބޭނުންވާ ކޮންމެ ގަޑިއަކުވެސް ކޮންމެ ކަމެއްވެސް ކޮށްދޭނެ..އެހާ ރަނގަޅު ކުއްޖަކަށް ތިހެން ހަދާކަށް މަށަކަށް ނުކެރޭނެ..އެހެންނޫނަސް ރައީ ބޭނުން ވެގެންނޭނުން މަދޫކޮށްލާފަ އައިސް ލާމިއު އާ މެރީކުރީ..މިހާރު ދެން މަށަށް އަޒޫ އިން ފުދޭ.."
މާއިޝް އަނެއްކާވެސް ރައިފާ ގަޔާ ދުރުކޮށްލިއެވެ. އަދި ތެދުވެގެން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ރައިފާ ހުޝިޔާރުކަމާއިއެކު މާއިޝްގެ ކުރިމައްޗަށް އަރާ އޭނާގެ ކުރިބެއްދިއެވެ. "މާއިޝް މަ އަދިވެސް ލޯބިވަނީ މާއިޝް ދެކެ..މިއަދާ ޖެހެންދެންވެސް މަށަކަށް ލާމިއު ދެކެ ލޮއެއްބެއް ނުވެވުނު..އޭނަ އާއި ކައިރިއެއްވެސް ނުވެވުނު..މަ ބޭނުމީ މާއިޝް އެކަނި..މަވަރަށް ލޯބިވޭ މާއިޝް ދެކެ..ރައިފާ މާއިޝް ގެ ގައިގައި ބައްދާލައިގެން ހުރެ ރޮމުން ދިޔައެވެ. އޭނާ ދޭތެރެއަކުން ހީލައެވެ. އޭނާގެ ރޭވުން ކާމިޔާބުވާނެކަމުގެ އުންމީދުލިބޭތީއެވެ.
"ރައީ ނުރޮއެބަ ދެން.."މާއިޝް ރައިފާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފޮހެލާދިނެވެ. ރައިފާ ކުރިޔަށް ވުރެންވެސް ބާރަށް މާއިޝްގެ ގައިގައި ބައްދާލިއެވެ. މިހާރު އެދެމެދަށް ވައިރޯޅިއަކަށްވެސް ވަދެވޭނެހާ ޖާގަނެތެވެ.ރައިފާ އޭނާގެ ތުނި ތުންފަތުން މާއިޝްގެ ކަނދުރާގައި ބޮސްދިނެވެ. މިފަހަރު ރައިފާގެ އެއަމަލު ހުއްޓުވާކަސް އޭނާ މާއިޝް ބޭނުމެއްނުވިއެވެ. މާއިޝް އަކަށް އިތުރަކަށް އަމިއްލަ ނަފުސު ކޮންޓުރޯލެއް ނުކުރެވުނެވެ. އޭނާ ރައިފާ ގަޔާ ދުރުކޮށްލުމަށްފަހު ރައިފާގެ ތުންފަތުގައި ބޮސްދިނެވެ. އެވަގުތު ރައިފާގެ ރޭވުން ކާމިޔާބުވުމުގެ އުފާ އޭނާއަށް ލިބުނެވެ. ދެމީހުން ދުނިޔަވީ އަރާމުގެ ތެރެއަށް ގެނބިގެން ދިޔައެވެ. މާއިޝް އަޒްކާ ގެ ޖާގަ ރައިފާ އަށް ދިނީ ނުހަނު ފަސޭހަކާއިއެކުއެވެ.
މާއިޝް ގެ އިންތިޒާރުގައި އޮތް އަޒްކާ އަށް އަދިވެސް މާއިޝްގެ ހަބަރެއް ނުވެއެވެ. ހަވީރުވަނިކޮށް ކޮޓަރިން ނިކުން މީހާ އަދިވެސް ނާދެއެވެ. މިހާރި އެއޮއް 8 ޖެހީއެވެ. ގުޅާ ގުޅާ ފޯންވެސް ނުނަގައެވެ. އަޒްކާ އަށް މުއާން ގެ ނަންބަރު ނޭނގޭތީ މުއާން އަކަށް ވެސް ނުގުޅުނެވެ. އެހެން ކަމުން އިންތިޒާރުކުރުން ނޫން ގޮތެއް ނެތެވެ.
މާއިޝްގެ ގައިގައި ބައްދާލައިގެން އެއްވެސް ނިވާ ކަމެއް ނެތި އޮތް ރައިފާ ގެ ހިތުގައި އަޒްކާ އަށްޓަކައިވަނީ އަލިފާންރޯވެފައެވެ. އޭނާ ނޫން މީހަކަށް މާއިޝް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން މީހެއްގެ އަންބަކަށްވެހުރެވެސް މާއިޝް އާއިއެކު އަނބިފިރިކަމުގެ ގުޅުން ހިންގަން އޭނާ އެއްވެސް ވަރަކަށް ޖެހިލުން ނުވީވެސް އެހެންވެއެވެ. "ރައީ..މިހާރު ވަރަށް ލަސްވެއްޖެ..ދެން ތެދުވެބަ..އަޒޫ މިހާރު ހުންނާނީ ލަސްވެފަ..ދީބަ މަގޭ ފޯން.." މާއިޝް ރައިފާ އާއި ވާހަކަ ދެއްކީ ވައިއަޑުންނެވެ. ގޭތެރޭގައިވެސްމީހެއްގެ ހިލަމެއް ނެތުމުން އަޒްކާ އަށް އޭނާ ވާހަކަ ދައްކާ އަޑުއިވިދާނެތީ އޭނާ ޖެހިލުންވީއެވެ. "އޯ ޝީޓް..40 މިސް ކޯލް އެބައިން އަޒޫގެ..ކަމެއް ވީ ކަންނޭނެގެ.." ފުންމައިގެން އެނދުން ތެދުވެ ލައިގެން ސޯޓު ފަޔަށް އަރުވާލަމުން މާއިޝް ވާހަކަ ދެއްކިއެވެ. "ދެން ހަމަ ދަނީތަ..އަޒްކާ އިނީ މިގޭގަ އޭ..ކަމެއް ވިއްޔާ އައިސް މަށަށްވެސް ގޮވާނެ އެއްނުން.." ރައިފާ ރުންކުރު ގޮތަކަށް އެހެން ބުނުމުންވެސް މާއިޝް އަޅާނުލާ ނިކުމެގެން ދިޔައީއެވެ.
"ސޮރީ އަޒޫ..ފޯން ސައިލެންޓަށް ލެވިފަ އޮތީމަ ނޭނގުނީ ގުޅިކަމެއް..ކަމެއް ވީތަ..ބަނޑުގަ ރިއްސަނީތަ.." މޫނުމަތީގައި ހުރި ދާތަށް ފޮހެމުން ކޮޓަރި ދޮރުން ވަދެވުނު އިރަށް މާއިޝް ސުވާލުކުރަން ފެށިއެވެ. "ނޫން..މާ ލަސްވީމަ ބިރުން ގުޅުނީ އެވަރަށް..ސޮރީ.."އަޒްކާ މާފަށް އެދުނެވެ. މާއިޝް އަޒްކާ ގެ ކައިރީ އެނދުގައި އޮށޯވެލަމުން އަޒްކާގެ ކޮލުގައި ބޮސްދިނެވެ. "އިޓްސް އޯކޭ..އެއްޗެއް ކައިފިންތަ.." މާއިޝް އަހާލިއެވެ. އަޒްކާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމުން މާއިޝް އަޒްކާ ގޮވައިގެން ކާ ކޯޓާރިއަށް ދިޔައެވެ.
ކައިގެން އެކުދިން ކޮޓަރިއަށް ވައިން އިރުވެސް ރައިފާ އެއް ނުނިކުމެއެވެ. "ރައީ ބަލީ ކަންނޭނގެ ދޯ..މަ ކުރިން ވެސް ނިކުމެލި އިރު ނެތް ފެންނާކަށް.." އަޒްކާ މާއިޝް ކައިރިން ރައިފާ ވާހަކަ އެހުމުން މާއިޝް ކުޑަކޮން ހާސްވިއެވެ. "ނޭނގެ..މަ ނުބަލަން.." ހަމަ ޖެހޭގޮތް ދައްކަމުން މާއިޝް އެހެން ބުނުމަށްފަހު ވަނީ ފާހަނާއަށެވެ. މާއިޝް ގެ އިންތިޒާރުގައި އަޒްކާ އެނދުގައި ލެނގިލައިގެން އިނެވެ. މިރެޔަކީ އެކުދިންގެ ކައިވެންޔަށް އަހަރެއް ފުރޭ ރެޔެވެ. ގައި ފެންނަ ހުދުކުލައިގެ ނައިޓީ އެއް ލައިގެން އިން އިރު އަޒްކާ އެ ރީތި ބައްޓަން ހުރީ ހާމައަށް ފެންނާށެވެ. އެ ފަންދިގު އިސްތަށިގަނޑު ވައިގެ ތެރެއަށް ދޫކޮށްލާފައި އޮތް އިރު ދުވަމުން ދޔަ މީރުވަހުން މުޅި ކޮޓަރިތެރެ ވަނީ އެއްވަސް ކޮށްލާފައެވެ. ބައިގަޑި އިރެއްހާއިރު ފަހުން މާއިޝް ފާހަނާއިން ނިކުތެވެ. އޭނާގެ ލޮލުގައި އަޒްކާ އަޅައިގަންހެނެއް ހިއެއްނުވެއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުގެ އަނެއް ފަޅީގައި އޭނާ އޮއްތާލިއެވެ.
އަޒްކާ އޭނާ ގެ އެހިމަ ހިމަ ހޯލިތަކެއްފަދަ އިނގިލިތަކުން މާއިޝް ގެ މޫނުމަތީގައި ފޮރުމާލިއެވެ. "އަޒޫ ކީއްތަ ތިކުރަނީ.." ސިއްސައިގެން ގޮސް މާއިޝް ވާހަކަ ދެއްކުނީ ވަރަށް ބާރަށެވެ. މާއިޝް އެހެން ކަންތަށް ކުރުމުން އަޒްކާ ދެރަވިއެވެ. ވާހަކަ ދައްކަން އުޅުނު ނަމަވެސް އޭނާގެ އަރު ބެދުނެވެ. މާއިޝް ގެ ކަންފަތުގައި އަޒްކާ ގެ މަޑު ގިސްލުމުގެ އަޑު ޖެހުނެވެ. އޭނާ ވަގުތުން ލައިޓް ދިއްލާލާ އަޒްކާ އަށް ބަލާލިއެވެ.
ހުދުކުލައިގެ ނައިޓީ އެއް ލައިގެން އިންއިރު އަޒްކާ ފެންނަލެއް ވަރަށް ފުރިހަމައެވެ. މީގެ ކުރިން އަޒްކާ ގެ ފަރާތުން މިކަހަލަ އެއްވެސް ކަމެއް ވެފައި ނުވާތީ މާއިޝް އިނީ ހައިރާންވެސް ވެފައެވެ. "އަޒޫ ކިހިނެއްވީ ތި ރޮނީ.." މާއިޝް ސުވާލުކުރިއެވެ. ކަމެއް ނުވާ ކަމަށް ބުނެފައި އަޒްކާ އަނެއް ފަޅިއަށް އެނބުރެ އެނދުގައި އޮށޯވެލިއެވެ. މާއިޝް އަށް އަޒްކާ ބޭނުންވެގެން އުޅޭކަންތަށް ނަގައިގަންނާކަށް މާ ގިނަ އިރުތަކެއް ނުވިއެވެ. އޭނާ ފުރަގަހުން އަޒްކާ ގެ ގައިގައި ބައްދާލިއެވެ. "އައްދެ ރުޅި އައީތަ އެހާ އަވަހަށް..ހާދަ ރީއްޗޭ މިރޭ.."މާއިޝް އަޒްކާ ގެ ކަނދުރާގައި ބޮސްދިނެވެ. ނަމަވެސް އަޒްކާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ދެން ވެސް ވާހަކަ ދެއްކީ މާއިޝް އެވެ.
"ދެން އެނބުރެބަލަ މިފަޅިއަށް..އޭޜުންތާ ވާނީވެސް ދޯ.." "މާއިޝް ހަނދާންވެސް ނެތްދޯ މީ ކޮންރެއެއް ކަމެއްވެސް.." އަޒްކާ އެހެން ބުނުމުން މާއިޝް ކުއްލިއަކަށް ވެޑިންއެނިވާސަރީ މަތިން ހަނދާންވިއެވެ. އޭނާ މިދުވަހަށް ކަންތައްތައް ޕްލޭން ކުރަމުން އަންނަތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ. ނަމަވެސް މިއަދު އޭނާ މިކަހަލަ ހާއްސަ ރެއެއް ހަނދާން ނެތުނީ ކީއްވެބާއޭ އަމިއްލަ ނަފުސާ ސުވާލުކުރަންފެށިއެވެ. "ހަނދާން ނެތޭނެތަ ދެން..އަޒޫ ހަނދާންހުރިތޯ ބަލާލަން މި މިހުންނަނީ.. ދެން އެނބުރެބަލަ މިފަޅިއަށް މަ ދަހިނުކޮށް.." މާއިޝް އަޒްކާ ގެ އަތުގައި ހިފާ އޭނާ އާއި ވީ ފަޅިއަށް އަނބުރާލިއެވެ.
އާ ދުވަހަކަށް އިރުއެރިއެވެ. ދޮރުގައި މީހަކު ޓަކި ޖަހާ އަޑަށް އަޒްކާ އަށް ހޭލެވުނެވެ. އެނދުން ތެދުވެ ޖެކެޓެއް ލަމުން އޭނާ ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ޖޫސް ތައްޓަކާއި ކޮފީ ތައްޓެއް ހިފައިގެން ރައިފާ ހުއްޓެވެ. "ކޮބާ މާއިޝް..އަދިވެސް ނިދަނީ ދޯ..ދައްކާ ހޭލައްވާލާނަން.." އަޒްކާ އަތަށް ޖޫސް ތަށި ދެމުން ރައިފާ ކޮޓަރިއަށް ވަނުމުން އަޒްކާ ހިތްހަމަ ނުޖެހުނެވެ. ހަމަ އެކަނި ސޯޓުކޮޅެއް ލައިގެން ނިދާފައި އޮތް މާއިޝް ގެ ކައިރީ ހުއްޓިލައި ރައިފާ އޭނާ އަށް ގޮވަންފެށިއެވެ. ލޯހުޅުވާލެވުނު ވަގުތު ކުރިމަތީގައި ހުރީ ރައިފާ ފެނިފައި އޭނާ ފުންމައިގެން ތެދުވިއެވެ. "މިތާ ކީއްކުރަނީ..ކޮބާ އަޒޫ.."
މާއިޝް ފުރަތަމަވެސް ކުރީ ސުވާލެކެވެ. "އެހެރީ އެއްނުން އަޒޫ..ކޮފީ ހިފައިގެން އައިއިރު ނިދާފަ އޮތީމަ މަ މިވަނީ..ދެން ތެދުވެގެން އާދޭ ބޭރަށް.." ރައިފާ މާއިޝް ގެ ގައިގައި ޖަހާލަމުން އެހެން ބުނުމަށްފަހު ނިކުމެގެން ދިޔައީއެވެ. ރައިފާ ގެ އަމަލުތަށް ހުރިގޮތުން ހިތްހަމަ ނުޖެހިފައި އަޒްކާ ހުރިއިރު ބުނާނެ އެއްޗެއް ނޭނގިފައި މާއިޝް އިނެވެ. "ކީއްކުރަން މަ ނިދާފަ އޮއްވަ މީހުން ވައްދަނީ..އަޒޫ ގޮވިޔަސް މަ ތެދުވަމޭނުން.." އެދެމެދުގައި ވީ ހިމޭންކަން ކަނޑުވާލަމުން މާއިޝް އެހިއެވެ. "މަ ވައްދައިގެންނެއް ނޫން އޭނަ ވަނީ އެއް..މާއިޝް އާ އޭނަ އާ އެހާ ގާތްވިއްޔާ އޭނަ ވަންނާނެއެއްނުން.."އަޒްކާ ފުރަތަމަ ފަހަރަށް މާއިޝް އާއި ދިމާލަށް އެއްޗެހިކިޔާލިއެވެ. ފުރަތަމަ ފަހަރަށް ކައިވެނި ކުރިފަހުން އެދެމީހުންގެ ދޭތެރޭ ދެބަސްވުން އުފެދުނެވެ. "ސޮރީ..މަ ހީކުރީ އަޒޫ ބުނެގެން ކަމަށް.." މާއިޝް ބުންލިއެވެ. "މަ މިއުޅެނީ ކުރާނެ ކަމެއް ނޭނގިގެންތަ އަންހެނެއް ވައްދައިގެން މާއިޝް ގެ ގައިގަ އަތް ކާތުވަން.." އަޒްކާ ރުންކުރު ޖަވާބެއް ދިނުމަށްފަހު ފާހަނާ އަށް ވަނެވެ.
ރައިފާގެ ސަބަބުން އެދެމީހުން ދޭތެރޭ މައްސަލަޖެހުމުން މާއިޝް ހިތްހަމަ ނުޖެހުނެވެ. ރައިފާ އަށް އެކަހަލަ ފުރުސަތެއް ދެވުނީވެސް އޭނާ ރޭގާ ކުރިކަމަކުންނެވެ. އެހެން ކަމުން އަމިއްލަ ނަފުސު ކުށްވެރިކުރަމުން މާއިޝް ބޮލުގައި އަތް އަޅާލިއެވެ. ރައިފާ ގެ ސަބަބުން އެދެމެދަށް ދުރުކަމެއް އައިސްދާނެތީ އޭނާ ޖެހިލުންވާން ފަށައިފިއެވެ. އަޒްކާ ފާހަނާގައި ވީ ވަގުތު ގަޔަށް ޓީޝާޓެއް ލައިގެން އޭނާ ނިކުތީ ރައިފާ އާއި ބައްދަލުކުރާށެވެ. ކަންދިމާ ކުރިގޮތުން ސިޓިން ރޫމް އިން ރައިފާ އާއި ދިމާވިއެވެ. " ރައިފާ މަށާ އަޒޫ އާއި ދޭތެރެއަށް ތިހެން ވަންނަން ނުހަދައްޗޭ..މަށާ ދުރުގަ ހުރޭ އިނގޭ.." ރައިފާ އަށް އަމުރު ކުރުމަށްފަހު އޭނާ ގެ ޖަވާބަކަށް މަޑުވެސް ނުކޮށް މާއިޝް ގޮސް ކޮޓަރިއަށް ވަނެވެ. "އެހާ ފަސޭހައިން މަގޭ ކައިރިން ތިހެން ސަލާމަތެއް ނުވެވޭނެ މާއިޝް އަކަށް ވެސް..މަ މީ ކުޅޭ ކުޅިވަރެއް ނޫން.ބޭނުން ވީމަ ކުޅެލާފަ ބޭނުން ކެނޑުނީމަ އެއްލާލާކަށް..މާއިޝް ތީ ހަމަ އެކަނި މަގޭގެ ހައްގެއް.." ރައިފާ ހިތާ ހިތުން ކިޔާލިއެވެ.
މާއިޝް އަށް ކޮޓަރިއަށް ވަދެވުނީ އަޒްކާ ފާހަނާއިން ނިކުން ވަގުތަށެވެ. "ފެންވެސް ނުވަރަ ކޮންތާކަށް ގޮސް ތިއައީ.." ކޮޓަރިއަށް ވައިން މާއިޝް ފެނިފައި އަޒްކާ އަހާލިއެވެ. "ފެންބޯން.." އެހެން ބުނުމަށްފަހު މާއިޝް އަނެއްކާވެސް އެނދުގައި އޮއްތާލީއެވެ. އަޒްކާ އަށް އެނދު ކައިރީގައި ހުރި ސައިޑް ޓޭބަލް އަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ. އޭރުވެސް ރޭގާ ވެއްދި ފެންފުޅިހުރިގޮތަށް ހުއްޓެވެ. އަނެއްކާވެސް އަޒްކާ އަށް މާއިޝްގެ އެ އަމަލުން ސުވާލު އުފެދުނެވެ. ކޮޓަރީގައި ފެންފުޅިއެއް ހުއްޓާ މާއިޝް ފެންބޯން ބޭރަށް ދާންވީ ކީއްވެހެއްޔެވެ. މީގެ ކުރިން ދުވަހަކުވެސް ހޭލާ ގޮތަށް ފެންނުވަރާ މާއިޝް ކޮޓަރިން ނިކުމެފައެއް ނުވެއެވެ. ކިތަންމެ އަވަހަކަށް ދާންވިޔަސް އޭނާ ދާނީ ފެންވަރައިގެންނެވެ. ދެން ވީއިރު މިއަދު އެކަނތައް ބަދަލުވީ ކީއްވެހެއްޔެވެ. ޖަވާބު ނޭނގޭ އެތައް ސުވާލުތަކެކެވެ. ގަބޫލުކުރަންދަތި އެތައް މަންޒަރުތަކެކެވެ. ރައިފާ ފެނުން ފަހުން މާއިޝް ގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތައް އަޒްކާ ދިޔައީ ވަރަށް ގާތުން ބަލަމުންނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މާއިޝް ވެސް ވީހާވެސް ގިނަ ވަގުތު ކޮޓަރީގައި އޮތުން މިހާރު އާދައަކަށް ވެއްޖެއެވެ. ރައިފާ ބޭރުގައި އިންނަނަމަ އޭނާ ކާންވެސް ނުނިކުމެއެވެ. "އަޒޫ..މާދަމާ ޖެހޭނެ ހޮސްޕިޓަލަށް ދާން..މާދަމާ ދައްކަން ދާން ބުނެފަ އިން ދުވަހޭނުން.." ހެދުން ތަކެއް ހިފައިގެން އެ ފައްޖަހަން އިން އަޒްކާ އާއި މާއިޝް ވާހަކަ ދެއްކިއެވެ. "މާދަމާ އިނގޭނެ ދޯ އެޑްމިޓުވާންޖެހޭ ދުވަހެއްވެސް..މިހާރު ވަރަށް ބިރުވެސް ގަނޭ.." އަޒްކާ އިނީ ދުވަސް ކައިރިވާތީ އުފާވެސް ވެފައެވެ. ހަމަ އެއާއި އެއްވަރަށް ވިހަން ޖެހޭތީ އޭނާ ބިރުވެސް ގަނެއެވެ. ވިހެއުމަކީ ވޭން ހުރި ކަމެކޭ މީހުން ކިޔާ އަޑު އަބަދުވެސް އޭނާ އަށް އިވެއެވެ.
"ނަންބަރު އަރާލީމަ 3 ވަނަ ރޫމަށް ވަދެލާ.." ކައުންޓާގައި އިން ކުއްޖާ މާއިޝް އަތަށް މެމޯ ކޮޅު ދެމުން އެހެން ބުނުމުން އަޒްކާ ވެސް މާއިޝް އާއި އެކު ގޮސް ގޮނޑި ބަރީގައި އިއްތާލއެވެ.5 ވަރަކަށް މިނެޓުފަހުން ނަންބަރު އަރުވާލިއެވެ.
ޑޮކްޓަރަށް ދައްކާފައި ދެމީހުން ނިކުތީ ދެދުވަސް ފަހުން އެޑްމިޓުވާންޖެހޭނެ ކަމަށް ޑޮކްޓަރު ބުނުމުންނެވެ. އޭގެ ކުރިން ހަދަން ޖެހޭ ޓެސްޓުތަށް ވެސް މިއަދު ހަދަން ޖެހެއެވެ.
ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއް ނިމިގެން އެކުދިންނަށް ގެއަށް އާދެވުނު އިރު މެންދުރު ވެއްޖެއެވެ. ގެއަށް ވަދެވުނު އިރު ސިޓިން ރޫމްގައި ޓީވީ ބަލަން އިން ރައިފާ ފެނިފައި މާއިޝް އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. އަޒްކާ ވެސް މައިޝް ގެ ފަހަތުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. "މާދަމާ މިކޮޅަށް އަންނަން އުޅެންވީ..ދެ ދުވަސް ފަހުން އެޑްމިޓުވާން ބުނެފި.."އަޒްކާ އަށް ކޮޓަރިއަށް ވަދެވުނުއިރު މާއޝް ހުރީ ފޯނެއްގައެވެ. ދެއްކި ވާހަކަ ތަކުން ގުޅައިގެން ހުރީ ނަޒީރާ އަށް ކަން އަޒްކާ އަށް ނަގައިގަނެވުނެވެ. "މަންމަ މާދަމާ ހަވީރު އޮތް ފްލައިޓުން މިކޮޅަށް އަންނާނެ..މަ ދާނަން މުއާން އާއެކީ މަންމަ ބަލާ އެއާޕޯޓަށް..އަޒޫ ދާނެ ކަމެއް ނެތް އިނގޭ.." ނަޒީރާ އަންނަ ހަބަރު ލިބުމުން އަޒްކާ ހުރީ އުފަލުންނެވެ. އެހެން ކަމުން އެއްވެސް ޝަކުވާ އެއް ނެތި މާއިޝް ދެއްކިވާހަކަތައް ގަބޫލުކުރިއެވެ.
ދޮރުގައި މީހަކު ޓަކޖަހާލި އަޑަށް އަޒްކާ ދޮރާއި ދިމާލަށް ހިނގައިގަތެވެ. "އަނެއްކާ އައީ.." މާއިޝް އަޒްކާ އަށް އަޑު ނީވޭ ހާ މަޑުން އެހެން ބުނީ ރައިފާ އައީ ކަމަށް ބަލާފައެވެ. ނަމަވެސް ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ މުއާން އެވެ. މުއާން އެތެރެއަށް ވަންނަން ތަން ދެމުން އަޒްކާ އެއްފަޅިއަކަށް ޖެހެލިއެވެ. "ބުރޯ ކޮބާ ކީކޭ އެންގީ ދެއްކީމަ.." މުއާން ސުވާލު ކުރީ އަޒްކާ ޑޮކްޓަރަށް ދައްކަން ދާ ވާހަކަ ބުނެފައި އޮތުމުން އެކަމާ ބެހޭގޮތުންނެވެ. "ދެ ދުވަސް ފަހުން އެޑްމިޓުވާންވީއޯ ދޯ އަޒޫ..ބޭބީ ގާލް އަންނަ ދުވަސް ކައިރި ވަނީ މިހާރުދެން..މިއަދު ދެން ޓެސްޓުތައް ވެސް ހަދާލާފަ މިއައީ..މިރޭ ރިޕޯޓުނަގަން ދާން ބުނީ.."މާއިޝް ބުނެލިއެވެ. "އަޒޫ ނުދިޔަސް ރިޕޯޓު ނެގޭނެ،،ކާޑު ހިފައިގެން ދިޔައިމަ ދޫކުރާނެ ކޮންމެ މީހަކު ދިޔަސް.." މުއާން އެހެން ބުނުމުން މާއިޝް ބޯޖަހާލިއެވެ.
- ނުނިމޭ