މަންމާ..އަޒޫ ވިހަން ދާއިރު މަންމަ ދާނަން ދޯ.." ބަދިގޭގައި މެންދުރު ކެއްކުމުގައި އަވަދިނެތި އުޅެމުންވެސް ލާރާ ދެއްކީ އަޒްކާ ވިހޭގެޔަށް ދިއުމުގެ ވާހަކައެވެ. "އާން ދާނެއެއްނުން ދެން..އެދެކުދިން އެކަނިން އުޅެން ކިހާ އުނދަގޫ ވާނެ.." ނަޒީރާ އެހެން ބުނުމުން އެކަމަށް މީޝާ އާއި ލާރާ ވެސް އެއްބަސް ވިއެވެ. އެވަގުތު އަޒްކާ ވެސް އެތަނަށް އައެވެ. " އަޒޫ ކީއްކުރަން ތި އައީ..އެއްޗެއް ބޭނުން ވީތަ..މަށަށް ގޮވާލިނަމަ އަޒޫ ކީއްކުރަން އަންނަނީ.." ލާރާ ފަތިވަރަކަށް ސުވާލު އަމުނާލިއެވެ. " ޕިސް ޕިސް..ދެން އަބަދު ކޮޓަރީގަ އޮންނަންޔާ ފޫހިވެސް ވާނެއެއްނުން ތަ..ކަމެއް ނުކުރިޔަސް މަށަށް މިތާ އިނދެވޭނެ އެއްނުން.." އަޒްކާ ފޫހިވެގެން އުޅޭ ވާހަކަ ބުންޏެވެ.
ދީބަ މަ އަތަށް ތި ކޮށާލާނަން.." ކައިރީ ހުރި ކެރެޓު ތައްޓަށް އަތް ދިއްކޮށްލަމުން އަޒްކާ އެހެން ބުނީ އޭނާ ފޫހިވާން ފެށުމުންނެވެ. ދޭން ނުދޭން ހުރެފައި ނަޒީރާ ތަށި ނަގާ އަޒްކާގެ އަތަށް ދިނެވެ. "ޖޫސް ތައްޓެއް ދެންތަ..އިރުކޮޅަކުން މާއިޝް އަންނާނެ ކަންނޭނގެ..ޖޫސް ނުބޮއެ އިންކަން އިނގުނިއްޔާ ހުރިހާ ކަމެއް ހަމަވީ.." ނަޒީރާ ހެމުން ހެމުން ވާހަކަ ދެއްކިއެވެ. އެއީވެސް ދޮގެއް ނޫނެވެ. އަޒްކާ ބަލިވެއިންފަހުން މާއިޝް ގެ ފަރާތުން އެއްވެސް ކަމެއް އުންޔެއް ނުވެއެވެ. އޭނާ ދަރިފުޅަށްވެސް އަޒްކާއަށް ވެސް ވަރަށް ބަލައެވެ. އެއްޗެއް ކާހިތް ވެގެން ބުންޔަސް އެ އެއްޗެއް ހޯދައިގެން ގެނެސްދޭނެއެވެ. އަބަދުވެސް ގެއަށް އަންނާނީ އަޒްކާ ކާހިތްވާކަހަލަ ކޮންމެސް އެއްޗެއް ހިފައިގެންނެވެ. އަޒްކާ ނުބުންޔަސް އޭނާ ބޭނުންވާ ހުރިހާ ކަމެއްވެސް މާއިޝް އަށް އިނގެއެވެ.
ލާރާ ޖޫސްތަށި އަޒްކާ ކައިރީ ބެހެއްޓުމަށްފަހު ކޭކު ފޮއްޗެއް ނަގާ ތައްޓަކަށް ލައިދިނީ އަޒްކާ ކޭކް ކާހިތުން ބުނެގެންނެވެ.އަޒްކާ އަށް ކާންފެށުނީ މާއިޝް ގެއަށް ވައިން ގަޑިއަށެވެ. އެހެން ދުވަސް ތަކެކޭވެސް އެއްފަދައިން މިއަދުވެސް މާއިޝް އެންމެ ފުރަތަމަވެސް ބެލީ އަޒްކާ ކޮބާ ތޯއެވެ. ކާކޮޓަރީގައި އިން އަޒްކާ ފެނިފައި މާއިޝް އެދިމާލަށް މިސްރާބުޖެހިއެވެ. "އަޒޫ މިހިރީ މޭވާ ކޮޅު..ކާލަބަ ކޮންމެސް އެއްޗެއް މިގަޑީގަ.." މޭވާ ކޮތަޅު އަޒްކާ ކައިރީ ބަހައްޓަމުން މާއިޝް އެހެން ބުނުމުން އަޒްކާ މޫނު ކުނިކޮށްލިއެވެ. "ހަމަ ދެންމެ ކޭކް ފޮއްޗެއްވެސް މިކެއީ..އަނެއްކާ މިހިރީ ލާރު ގިރައިދިން ބޮޑު ޖޫސް ތަށި އަދިވެސް ހުސްނުވެ..މިގަޑީގަ ނުކެވޭނެ ދެން މާއިޝް..." އަޒްކާ ބޮޑާ ހާކާލިއެވެ. "ދަރިފުޅު ބަލާލަބަ މަންމި ބޭބީ ވާތަން.." މާއިޝް އަޒްކާގެ ބަނޑުގައި އަތްޖައްސާލަމުން އެހެން ބުނުމުން އެއްމެންނަށް ހެވުނެވެ.
މަ އަންނާނަން ފެންވަރާލައިގެން..އާއްޑެ މެން ނާދޭތަ އަދިވެސް.." ކޮޓަރިއާއި ދިމާލަށް ދަމުން މާއިޝް އެހެން އަހާލީ ހައިކަލް އާއި އާދިލް ފެންނަންނެތުމުންނެވެ. ހަމަ އެވަގުތު އެދެމީހުން އައިސް ގެއަށް ވަނެވެ. "ކޮބާ ކާނެ އެއްޗެއް ދީބަލަ .."ގެއަށް ވައިން ގޮތަށް ހައިކަލް ހަޅޭލަވަންފެށިއެވެ. "ހަޅޭނުލަވަ ކަންޔާ އާދޭ މިތަނަށް..މިހިރީ ކެކިފަ މިހާރު.." ލާރާ ގޮވާލި އަޑު އިވުނެވެ.
ކާ މޭޒު ދަށުގައި ތިބެގެން ކޮންމެ މީހަކުވެސް އެމީހެއްގެ ދުވަސް ދިޔަ ގޮތް ހިއްސާކުރަމުންދިޔައެވެ. އެވަގުތު މާއިޝްގެ ފޯން ރިންގުވާން ފެށިއެވެ. ގުޅަނީ މުއާން އެކެވެ. "އޭ ހަމަ ޖެހިއްޖެ..އެކަމް އެގޭގަ އުޅޭނެ މަ ރައްޓެހި ސޮރެއްގެ ވައިފް..އެ ސޮރުވީ މިހާރު މެލޭޝިޔާގަ..އޭނަ އަންނާނީ 4 މަސް ފަހުން..އެގޮތް އޯކޭތަ.." މާއިޝް ހަލޯ އޭ ބުނިއިރަށް މުއާން ފަތިވަރަކަށް އެއްޗެހިތައް ކިޔާލިއެވެ. "އޭ އާނ އެ މައްސަލައެއްނޫން..މަށާ އަޒޫ އާ މިދުވަސްކޮޅުދާނީ..މަންމަ ގެންދާނީ ވިހާ ދުވަސް ތަންކޮޅެއްކައިރިވީމަ.."މާއިޝް ދެއްކި ވާހަކަ އަޑުއަހަން ތިބިއިރު ކޮންމެ މީހަކުވެސް މޫނުމަތީގައި ވަނީ ސުވާލު މާކެކެވެ. ވާހަކަ ދެއްކުމަށްފަހު މާއިޝް ފޯން ކަނޑާލިއެވެ. ކޮންމެ މީހަކުވެސް އިންތިޒާރުކުރަމުންދިޔައީ މާއިޝް ގެ ޖަވާބަކަށެވެ. "ކިހިނެއްތަ ވީ ފާޑަކަށް ބަލަހައްޓައިގެން ތިތިބެނީ.." ފަހަރަކު މީހެއްގެ މޫނަށް ވަކި ވަކިން ބަލާލުމަށްފަހު މާއިޝް ބުނެލިއެވެ. "ކޮންތާކަށް ދާ ވާހަކަ ތި ދެއްކީ.."އަޒްކާ އަހާލިއެވެ. "މާލެ..ދެން މިދުވަސްކޮޅު ދާނީ މާލެ އެއްނުން..އަޒޫ ދެން ޑޮކަށް ދާން ޖެހޭ ދުވަހަށް މާލެ ދާން ރެޑީ ވޭ އިނގޭ.."މާއިޝް އެހެން ބުނުމުންވެސް އިތުރު އެއްޗެއް ނުބުނެ އަޒްކާ އިނީ އަދި ދުވަސް ވެސް ކައިރިނުވާތީއެވެ. "މަށަށް އިނގެޔޭ އަވަސް ކަން..އެކަމް ދެން މިހާރު 8 މަސް ވާ ދުވަހު ތާ ދައްކަން ޖެހޭނީ..އެހާ ދުވަސް ކައިރިވީމަ ނުވާނެ ދަތުރުކުރާކަށްވެސް.."މާއިޝް އަނެއްކާވެސް އެހެން ބުނުމުން މީޝާ ވާހަކަ ދެއްކިއެވެ. "އެކަމް ދޮންބޭ..އަޒޫ އެކަނި އުޅެން ކިހާ އުނދަގޫވާނެ..މަންމަ ގޮވައިގެން ދާންހަދަން މަށަށް ފެންނަނީ.." "އެތެދެއް މަންމަ ގޮވައިގެން ދާން ހެދިއްޔާ އަޒޫ އަށްވެސް ފަސޭހަވާނީ.." ހައިކަލްވެސް އެއްބަސްވިއެވެ. "ގައީސް.އެގޭގަ އުޅެޔޭ އެހެން އަންހެން ކުއްޖެއް..މުއާން އޭނަ އާވެސް ވާހަކަ ދައްކައިފި.." އެއްމެ ފަހުން އެއްމެންގެ ހާސްކަން ފިލުވާލުމަށްޓަކައި މާއިޝް ބުންޏެވެ.
އާފަލެއް ހިފައިގެން ގޯތިތެރޭ ހުރި ބޮޑު އުނދޯލީގައި އަޒްކާ އިނީ ހިޔާލަކަށް ގެއްލިފައެވެ. "އަޒޫ..ކޮންކަމަކާ ވިސްނަނީ..ހާދަ ވަރަކަށް ގޮވައިފީމޭ މިހާރު.." ކުއްލިއަކަށް މާ ކައިރިން މީޝާގެ އަޑު އިވުމުން އަޒްކާ ސިއްސައިގެންދިޔައެވެ. "އޭން ކީކޭ.." އަޒްކާ އަށް އަހާލެވުނެވެ. " ކޮންކަމަކާހޭ ތިވިސްނަނީ..މަ ކިހާވަރަކަށް ގޮވައިފިންތަ..އަޑެއްވެސް ނީވޭތަ.." މީޝާ އަނެއްކާވެސް އަހާލިއެވެ. "ނުވިސްނަން..މިހިތަށް އަރަނީ މީޝްމެން ނުލާ ގޮސް އުޅެންވީމަ ހާދަ އުނދަގޫވާނެއޭ..މާއިޝް ބޭނުންވާ ގިނަކަންތައްވެސް މަށަށް ނުކޮށްދެވޭ މިހާޜުވެސް.." އަޒްކާ ދެރަވަނީ ވަކިން މާލެ ދާން ޖެހޭތީ އެކަންޔެއް ނޫނެވެ. އޭނާ މިހާރުވެސް ވަރުބަލިކުރުވާވަރުން މާއިޝް ގެ ގިނަ ކަންތައްވެސް ކޮށްދެނީ މީޝާ އެވެ. އިސްތިރުކުރުމާ އަންނައުނު ދޮވެދިނުމުން ފެށިގެން ހުރިހާ ކަމެއްވެސް އަޒްކާ ނުބުންޔަސް މީޝާ ކުރާނެއެވެ. "ތިވަރަށް ނުވިސްނަބަލަ ދެން..ދޮންބެ މިހާރުވެސް ވަކި ނުބުނެޔޭނުން އަޒޫ އާ ދިމާލަށް އެއްވެސް އެއްޗެއް..އެބުނީ އެއްނުން އެގޭގެ އެހެން ކުއްޖެއްވެސް އުޅޭވާހަކަ..އެހާ ކުރިން ގޮސް މަންމަ ހުންނަންވީމަވެސް ވަރަށް ހަރަދު ދާނެ..އަނެއްކާ ވިހައިގެން ހޮސްޕިޓަލްގަ ނޭނގެ ކިހާ ދުވަހެއް ކަމެއްވެސް ވާނީ..އެހުރިހާ ކަމަކަށް ވިސްނާފަ ދޮންބެ އެހެން އެނިންމީ..ދޮންބެ ހުރިއްޔާ އަޒޫ އެކަންޔެއް ނުވާނެ އެއްނުން..މާ ދަތި ވަންޔާ މަންމަ ފޮނުވާލާނަން..ނުވިސްނާ ދެން ތިވަރަށް.." މީޝް ވަރަށް ވިސްނައިދިނުމުންވެސް އަޒްކާ ގެ ނުތަނަވަސްކަން ފިލައިގެންނެއް ނުދިޔައެވެ. "ހިނގާ ފިލްމެއް ބަލަން..މިއައީ ޕުޑިންވެސް އަޅާފަ..ލާރު މިހާޜު އިންނާނެ ލަސްވެފަ.." މީޝާ އޭނާ އައި ބޭނުން ބުންޏެވެ. " މިހާރު ޕުޑިން އެޅީ ދޯ..މަ ބުނީމެއްނުން ފަހުން ވިޔަސް އޯކޭ އޭ.." އަޒްކާ ޕުޑިން ކާހިތުން އެވާހަކަ ދެއްކީ ކައިގެން ނިކުންނަމުންނެވެ. އެހާ އަވަހަށް ޕުޑިން އަޅައިދިނީއެވެ.
އިނގިރޭސި ބިރުވެރި ފިލްމެއް އަޅުވާލައިގެން ޓީވީ އަށް ގެއްލިފައި އިން ލާރާ ސިއްސައިގެންދިޔައީ މީޝާ ގެ އަޑަށެވެ. "މިހާރު ކެތްނުލަވައިގެން ފިލްމް ފެށީ ދޯ.." " އާދެބަ ހަމަ އެފެށުނީ އޭ..އަދި ރަނގަޅަށް ނުވެސް ފެށޭ.." ލާރާ އަވަސް އަވަހަށް ބުނެލިއެވެ. މީޝާ އާއި އަޒްކާ ވެސް ފިލްމް ގެ އިތުރު ހިސާބެއް ގެއްލެން ބޭނުން ނުވާތީ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ސޯފާގައި އިށީނެވެ. "އޭ މީތި މާ ބިރުވެރި..އެހެން އެއްޗެއް އަޅުވާ.." އަޒްކާ ބިރުން ފިލްމް ބަދަލުކުރަން ބުންޏެވެ. "އަޒޫ..ހިނގާ ބޭރަށް ދާން..ބީޗަށް ގޮސްލާފަ އަންނަން.." ފަހަތުން އިވުނީ މާއިޝްގެ އަޑެވެ. އަތްކުރު ކަޅު ޓީޝާޓަކާއި ހުދު ކުލައިގެ ސޯޓެއްލައިގެން ހުރި އިރު މާއިޝް ފެންނަނީ ވަރަށް ސާދާ ކޮންނެވެ. އަތުގެ އިނގިލިތަކުން ބޮލުގެ އިސްތަށިތަށް ހަމަޔަކަށް އަޅުވަމުން އޭނާ އައިސް މަޑުކޮށްލީ އަޒްކާ ގެ ކައިރީގައެވެ. އަޒްކާ ވެސް ބޭރަށް ނިކުމެލާ ހިތުން އުޅޭތާ ވަރަށް އިރުވެއްޖެއެވެ. އެހެން ކަމުން އޭނާ އިންތަނުން ތެދުވެ މާއިޝް އާއި އެކު ބޭރަށް ހިނގައިގަތެވެ.
އަތިރި މައްޗަށް ފޭބުނު އިރު އެކި އުމުރުގެ މީހުން ހޭލަމޭލަ އަށް އުޅެއެވެ. މާއިޝް އާއި އަޒްކާވެސް މަޑު ހިނގުމެއްގައި ގޮސް މީހުން މަދު ހިސާބެއްގައި އިއްތާލިއެވެ. "މާއިޝް އެކޮޅަށް ގޮސް އެކަނި އުޅެންވީމަ އުނދަގުލެއް ނުވާނެތަ.." އަޒްކާ އަނެއްކާވެސް ހިތުގައި އޮތް ސުވާލު މާއިޝް އާއި ކޮށްލިއެވެ. " އަޒޫ ދެން މިހާރު މާ ބޮޑަށް އިނގޭ ތިވިސްނަނީ..ކީއްވެތަ އެކަންޔޭ ތިބުނަނީ..މަވެސް ދަމޭ އަޒޫ ގޮވައިގެން..އަޒޫ ނުވާނެ އޭ އެކަންޔެއް.." މާއިޝް އަޒްކާގެ މަޑު މަޑު އަތިގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. "މާއިޝް ހުންނާނެ ކަން އިނގެޔޭ..އެކަމް މަށަށް އެއްވެސް ކަމެއް ނުކުރެވޭތީ މިހާރުވެސް..މާއިޝް އަށް ކިހާ އުނދަގޫވާނެތަ އަޅެ.." އަޒްކާ އެއްމެ ކަންބޮޑުވާ ކަންތަށް މާއިޝް އާއި ހިއްސާކުރިއެވެ. " ބުނީމެއްނުން އެގޭގަ އެހެން ކުއްޖެއް އުޅޭ ވާހަކަ..އޯކޭ ވާނެ އޭ..މާ ގިނަ ދުވަހެއް ނުވެ މަންމަ ވެސް ގެންދާނަން..ދެން ނުވިސްނަބަލަ އެވަރަށް ކަންކަމާ.." މާއިޝް މަސައްކަތް ކުރީ އަޒްކާގެ ނުތަނަވަސްކަން ފިލުވާދެވޭތޯއެވެ. އިތުރަށް އެއްޗެއް ނުބުންޔަސް އަޒްކާ އަދިވެސް އެކަމާ ވިސްނާނެކަން މާއިޝް އަށް އިނގެއެވެ. އަޒްކާގެ އެ މަޑުމައިތިރިކަމުންވެސް އެކަން ހާމަވެގެންދެއެވެ.
އިރު އޮއްސި ރަތް ވިލާ ލައިފިއެވެ. ނަޒީރާ ގޯތިތެރޭ ދެފަހަރު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ މާއިޝް އާއި އަޒްކާގެ އިންތިޒާރުގައެވެ. ދެމީހުން ވެސް ގޭގައި ފޯން ބާއްވާފައި ދިޔުމުން ގުޅޭނެ ގޮތެއްވެސް ނެތިފައެވެ. "ހާދަ ލަސްވީ..މަންމަ މިހިރީ ވަރަށް ބިރުން މިހާރުވެސް.." އަޒްކާގެ އަތުގައި ހިފާލައިގެން ގެއަށް ވަދެގެން އައި މާއިޝް ފެނިފައި ނަޒީރާ ބުންޏެވެ. " އާން އަޒޫ އިރު އޮއްސޭ މަންޒަރު ބަލާލާ ހިތުން މަޑުކޮށްލީ ދޯ އަޒޫ..އަދި މާ ލަހެއްވެސް ނުވެޔޭނުން..މީޝް މެންނަށް އިނގޭނެ ބީޗަށްކަން ދިޔައީ.." ނަޒީރާ އެހާ ހަސްވެފައި ހުއްޓާ މާއިޝް ފެނުނު މީ ފުރަތަމަ ފަހަރެވެ. ވާހަކައިގައި ތިބެގެން އެމީހުން އެތެރެއަށް ވަނެވެ. ވަރުބަލިވެފައި ހުރުމުން އަޒްކާ ގޮސް ސޯފާގައި އިށީނެވެ. މާއިޝް ވެސް ފަހަތުން އަޒްކާ ކައިރީ އިއްތާލިއެވެ. ނަޒީރާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އަނެއްކާވެސް އެދެކުދިން އެކަނިވިއެވެ. އަޒްކާގެ ބަސް މަދުކަމުން އޭނާ އަދިވެސް ކަމަކާ ވިސްނާކަން މާއިޝް އަށް އިނގެއެވެ. "އަޒޫ ނުވިސްނަބަ.." މާއިޝް މަޑު މަޑުން އަޒްކާ އާއި ވާހަކަ ދެއްކިއެވެ. "މާއިޝް އެގޭގަ އުޅެނީ ކާކު ކަމެއްވެސް ނޭނގޭ ދޯ.." އަނެއްކާވެސް އަޒްކާ ފެށީ ހަމަ އެވާހަކައެވެ. " އަޅެ އަޒޫ..އެގޭގަ ކޮންމެ މީހެއް އުޅުނަސް މަ ހުންނާނީ އަޒޫ ކައިރީގައޭ.. ބިރުނުގަނެބަ ދެން.." މާއިޝް އާދެހުގެ ރާގެއްގައި އެހެން ބުނުމުން އަޒްކާ ބޯޖަހާލިއެވެ.
މާލެ ދާން ފުރާ ދުވަސް ކައިރިވަމުން ދިޔަވަރަކަށް އަޒްކާގެ ނުތަނަވަސް ކަން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އެކަން އެހެން މީހަކަށް ފާހަގަވިޔަ ނުދީ އޭނާ އުޅުނީ އިތުރަށް މާއިޝް ގެ ހިތުގައި ނުޖެއްސުމަށެވެ. އޭނާ އާއި ދޭތެރޭ މާއިޝް ވިސްނާވަރު ހުދު އަޒްކާ އަށް ވެސް ހަމަ ރަނގަޅަށް އިނގެއެވެ. އެކަކު ނެތަސް މާއިޝް ހުންނާނެކަން ހިތަށް އަރުވާލައިގެން ހިތްހަމަ ޖެހިލައިގެން އޭނާ ހުންނަނީ އެހެންވެއެވެ. ނަމަވެސް ނުދަންނަ ބައެއްގެތެރެއަށް ދާން ޖެހޭތީ އެކަމުގެ ބިރު އޭނާގެ ހިތުގައި އަބަދުވެސް ހުރެއެވެ.
"އަޒޫ.." ފަހަތުން އިވުނީ މާއިޝޤގެ އަޑެވެ. އަޒްކާ ފަސްއެނބުރި ބަލާލީ މާއިޝް ގެ ހިލަމެއް އިތުރަށް ނުވުމުންނެވެ. އޭރު އޭނާ ދޮރުމަތީގައި ހެވިފައި ހުއްޓެވެ. އަތް ފުރަގަހަށް ލައިގެން ހުރި އިރު އަތުގައި އެއްޗެއް އޮތްކަން އިނގެއެވެ. މާއިޝް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އައިސް އަޒްކާގެ ކައިރީ ހުއްޓުނެވެ. "ހާދަ އުފާވެފަ..ކިހިނެއްވީ.." މާއިޝް އެއްޗެއް ނުބުނެ ބަލަން ހުރި ގޮތުން އަޒްކާ އަހާލިއެވެ. އެވަގުތު ރަތް ކުލައިގެ ފިނިފެންމަލެއް ނަގާ އަޒްކާ އާއި ދިމާލަށް އޭނާ ދިއްކޮށްލިއެވެ. "ތެންކިޔޫ.." މަލުގައި ހިފާލަމުން އަޒްކާ އެހެން ބުނެލިވަގުތު މާއިޝް އަނެއްކާވެސް މަލެއް ދިއްކޮށްލިއެވެ. އަޒްކާ މަލުގައި ހިފުމުން މާއިޝް އޭނާގެ އަތުގެ ތެރޭ އަޒްކާ ހައްޔަރުކޮށްލިއެވެ. ކޮޅަކަށް ގުޑިލަންވެސް ނޭނގިފައި އަޒްކާ ހުރީ ވާނުވާގައެވެ.ކުއްލިއަކަށް މާއިޝް މާ ލޯބި އަރައިގެން އުޅޭތީ އޭނާގެ ކައިރިއަށް ހިނިވެސް އާދެއެވެ. "ކިހިނެއްވަނީ.."އަޒްކާ ހިނިގަނޑު މައިތިރި ކުރަމުން އަހާލިއެވެ. " އެބަފެނެޔޭނުން އަޒޫ އަށްވެސް ވާ ގޮތް..އަޒޫ އަކަށް ނުވޭތަ.." މާއިޝް ލާނެތް ފާޑަކަށް އެހެން ބުނުމުން އަޒްކާ ގެ މޫނުރަތް ވިއެވެ. އަޒްކާގެ ބަނޑަށް 6 މަސް ވީފަހުން މާއިޝް އޭނާ އާއި މިހާވަރަށް ގައިގޯޅިއެއް ނުވެއެވެ. "މާއިޝްޝްޝް.." އަޒްކާ މަޑު މަޑުން މާއިޝް އަށް ގޮވާލިއެވެ. ނަމަވެސް އެކަން މާއިޝް އަށް އިނގުނުހެންނެއް ހިއެއް ނުވެއެވެ. އޭނާ އަޒްކާ ގެ ކަނދުރާގައި މަޑު މަޑުން ބޮސްދިނެވެ. އެހާ ދުވަސްކޮށްލާފައި މާއިޝް އެހާ ކައިރިވުމުން ބުނެދޭންނޭނގޭ ގޮތްތަކެއް އަޒްކާ އަށް ވިއެވެ. މާއިޝް ގެ އެބީހިލުމަށް އަޒްކާ ފެންބޮވައިގަނެފައިވަނީ ކިތަންމެ ދުވަހެކެވެ. އޭނާ އަށްވެސް މާއިޝް އާއި ކައިރިވެވުނެވެ. ދެމީހުންގެ ހޫނު ނޭވާތަށް އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައީ އެއްވެސް ހުރަހެއް ނެތިއެވެ.މާއިޝް ނުވިސްނާ ހުއްޓާ އަޒްކާ އިސްވެ މާއިޝޤގެ ތުންފަތުގައި ބޮސްދިނެވެ.
އަރަމުން ދިޔަ އިރާއިއެކު ގޭތެރެއިން އިވެމުން ދިޔައީ މާއިޝް މެން ދަތުރަށް ތައްޔާރުވަމުން ދިޔަ އަޑެވެ. ފްލައިޓް އޮތީ 8 ޖަހާއިރުއެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް އަތްމަތި އަވަސް ކޮށްލާފައި އުޅުނީ މާއިޝް މެން ފުރުމުގެ ކުރިން ކުރަން ހުރި ކަމެއް ވިއްޔާ ނިންމޭތޯއެވެ. "އަޒޫ ބަހައްޓާ ތި ދަބަސް...ކާކު ބުނީ އަޒޫ ކައިރީ ތިހިފާށޭ.." ކޮޓަރިން ދަބަހެއް ހިފައިގެން ނިކުން އަޒްކާ ފެނިފައި ހައިކަލް އެއްޗެހި ގޮވަން ފެށިއެވެ. "ސާބަސް..މި ބަރެއް ނޫނޭ..މަށަށްވެސް ކުރެވޭ ވަރުގެ ކަންތައް ހުންނާނެދޯދެން..."އަޒްކާ ދެފަޅިއަށް ބޯހޫރަމުން އައިސް ސޯފާގައި އިށީނެވެ. "ނިމުނީ ދޯ..ކާރު އައިއްސި..ނިކުމޭ އަވަހަށް.." ބޭޜުން އިވުނީ އާދިލްގެ އަޑެވެ. "އައްދެ މަ ފޮނުވާލާހިތުން ހަމަ އަވަހަށް.." އަޒްކާ މަޖާވެލާފައި އެހެން ބުނުމުން އެއްމެންނަށް ހެވުނެވެ. "ހާން..ހަމަ އެހެންވެ..ދެން އަހަރުން ބޭނުމީ ބޭބީ މިހާޜު މަންމި އޯކޭ ދެން ދިޔަސް.." އާދިލް ވެސް އެ ސަކަރާތުގައި ބައިވެރި ވުމަށްޓާކައި ސަމާސާ ކޮށްލިއެވެ.
އެއާޕޯޓަށް ދެވުނު އިރު ޗެކިން ފެށިއްޖެއެވެ. އެހެން ކަމުން މާއިޝް މެންވެސް ޗެކިންގެ ކަންތައް ނިންމާލުމަށްޓަކައި އެތެރެއަށް ވަނެވެ. މާގިނައިރުތަކެއް ނުވެ ހުރިހާ ކަމެއް ނިންމާލުމަށްފަހު އެކުދިން ބޭރަށް ނިކުތެވެ. އޭރު އެކުދިންގެ އިންތިޒާރުގައި ނަޒީރާމެން ތިއްބެވެ. "ބަނޑުހައި ވޭ އެބަ މިހާރު.." ނަޒީރާ އާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން އަޒްކާ އެހެން ބުނުމުން ނަޒީރާ އޭނާގެ ދަބަހުން ތައްޓެއް ނަގާ އަޒްކާ އާއި ދިމާލަށް ދިއްކޮށްލިއެވެ. "އަވަހަށް ކާލާ..މަންމަ އަށް އިނގުނޭ އަދި ބަނޑުހައިވެގެން އުޅޭނެކަން..އެހެންވެ ޕާސްތާ ކޮޅެއް ހިފައިގެން އައީ.." ނަޒީރާގެ މައިވަންތަ ލޯބި ފެނިފައި އެއްމެންގެ މޫޏުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. "ދެން މާލެ ގޮސް އައީމަ މަންމަ ވެސް ބޭނުންވާނީ މާމަ ދަރި އިނގޭ..." އާދިލް ބުނެލިއެވެ. "ނޫން..މަންމަ ބޭނުން ވާނެ މަވެސް..ދޯ މަންމާ.." އަޒްކާ ބޭބީވެލާފައި އެހެން ބުނުމުން މާއިޝް ގެ ގާތަށް ހިނިއައެވެ. "ގައިމަށްވެސް ބައްޕި ބޭނުން ވާނެ މަންމި..."އެއްމެން އަޑު މަޑުވީ ވަގުތު މާއިޝް އެހެން ބުނުމުން މުޅިތަން ގުގުމާލީ އެކުދިންގެ ހުނުމުގެ އަޑުންނެވެ.
އެއްމެ ފަހު ފަހަރަށް އާއިލާގެ މެމްބަރުންނާއި ސަލާމް ކުރުމަށްފަހު މާއިޝް އާއި އަޒްކާ އެއާޕޯޓުގެ ތެރެއަށް ވަނެވެ. ކިތަންމެ ދާން ބޭނުން ނުވިނަމަވެސް ނުގޮސް ވާކަށް ވެސް ނެތެވެ. މިހާރުވެސް ދޭތެރެއަކުން ބަނޑަށް ރިހުން އަންނަވަރުން އަޒްކާ ހުންނަނީ ބިރުންނެވެ.
ގަޑި އިރެއްގެ ދަތުރަކަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ބޯޓު ޖެއްސިއެވެ. ބޯއަނބުރައިގަނެފައި އިނުމުން އަޒްކާ އިނީ ބޯޓުން ނުފޭބިގެން ލަސްވެފައެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ނިކުންނަން ހިނގައިގެން ވަގުތު މީހެއްގެ ގައިގައި ޖެހިފައި އަރިއަޅާލިއެވެ. ނަމަވެސް މާއިޝް ހުޝިޔާރުކަމާއިއެކު އަޒްކާގެ ހިފެހެއްޓިއެވެ. "އަޒޫ..ތަންކޮޅެއް ބަލައިގެން އިނގޭ.." ތެޅި ތެޅި އޮތް ހިތަކާއިއެކު މާއިޝް އަޒްކާ އޭނާ އާއި ކައިރިކޮށްލިއެވެ. "ސޮރީ..ބޯއަނބުރާތީ.." އަޒްކާ އަށް އެހެން ބުނެވުނީ ބޯޓުގެ ކެބިން ކްރޫ އެމީހުންނާއި އަރާ ހަމަވިވަގުތުއެވެ. އެހެންކަމުން ކްރޫގެ އެހީ އާއި އެކު މާއިޝް އަވަހަށް އަޒްކާ ގޮވައިގެން ބޯޓުން ފޭބިއެވެ.
ފޮށި ހިފައިގެން ކާރެއްގެ އިނތިޒާރުގައި ޕޭމަންޓުމަތީގައި މާއިޝް އާއި އަޒްކާ ހުއްޓެވެ. 15 ވަރަކަށް މިނެޓު ފަހުން ކާރެއް ލިބުނެވެ. "މ.ރޯޒްގޯލްޑް.."ކާރަށް އަރާ ހަމަޖެހިލަމުން މާއިޝް ދާންވީތަން ޑްރައިވަރަށް ބުނެދިނެވެ. މާލޭގެ ހަލަ ބޮލި މަގުތކުގައި ދުއްވާވެސް ނުލެވެއެވެ. ކާރޫ ބާރޫ ބޮޑުކަމުން އެ ދަތުރު 45 މިނެޓަށް ދިގުލައިގެން ދިޔައެވެ. މާއިޝް ބުނި އެޑްރެހާއި ހިސާބަށް ދެވުނު އިރު ގޭގެ ދޮރުމަތީގައި ޒުވާން ފިރެހެނެއް ހުއްޓެވެ. "މުއާން.."އެއީ މުއާންކަން ޔަގީން ވުމުން މާއިޝް އޭނާ އާއި ސަލާމް ކޮށްލިއެވެ. "އަވަހަށް ހިނގާ މައްޗަށް..އެމަންޖެ އެބަހުރި ކައްކައިގެން މިހާރު..އޭނަ ވަރަށް ވަރު ހުންނާނެ ކުޑަކުދިންނާ ހެދި..ފަހަރި ދެކެ ވަރަށް ލޯބިވާނެ އޭނަ.." މުއާން ވާހަކަ ދެއްކީ މާއިޝް އާއެވެ. ފޮށިތަށް ހިފައިގެން އެކުދިން ލިފްޓުން މައްޗަށް އެރި އެވެ.
"ހުޅުވާފަ ހުންނާނީ..ވަދޭ އެތެރެއަށް.." އަޒްކާ އެތެރެއަށް ނުވަދެ ހުރުމުން މުއާން ބުނެލިއެވެ. ދޮރުހުޅުވާލާފައި އަޒްކާ އަށް އެތެރެއަށް ވަދެވުނު އިރު މީހެއްގެ ހިލަމެއްވެސް ނެތެވެ. އޭނާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. މާލޭގެ އެހެން ގޭތަކާއި ހިލާފަށް ޖާގަ ތަނަވަސް ބޮޑު ގެއެކެވެ. ސިޓިންރޫމްގައި ބޮޑު 2 ސޯފާ ހުއްޓެވެ. ފާރުގައި ޓީވީ އެއް ހަރުކޮށްފައި ހުރި އިރު އެދިމާލުގައި ބެލްކަންޔެށްވެސް ހުރެއެވެ. "ރަނގަޅު ދޯ.." ފަހަތުން އިވުނީ މާއިޝް ގެ އަޑެވެ. އަޒްކާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. "ދެވަނަ ރޫމް އެއީ މާއިޝް މެންގެ ރޫމް..އޭގެ އެކޮޅަށް އިންނަ ރޫމް ގަ މާއިޝް ގެ މަންމަ އަށް އައިސް ހުރެވޭނެ..ދެން މިހިރަ ރޫމްގަ އުޅޭނީ މިގޭގަ އުޅޭ ކުއްޖާ..އޭނަ ހަޒްބެންޑް ނެތް މާލެއަކު..ދެން ތިމީހުންއެކަނި މިތާނގަ އުޅޭނީ.."މުއާން ޟާއިޝް އަށް ކޮޓަރިތަށް ދައްކާލިއެވެ. "ކޮބާ ދެން މިގޭގަ އުޅޭ ކުއްޖާ.." އަޒްކާ އެހެން އަހާލީ އެމީހުން ގެއަށް އައި އިރުވެސް އެކުއްޖާ ފެންނަން ނެތުމުންނެވެ. "ވެދާނެ ފެންވަރަން ދިޔައީ ކަމަށް ކައްކާފަ..މަ ތިރިޔަށް ދިޔަ އިރު އުޅޭ ފެންވަރަން ދާންށޭ ކިޔައިގެން.." މުއާން އޭނާ އަށް ހީވާ ގޮތް ބުންޏެވެ. "ބައިދަވޭ..ރާއްކޮ އިނގޭ އެޔަކީ..އަހަރުން ކިޔަނީ އެހެން.. ތިމީހުންވެސް އެހެން ކީމަ ރަނގަޅުވާނެ.." މުއާން ގޭގައި ދެން އުޅޭ ކުއްޖާގެ ނަން ބުނެލުމަށްފަހު މާއިޝް އާއި އެކު ކޮޓަރިއަށް ފޮށިތަށް ވެއްދުމުގައި އެހީތެރިވެދިނެވެ. އަޒްކާ ބެލްކަންޔަށް ނިކުމެލީ ފިނިކޮށްލުމަށެވެ. ނަމަވެސް މާލޭ ގެ ތޣައްޔަރުވެފައިވާ ވައިގެ ތެރޭގައި މީހަކަށް ހަމަޖެހިލައިގެން ނޭވާ ލެވޭ ހެއްޔެވެ. ބޭރަށް ނިކުން ވަރަށް ވުރެން އަވަސް ފިޔަވަޅު ތަކެއްގައި އަޒްކާ އެތެރެއަށް ވަނީ ޖެހިގެން ހުރި ގޭގެ ބެލްކަނީގައި ހުރި މެދު އުމުރަކަށް ދާ ވަރުގެ ފިރެހެނެއް އޭނާ އާއި ދިމާލަށް ބަލާ ވަރުން އުނދަގޫ ވެގެންނެވެ.
އަޒްކާ އަށް އެތެރެއަށް ވަދެވުނީ މާއިޝް ގެ ކުރިމައްޗަށެވެ. "ހާދަ ބާރަކަށް ކިހިނެއް ވީ.." އަޒްކާ މާ ހާސްވެފައި ހުރުމުން މާއިޝް އަވަސް އަވަހަށް ސުވާލު ކުރިއެވެ. "އެތާ ހުރި މީހެއް ބަލާ ވަރުން.." ބެލަކަންޔާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އަޒްކާ އެހެން ބުނި ވަގުތު މުއާން އެތެނަށް އައެވެ. "އެއީ ކުޑަކޮން ބޯ ހަމަ ނުޖެހޭ މީހެއް..އޭނަ އާއި އަޅާނުލާ..އެހެން ގެއެއްގަ އުޅޭމީހެއް އެޔަކީ..ފަހަރި ބިރުގަންނާނެ ކަމެއް ނެތް.." މުއާން އެހެން ބުނުމުން އަޒްކާ ގެ ބިރުފިލައިފިއެވެ. " އަޒްކާ އިނގޭ ކިޔަނީ..ފަހަރި ކިޔާތީ ވަރަށް އެހެން ކަހަލަ ދެން.." އަޒްކާ އަމިއްލަ އަށް ތަޢާރަފު ވެލިއެވެ. މުއާންވެސް ހީލަމުން ދެން ފަހަރި ނުކިޔާނެކަމަށް ބުންޏެވެ.
މުއާންވެސް ޑިއުޓި ގަޑިކަމުން އޭނައަށްވެސް މާ ގިނަ އިރަކު އެތާ ހުރެވޭ ގޮތެއްނުވިއެވެ. ފަހުން އަންނާނެ ކަމަށް ބުނުމަށްފަހު އޭނާ ދިޔައީއެވެ. މުއާން ދިޔުމުން އެތާ މަޑުނުކޮށް މާއިޝް އާއި އަޒްކާ ވެސް ވަނީ ކޮޓަރިއަށެވެ. ފެންވަރާލައިގެން ކާން ނިކުތުމަށެވެ. މާގިން އިރު ކޮޅަށް ހުރުމުގެ ސަބަބުން އަޒްކާ ވެސް ފައިގައި ރިހުމެއް ހުރި ވާހަކަވެސް މާއިޝް ގެ ކައިރީ ބުންޏެވެ. އަޒްކާ އެނދުގައި ބޭއްވުމަށްފަހު މާއިޝް ވަނީ ފެންވަރާށެވެ. އެވަގުތު ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އަޒްކާ މަޑު މަޑުން އެނދުންތެދުވެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. ދޮރުހުޅުވާލި އިރު ދޮރު މަތީ ހުރީ ޒުވާން އަންހެން ކުއްޖެކެވެ. "ރާއްކޮ..؟" އަޒްކާ ސުވާލު ކޮށްލިއެވެ. "މްމްމްމް..މުއާން ބުނި ދޯ..ސޮރީ އަދި އާދެވެން ވާއިރަށް ފެންވަރައިގެން ނިކުންނަން ވެގެން ވަނީ..އެކަމް ހަމަ މިނިމުނީ..ހިނގާބަ ކާން.." ރާއްކޮ ވީ ގޮތް އޮޅުންފިލުވާދިނެވެ. "ކޮބާ ހަޒްބެންޑް..ނެތީތަ.." މާއިޝް ފެންނަން ނެތުމުން ރާއްކޮ އަހާލިއެވެ. "ފެންވަރަނީ..އަހަރުން އެބަ ދަން ފްރެޝް ވެލައިގެން އިނގޭ..ނުވާނެ މާ ގިނަ އިރެއް...އަޒްކާ އިނގޭ ކިޔަނީ.." އަޒްކާ ވާހަކަ ނިންމާލަމުން ތަޢާރަފު ވެލިއެވެ. ރާއްކޮވެސް އެއްމެ ރަނގަޅުކަމަށް ބުނުމަށްފަހު ހިނގައިގަތެވެ. "ކާކު އައީ..." ފާހަނާއިން ނިކުން މާއިޝް އަށް އަޒްކާ މީހަކާ ވާހަކަ ދެއްކި އަޑު އިވިގެން އަހާލިއެވެ. "ރާއްކޮ..އަހަރުން އަންނަން ވާއިރަށް ފެންވަރަންށޯ ވަނީ..ނުނިމުނީ އޯ..ދެން ބުނީ ކާން އަންނާށޯ..ވަރަށް ރަނގަޅު ކުއްޖެއްހެން ހީވަނީ.." އަޒްކާ ރާއްކޮ އަށް ތަޢުރީފު ކޮށްލިއެވެ. "ދެން ދޭ ފެންވަރާލައިގެން އަންނަން ކާން ދާން..މިހާރުވެސް މާ ލަސްވެއްޖެ އަޒޫ ކާން.." މާއިޝް ވާހަކަ ދެއްކިލެއް އަވަސް ކަމުން އަޒްކާ އަށް ޖެހުނީ ދެވަނަ ފަހަރަށް ކީ އެއްޗެއް އަހާށެވެ.
އަޒްކާ އަށް ފާހަނާއިން ނިކުމެވުން އިރު ލޯގަނޑު ކުރިމަތީ ބޮލާ ކުޅެން ހުރި މާއިޝް ފެނިގެން ދިމާ ކުރަން ފެށިއެވެ. " ހޫން ހޫން..މިއަދު މީހަކު ހިތާ ވާނެ މާއިޝް އާ ހަމަ ރަނގަޅަށް ވެސް.." "މިހާރުވެސް ތިހިރީ ހިތާވެފަ އޭނުން.." މާއިޝް ވެސް ދެރަނުވާންވެގެން ބުނެލިއެވެ. ހެމުން ހެމުން ލޯޝަން ފުޅި ހިފައިގެން އަޒްކާ އެނދުގައި އިއްތާލިއެވެ. "ހާދަ އުނދަގުލޭ މިހާރު ބަނޑާ ހުރެ ފައިގަ ލޯޝަން ލާންވެސް..އަޅެ މާއިޝް އާދެބަ ދެން ލޯޝަން ލައިދޭން ފައިގަ .." އަޒްކާ އުޅެ އުޅެ ފަޔާ ހިސާބަށް އަތް ނުފޯރުމުން މާއިޝް ގެ އެހީއަށް އެދުނެވެ. މާއިޝް ނުހަނު ލޯބިން އަޒްކާގެ ފައިގައި ލޯޝަން ލައިދިނެވެ.
އެކުދިންނަށް ބޭރަށް ނިކުމެވުނު އިރު ރާއްކޮ ފެންނާކަށް ނެތެވެ. އަޒްކާ މާއިޝް ކައިރީ ސޯފާ އަށް ދާން ބުނުމަށްފަހު ރާއްކޮ ކޮޓަރި ކަމަށް މުއާން ބުނި ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުން އެތެރެއިނ ދޮރުހުޅުވާލިއެވެ. " ނިމުނީ ދޯ..ހިނގާ މިއަންނަނީ.." ދޮރުމަތީގައި ހުރި އަޒްކާ ފެނިފައި ރާއްކޮ ބުންޏެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސިޓިން ރޫމްގައި ހުރި މާއިޝް އެވެ. މާއިޝް ހުރީ އެމީހުންނަށް ފުރަގަސް ދީގެން ކަމުން މާއިޝް ގެ މޫނު ރާއްކޮ އަށް ފެންނަ ގޮތެއް ނުވިއެވެ. " އެއީތަ ހަޒްބެންޑް.." މާއިޝް އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ރާއްކޮ އެހެން އަހާލުމުން އަޒްކާ ބޯޖަހާލިއެވެ. "ކިހިނެއް ވީ..ދަންނަން ތަ.." އަޒްކާ އަށް އެހެން ހީވެގެން އަހާލިއެވެ. "ނޫނޭ..ހަމަ އަހާލީ އެތާ ހުރީމަ..ހިނގާ މިދަނީ.." އެހެން ބުނުމަށް ފަހު ރާއްކޮ ކޮޓާރި ދޮރު ލައްޕާލިއެވެ. އަޒްކާ ވެސް އެތާ އިތުރަށް މަޑުނުކޮށް މާއިޝް ގެ ކައިރިއަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަނުމަށްފަހު ރާއްކޮ ވިސްނަމުން ދިޔައީ މާއިޝް އާއި ދޭތެރޭގައެވެ. މީގެ ކުރިން ވެސް އޭނާއަށް ފެނިފައިވާ މީހެއްހެން ރާއްކޮ އަށް ހީވަނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ އަށް މާއިޝް ދަންނަ މީހަކާ ވައްތަރުވެއްޖެއެވެ.
އަވަސް އަވަށް ކޮށްލައިގެން ރާއްކޮ ބޭރަށް ނިކުންނަން ދިޔަ ވަގުތު އޭނާގެ ފޯން ރިންގް ވާން ފެށިއެވެ. ފޯން ނަގާ ބަލާލިއިރު ގުޅަނީ އޭނާގެ ފިރިމީހާއެވެ. އެހެން ކަމުން ބޭރަށް ނިކުންނަން ނުހަދާ އޭނާ ފޯން ނަގާ ކަނފަތުގައި ޖައްސާލިއެވެ. ވަރަށް ގިނަ އިރު ފޯން ގައި އިނުމަށްފަހު ކުއްލިއަކަށް އަޒްކާ މެން މަތިން އޭނާ ހަނދާންވިއެވެ. " ދެން ބާއްވަނީ އިނގޭ..ހަނދާންނެތިފަ މިއިނދެވެނީވެސް..އެކުއްޖާ ހުންނާނީ ނުވެސް ކައި ކަންނޭނގެ.." އެހެން ބުނުމަށް ފަހު އޭނާ ފޯން ކަނޑާލިއެވެ.
ރާއްކޮ އަށް ބޭރަށް ނިކުމެވުނު އިރު ސޯފާގައި އަޒްކާ އިނެވެ. "ސޮރީ ފޯނެއް އައިސްގެން..ހިނގާ އަވަހަށް ކާން..ކޮބާ މިހާރު ހަޒްބެންޑް.." މިފަހަރުވެސް މާއިޝް ފެންނަން ނެތުމުން ރާއްކޮ އަހާޅިއެވެ. "ފިހާރައަށް ދިޔައީ ޖޫސް ޕެކެޓެއް ގަންނަން ކާން ވާއިރަށް..އޭނަ ބޭނުން ވާނީ މަ ކޮންމެ ގަޑިއެއްގަ ޖޫސް ބޯން.." އަޒްކާ މާއިޝް ފިހާރައަށް ދިޔައީކަމަށް ބުންޏެވެ. "އަޅެ އަލަމާރީ ގަ ހުންނާނެ ޖޫސް ޕެކެޓުވެސް ގަނެފަ..ގުޅާފަ ބުނަގަ އަންނާށޭ ދެން ކާން.." ރާއްކޮ އެހެން ބުނުމުން އަޒްކާ ފޯން ނަގާ މާއިޝް އަސް ގުޅާލިއެވެ."މިއަންނަނީ އޯ މިހާރު ލިފްޓްގަ އޯ.." އަޒްކާ އެހެން ބުނުމުން ރާއްކޮ ކާކޮޓާރިއާއި ދިމާލަށް ހިނގައިގަތެވެ. އަޒްކާ ވެސް ފަހަތުން އެދިމާލަށް ދިޔައެވެ.
"ހާދަ ބައިވަރު އެއްޗިއްސެއް ހަދާލާފަ..ރަނގަޅުވާނެ އިނގޭ މާ ބައިވަރު އެއްޗެހި ނުކެއްކިޔަސް..ފަސޭހަ އެއްޗެއް ކައްކާލީމަ އޯކޭ ވާނެ..މަވެސް ވީވަރަކުން އަންނާނަން ހެލްޕް ވާން.." މޭޒު މަތީ އަތުރާލާފައި ހުރި ތަށި ތަށް ފެނިފައި އަޒްކާ ބުންޏެވެ. "ނޫނޭ އަޒްކާ ބޮޑަށް ރެސްޓް ކުރޭ..މިދުވަސް ކޮޅު މާ ބުރަ ކޮށްލައިގެން އުޅޭނެ ކަމެއް ނެތް..މަ އެކަނިން ވެސް ވާނެ އޭ..އަޒްކާ ރަނގަޅުވާނެ ވާހަކަ ދައްކާލަން މިތާ އިންނަޏާ.." ރާއްކޮ އެހެން ބުނުމުން ދެމީހުން އެކު އެކީ ހޭން ފެށިއެވެ. އެވަގުތު މާއިޝް ވެސް އައެވެ. " އެއޮއް އައީ އެއްނުން.." އަޒްކާ ރާއްކޮ ގައުގައި ކޮށްޓާލަމުން މާއިޝް ދައްކާލިއެވެ. އެއާއިއެކު އޭނާގެ ކުށްހީ ޔަގީނަށް ބަދަލުވެގެން ދިޔައެވެ. އެއީ ހަމަ އޭނާ ދަންނަ މާއިޝް އެވެ. މީގެ 1 އަހަރެއްހާ ދުވަސް ކުރިން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުން މާއިޝް އެވެ. އެހެން މީހަކަށްޓަކައި މާއިޝް ގެ ލޯބީގައި ކޮޅުފައިން ޖަހާފައި އައި މާއިޝް އެވެ. އެތަށް ހުވާ ތަކެއް ކޮށްފައި އެ ހުވާތަށް ވެސް ބޮލާލާ ޖަހާފައި އައި މާއިޝް އެވެ. މާއިޝް އަށްވެސް ރައިފާ ފެނިފައި ލިބުނީ ސިހުމެކެވެ. އޭނާގެ ލޯބީގައި ކޮޅުފައިން ޖަހާފައި ރައިފާ އެގެއިން ނިކުންފަހުން ފެނުނު މީ ފުރަތަމަ ފަހަރެވެ. "ރައީ..ތީ ތަ ރާއްކޮ އަކީ.." މާއިޝް އަށް އަހާލެވުނެވެ. "މާއިޝް ތަ އަޒްކާ ގެ ފިރިމީހާ އަކީ.." ރައިފާ ވެސް ކުރީ ސުވާލެކެވެ. އެދެމީހުން ދޭތެރޭ ވަމުން ދިޔަ ކަންތައް ނޭނގިފައި އަޒްކާ އިނީ އެވެ. ސުވާލެއް ކުރަންވެސް ނެނގިފައެވެ. މާއިޝް ވެސް އެތާނގައި އަޒްކާ އިންކަންވެސް ހަނދާން ނެތެވެ. "މާއިޝް..ރާއްކޮ ދަންނަން ތަ.." މާއިޝް އާއި ރައިފާ އަށް ސިހުމެއްލިބުނީ އަޒްކާ ގެ ސުވާލުންނެވެ.
- ނިނިމޭ
ވަރަށް ފުރިހަމަ.
މި ވާހަކަ ލިޔާ ކުއްޖާގެ ރަދީފު ގައި ނޯވޭ ދޯ ޏ މި އަކުރެއް.