2 ހަފްތާ ފަސް........... އެއް އަތުން އަޒްކާ ގެ އަތުގައި ހިފައިގެން އަނެއް އަތުން ފޮށީގައި ހިފާލައިގެން މާއިޝް މިސްރާބުޖެހީ ގެއާއި ދިމާލަށެވެ. ގޭ އެއްވެސް މީހެއް ކައިރީ ނުބުނެ ރަށަށް އައުމުން އެކުދިން ލަފާ ތަނަށް އެކަކުވެސް ނާދެއެވެ. އެއީ އެދެމަފިރިންވެސް ބޭނުންވީ ގޮތެވެ. މިހާ ދުވަސް ކޮށްލާފައި އެއްމެންނާ ދިމާވާއިރު ސަޕްރައިޒް އެއް ދޭން އެކުދިން ބޭނުންވީއެވެ. ދުވަސް ގަނޑަކަށްފަހު އަނެއްކާވެސް މީޝާ އާއި ދިމާވާން އުޅޭތީ އަޒްކާ ވެސް ހުރީ ނުހަނު އުފަލުންނެވެ.
"މަންމާ.." ގޭގެ ބޮޑު ދޮރުން އެތެރެއަށް ވަދެގެން އައި އިރު އުނދޯލީގައި އޮތް ނަޒީރާ ފެނިފައި މާއިޝް ގޮވާލިއެވެ. ދުވަސްގަނޑަކަށް ފަހު އެކުދިން ފެނުމުން ނަޒީރާގެ ހިތް އުފަލުން ފޮޅުނެވެ. "ދަރިފުޅާ..އަންގާވެސް ނުލާ ތިއައީ..ބުނެފަ އައި ނަމައޭނުން މީރު ކާއެއްޗެއް ވެސް ހެދޭނީ.." ނަޒީރާ ވާހަކަ ދެއްކީ މާއިޝް އަށާއެވެ.
"ދޮންބޭ....އަޒޫ..." މާދުރުން އެހެން ގޮވަމުން މީޝާ ދުވެފައި އާދެއެވެ. "މި ދޮންބެ ގަނޑު މުޅިންވެސް މިކަހަލަ ކަންތަށް ކުރާނީ..އެހެންވެ އޭ މަ މިހަފްތާގެ މީރު އެއްޗެހި މިކައްކަނީ މުޅިންވެސް..މަ އިނގެޔޭ ނުބުނެ ކަން އަންނާނީ.." މީޝާ އަޒްކާގެ އަތުގައި އޮޅުލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު އާދިލް އާއި ހައިކަލް ވެސް ބޭރުން އައިސް ގެއަށް ވަންނަނީ އެވެ. " އައްދެ..ހާދަ ރީތި ވެލައިގެން ތި ތިބީ.." އާދިލް އާއި ހައިކަލް ލައިގެން ހުރި އޮފީސް އެއްޗެހި ފެނިފައި މާއިޝް ބުނެލިއެވެ. " ހޫމްމްމް..އައީމަ ސަޕްރައިޒެއް ދޭންވެގެން އަހަރުންވެސް ނުބުނީ..މިއުޅެނީ މިހާރު ޖޮބްގައޭ..މި ހަފްތާގަ މި ޖޮއިން ކުރީ އަދި..ހަމަ އައީމަ ބުނަން މިތިބެނީ..ތިމީހުންނަށް އެކަންޔެއް ނޫނެއްނުން ސަޕްރައިޒް ދެވޭނީއެއް ދޯ ނަޒީރާއްތާ..." އާދިލް ނަޒީރާ އަށް ދޯ ދިނެވެ. " އޭ އަސްލުތަ..ކޮންގްރެޓްސް ބުރޯ..އެހެންވީމަ މިރޭ ކެއުން ލިބޭނެ ދޯ.." މާއިޝް ބުންޏެވެ. " މާއިޝް މި އަޒޫ އަށް ކީއްކޮށްގެންތަ ތި ގެނައީ..އަނގައިން ބަހެއްވެސް ނުކިޔާ އެބަހުރޭ..މީ ކިހާ އަނގަ ގަދަ މީހެއް ތަ މިތަނުން ފުރައިގެން ދިޔަ އިރު.." ނަޒީރާ ގޭތެރެއަށް ވަންނަން ހިނގައިގަތަމުން ވަރަށް މަޑު މަޑުން ހައިކަލް ބުނެލިއެވެ. " މާ ލޯބި ދީގެން އަނގަ މަޑުކޮށްލީ ދޯ ބޭބް.." މާއިޝް އަޒްކާ ގެ ކޮލުގައި ހިފާލަމުން އެހެން ބުނުމުން އެއްމެން އެކީ ހޭން ފެށިއެވެ.
ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު އަޒްކާ އަވަސްވެ ގަތީ ފޮށި ހުސްކުރުމަށެވެ. "ތި ބަހައްޓަބަ އެހަށް..މިއޮއްހާއިރު ދުރުގަ ބަހައްޓާފަވެސް އައިގޮތަށް ދުރަށް ދާންވެގެން ދޯ ތިއުޅެނީ..." މާއިޝް އަޒްކާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. "ދާންވީ ދެން ފެންވަރަން.." އަޒްކާ މާއިޝް ދުރަށް ކޮއްޕާލަމުން ބުންޏެވެ. " މިރޭ ބަދަލު ހިފާލާނަން އިނގޭ.." މާއިޝް ފާހަނާ އަށް ވަންނަމުން އެހެން ބުނުމުން އަޒްކާއަށް ހެވުނެވެ.
"އަޒޫ.." ބޭރުން އިވުނީ މީޝާގެ އަޑެވެ. އަޒްކާ ގޮސް ދޮރުހުޅުވާލުމާއިއެކު އޭނާ އެތެރެއަށް ވަނެވެ. ހަމަ އެވަގުތު މާއިޝް ފާހަނާއިން ނިކުތެވެ. ހަމަ އެކަނި ތުވާލި ކޮޅުގައި ހުރި މާއިޝް އަށް މީޝާ ފެނުމާއިއެކު ދުވެފައި ފާހަނާ އަށް ވަންނަން ދިޔަތަން ފެނިފައި އަޒްކާ ހޭން ފެށިއެވެ. " މީޝް މަ އެބަދަން ބޭރަށް ދޮންބެ ނިކުތީމަ..އެހަށް ދޭ އިނގޭ..ދޮންބެ ފެނަވަރަން ވަދެ އުޅެނީ.." އަޒްކާ އެހެން ބުނުމުން އަވަހަށް އަންނަން ބުނެފައި މީޝާ ނިކުމެގެން ދިޔައެވެ. " ދެން އާދޭ..މީޝް ގޮއްސި.." ހެމުން ހެމުން އަޒްކާ ވާހަކަ ދެއްކިއެވެ. "ދިމާކޮށްލާ ދިމާކޮށްލާ އިނގޭ..މިރޭ މަވެސް އަޑެއް ނާހާނަން އިނގޭ ކިޔާ އެއްވެސް އެއްޗެއް..އޭރަކަށް މަށަކަށް ނީވޭނެ ދެންން މާއިޝްޝްޝް އޭ ކިޔާ އަޑެއް އިނގޭ.." މާއިޝް ގަޔަށް ޓީޝާޓެއް ލަމުން އަޒްކާ އާއި ވާހަކަ ދައްކަމުން ދިޔައެވެ.
އަޒްކާ މެންނަށް ބޭރަށް ނިކުމެވުނު އިރު ލާރާ ވެސް އައިސްގެން އުޅެއެވެ. "ލާރު ވެސް އެބަ އުޅެންތަ..ކައިފިންތަ..ހިނގާ ކާންދާން.." މާއިޝް ވާހަކަ ދެއްކިއެވެ. " ލާރު ކާނީ ހައިއްޓޭ ކަންޔާ..އޭނަ މިގެއަށް އަޔަސް ހައިއްޓޭ ނުކަންޔާ ނުކާނެ.." މީޝާ ފަހަތުން ޖަވާބު ދިނެވެ. " އެދޮގެއް..މި މީޝް ދެން އަބަދު ދިމާކުރާނެ.." ލާރާ ލަދުގަތެވެ. " މީވެސް ކަމެއްތަ މިހާރު..އަހަރުން ދިޔައިމަ ވަރަށް ހިންގާލައިފިން ދޯ އެއްމެން ވެގެން.." އަޒްކާ ބުންޏެވެ. "ސަޕްރައިޒްޒްޒް.." އަޑަށް ބާރު ލާފައި ހައިކަލް އެހެން ގޮވަލުމުން އެއްމެން ދިޔައީ ސިއްސައިގެންނެވެ. " މާއިޝް ކައިރިން ދަސްކުރީ ސަޕްރައިޒް ދޭން ދޯ.. ވަރަށް ފަހުން ރައްޓެހިވީ..ދެން ކައިގެން އަދި އެބައިން އެހެން ވާހަކަ އެއްވެސް..."އާދިލް ބުންޏެވެ. "އަޒޫ..މިފަހަރު ކޮން ސަޕްރައިޒް އެއްބާއޭ ދޯ މިމީހުން ދޭނީ ވެސް.." މާއިޝް އަޒްކާގެ ގައިގައި ކޮށްޓާލަމުން އެހެން ބުނުމަށްފަހު ހެމުން ހެމުން ކާ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.
ކާން ތިބެގެން ދެކެވުނު މައިގަނޑު ވާހަކަ އަކީ ހައިކަލް އާއި އާދިލް ކައިވެނި ކުރަން ނިންމި ވާހަކަ އެވެ. މީޝާ އާއި ލާރާ ވެސް ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ކަމުން މާއިޝް ވެސް އެކަމަށް އެއްބަސްވިއެވެ. "މަންމަ ކައިރީ ތިވާހަކަ ދައްކައިފިންތަ މިހާރު.." މާއިޝް އަހާލިއެވެ. " ނޫން..މާއިޝް މެން އައީމަ ތިމީހުންނާ މަޝްވަރާ ކޮށްލާފަ މަންމަ އާ ވާހަކަ ދައްކަން މިތިބެނީ .." އާދިލް ބުންޏެވެ. "ލާރު މަންމަ އަށް އިނގޭނެ އަހަރުން އިންނަން އުޅޭކަން..ދައްތަ އާއި ވާހަކަ ދައްކާލަން ޖެހޭނީ ދެން.." ހައިކަލް ބުންޏެވެ.
"ދައްތަ ކައިރީ ކޮންވާހަކަ އެއްތަ ދައްކަން ޖެހެނީ އަނެއްކާ.." އެވަގުތު ފަހަތުން ނަޒީރާ ގެ އަޑު އިވުނެވެ. ހުރިހާ ކުދިންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ނަޒީރާ ކައިރީ އެވާހަކަތައް ދައްކާކަށް އެ އެއްވެސް ކުއްޖެއް ތައްޔާރެއްނޫނެވެ. "ޖޮބް ލިބުނީމަ މިކޮޅުގަ މަޑުކިރަން މިވިސްނަނީ..ދެން ދައްތަ ބޭނުން އަގެއް ކިޔައިގެން ބަހައްޓައިދިނަސް އޯކޭ އޭ މިކިޔަނީ.." އާދިލް ބުންޏެވެ. " ނޫނޭ އެއްޗެއް ދޭނެ ކަމެއް ނެތް..ހަމަ އުޅެންވީ މިގޭގަ..ކިތަންމެ ދުވަހަކު އުޅުނަސް ތި ކުދިން މިގެއިން ނެރޭނެ މީހަކު ނާންނާނެ..ހުރިހާ ކުދިން ގުޅިގެން ރަނގަޅަށް އުޅެންވީ ހަމަ.." ނަޒީރާ އެހެން ބުނުމަށްފަހު ނިކުމެގެން ދިޔައީއެވެ.
އިރު އޮއްސި ދުނިޔެމަތި އަނދިރި ވެއްޖެ އެވެ. ކޮޓަރީގައި ޓީވީ އަޅުވާލައިގެން އިން އަޒްކާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ އުނގުގާ ބޯއަޅާލުމުންނެވެ. "މާއިޝް..ކިހިނެއްވީ..އެއްޗެއް ބޭނުން ވީތަ.." އަޒްކާ ނުހަނު ލޯބިން އަހާލިއެވެ. " މްމްމްމްމމްމް އަޒޫ ބޭނުމީ.." މާއިޝް އަޒްކާ ލަދުގަންނަވާލުމުގެ ބޭނުމުގައި ބުންޏެވެ. ކަންވީވެސް މާއިޝް ބޭނުންވީ ގޮތަށެވެ. އަޒްކާގެ މޫނު މަތި ރަތް ވެގެން ދިޔައެވެ. " އަޒޫ...މަ ވާހަކަ އެއް ދައްކަންވެގެން މިއުޅެނީ.." މާއިޝް ގެ މަޖާ މޫޑު ކެނޑި އޭނާގެ މޫނު މަތިން ސީރިއަސް ކަން ފެނިގެންދިޔައެވެ. އަޒްކާ ޓީވީ ނިއްވާލުމަށްފަހު މާއިޝް ދައްކާ ވާހަކަ އަށް ހުސްވެލިއެވެ. "ކިޔާބަ..ކަމެއް ގޯސްވީތަ.." "ނޫން..އެހެންނެއް ނޫން..އަޒޫ ބޭނުން ވާނެ ކަމެއް ނޭނގޭ މިގޮތެއް އަދި..އެކަމް...އަހަރެން ބޭނުން ބޭބީ އެއް މިހާރު.." މާއިޝް ބުނި އެއްޗަކުން ޔަގީން ނުވެގެން އަޒްކާ ދެވަނަ ފަހަރަށް ސުވާލު ކުރިއެވެ. " ބޭބީ އެކޭ ހްމްމްމް.." މާއިޝް އަނެއްކާވެސް ބުންޏެވެ. ނަމަވެސް އަޒްކާގެ ފަރާތުން އިތުރު އެއްވެސް ޖަވާބެއް ނުލިބުނެވެ. "އަޒޫ ބޭނުން ނުވަންޔާ އޯކޭ އިނގޭ ހަމަ.." އަޒްކާ ގަބޫލުނުވެދާނެހެން ހީވުމުން މާއިޝް ދެރަވިއެވެ. "ނޫން..ޔެސް ވީ ކޭން ޓްރައި.." އަޒްކާ އުފަލުން މާއިޝްގެ ގައިގައި ބައްދާލިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ނުހަނު ހަލުވިކަމާއިއެކުއެވެ. ސޯފާގައޮ އޮލަ ވާހަކައިގައި ތިބި އާދިލް އާއި ނަޒީރާ ފެނިފައި މީޝާގެ ހިތަށް ހަމަ ޖެހުން ލިބުނެވެ. މިއަދަކީ ނަޒީރާއާއި ކައިވެނީގެ ވާހަކަ ދައްކަން ހަމަޖެހިފައިވާ ދުވަސް ކަމުން މީޝާގެ އަތްފައި ފިނިވާތީ އުޅޭތާ ކިތަންމެ އިރެކެވެ. "ނަޒީރާއްތާ..އަޅުގަނޑު ވަރަށް ލޯބިވޭ މީޝް ދެކެ..އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން..ދައްތަ ގަބޫލިއްޔާ އެކަމަކު .." އާދިލް އެއް ނޭވާ އިން ހުރިހާ އެއްޗެއް ކިޔާލިއެވެ. އެހެންކަމުން ނަޒީރާގެ ގާތަށް ކުޑަކޮން ހިނިވެސް އައެވެ. "ދައްތަ އަށް ތިކަންތައް އިނގޭތާ މިހާރު ވަރަށް ދުވަސް ވެއްޖެ..ތިކުދިން ތި ވާހަކަ ދައްކަންދެން ދައްތަ މިހުންނަނީ.."
ދުވަސްތައް ފާއިތުވަމުން ދިޔައީ ނުހަނު ހަލުވިކަމާއިއެކުއެވެ. ސޯފާގައި އޮލަ ވާހަކައިގައި ތިބި އާދިލް އާއި ނަޒީރާ ފެނިފައި މީޝާގެ ހިތަށް ހަމަ ޖެހުން ލިބުނެވެ. މިއަދަކީ ނަޒީރާއާއި ކައިވެނީގެ ވާހަކަ ދައްކަން ހަމަޖެހިފައިވާ ދުވަސް ކަމުން މީޝާގެ އަތްފައި ފިނިވާތީ އުޅޭތާ ކިތަންމެ އިރެކެވެ. "ނަޒީރާއްތާ..އަޅުގަނޑު ވަރަށް ލޯބިވޭ މީޝް ދެކެ..އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން..ދައްތަ ގަބޫލިއްޔާ އެކަމަކު .." އާދިލް އެއް ނޭވާ އިން ހުރިހާ އެއްޗެއް ކިޔާލިއެވެ. އެހެންކަމުން ނަޒީރާގެ ގާތަށް ކުޑަކޮން ހިނިވެސް އައެވެ. "ދައްތަ އަށް ތިކަންތައް އިނގޭތާ މިހާރު ވަރަށް ދުވަސް ވެއްޖެ..ތިކުދިން ތި ވާހަކަ ދައްކަންދެން ދައްތަ މިހުންނަނީ.." ނަޒީރާ އޭނާ އަށް އެކުދިން ސިއްރުކޮށްގެން އުޅޭ ގުޅުމުގެ ހަބަރު އިނގޭ ކަމަށް ބުންޏެވެ. ނަޒީރާގެ އެ ޖުމްލަ އިވިފައި އާދިލްއަށް ސިހުމެއް ލިބުނެވެ. މީޝާ އަށްވެސް ވީ އެވަރެވެ. މަންމަ ގެ ޖަވާބަކަށް ވާނީ ކީކޭ ބާއޭ އޭނާވެސް އަމިއްލަ ނަފްސާ ސުވާލުކުރަންފެށިއެވެ. މީގެ ކުރިން އެއްވެސް ކަމެއް ނަޒީރާ އަށް ސިއްރު ކޮށްފައިނުވާ މީޝާ އެއްމެ ދެރަވީ އޭނާގެ ދިރިއުޅުމުގެ އެހާ މުހިއްމު ނިންމުމެއް ނަޒީރާ އަށް ސިއްރުކުރެވުމުންނެވެ.
"މަންމަ ގެ މައްސަލައެއްނެތް ތި ދެކުދިން ކައިވެނިކުރުމަކުންނެއް..މަންމަ އަށް އިނގޭ ދެކުދިންވެސް އެކަކު އަނެކަކު ދެކެ ނުލާހިކު ބޮޑަށް ލޯބިވާ ކަން..ތިކުދިން ކައިވެންޏަކަށް ދާން ވިސްނަންޏާ މަންމަގެ އެއްވެސް މައްސަލައެއްނެތް.." ނަޒީރާ އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ. އެއާއިއެކު އާދިލްގެ މޫނުމަތިން ފެނުނު ހިނިތުން ވުމުން ނަޒީރާގެ ބިރު މުޅިން ފިލައިގެން ދިޔައެވެ. އޭނާއަށް މީޝާ މި ދޫކޮށްލެވެނީ ރަނގަޅު އޭނާދެކެ ލޯބިވާ މީހެއްގެ އަތްމައްޗަށްކަން އޭނާއަށް ޔަގީންވިއެވެ.
ފާހަނާއިން ނިކުން އަޒްކާގެ ތުންފަތް މަތީގައިވާ ހިނިތުންވުމުން އެދެމަފިރިންގެ ހުވަފެންތައް ހަގީގަތަކަށް ވާން އުޅޭކަމުގެ ނިޝާނެއް މާއިޝް އަށް ލިބުނެވެ. " ޕޮޒިޓިވް؟.." މާއިޝް ތެޅި ތެޅި އޮތް ހިތަކާއިއެކު އަޒްކާ އާއި ސުވާލު ކުރިއެވެ. އެއްޗެއް ބުނުމުގެ ބަދަލުގައި އަތުގައި އޮތް ޕްރެގްނެންސީ ޓެސްޓް ކިޓް ނަގާ ދައްކާލިއެވެ. އެއާއިއެކު މާއިޝްގެ އުފާވެރިކަން އިތުރުވެގެން ދިޔައެވެ. އޭނާގެ ހަޔާތުގެ އެއްމެ ބޮޑު އެއް ހުވަފެން ހަގީގަތާއި ދިމާލަށް މިސްރާބުފެށީއެވެ. "އޯ އަޒޫ..އައި އެމް ސޯ ހެޕީ .." މާއިޝް އަޒްކާ އުރާލައިގެން އެނބުރެން ފެށިއެވެ. "ހިނގާބަ އަވަހަށް މަންމަ ކައިރީ ބުނަން..ވަރަށް އުފާވާނެ އޭރަށް.."މާއިޝްގެ އުފަލުގެ ކޮޅެއްނެތެވެ. "މަންމަ ކައިރީ ބުނާނީ އަދި ފަހުން..މިއަދަކު ނޫން ދޯ.." އަޒްކާ އެހެން ބުނުމުން ސުވާލުގެ ނަޒަރަކުން މާއިޝް އަޒްކާއަށް ބަލާލިއެވެ. "މިއަދު މީ މީޝް މެންގެ ދުވަހެއް..މިއަދު އަހަރުން މަންމަ އަށް މިހަބަރު ދިނިއްޔާ އެއްމެންވެސް އުޅޭނީ މިކަމަކާ..މީޝްމެންނަށް އެހާ ހާއްސަ ދުވަހެއް އަހަރުންގެ ސަބަބުން ހަލާކުވެދާނެ..އާދިލް އާއި ހައިކަލް އާއި ވެސް މިއަދު އެހާ ބިޒީވާނެ މެރީ ކުރާތީ.." އަޒްކާ އޭނާ އަށް ފެންނަ ގޮތް ހާމަކުރުމުން މާއިޝް އެކަމަށް އެއްބަސްވިއެވެ. އެއީވެސް ދޮގުވާހަކަތަކެއް ނޫނެވެ.
އަދިވެސް ހީވަނީ ވަރަށް ބައިވަރު ކަންތައް ނުނިމިހުރިހެން..ކޮބާތަ މާއިޝް.." އާދިލް ވާހަކަ ދެއްކީ ހައިކަލް އާއެވެ. "މަ މިހިރީ..ތި ހަމަ ޖެހިލަބަލަ ފުރަތަމަ..ކޮންހާ ކަމެއްތަ އޮތީ ތި ތެޅިފޮޅެނީ.."މާއިޝް ގެ އަޑު އިވުނީ ތަންކޮޅެއްދުރުންނެވެ. އޭރު އަޒްކާގެ އަތުގައި ހިފާލައިގެން އައިސް އޭނާ ސޯފާގައި ބާންދަނީއެވެ. "އަޒޫ ބަލީތަ.." އާދިލް އަހާލިއެވެ. "ނޫން..މާ ވަރުބަލިވީ އޯ..މަ މިކިޔަނީ ޖޫސްތައްޓެއް ބޯލާށޭވެސް..އެކަމް ބޯހިތެއް ނެތޯލަ.." މާއިޝް އެހެން ބުނުމަށްފަހު އާދިލް މެން ކައިރިއަށް ދިޔައެވެ. އަޒްކާވެސް ސޯފާގައި އިނީ އެމީހުން ކުރަމުން ދިޔާ ޑެކަރޭޝަން ބަލާށެވެ. ކައިވެނި ކުރަނީ ގޭގައި ކަމުން އެގަޑިއަށް ވާންޖެހޭ ތައްޔާރީތަށް ވަރަށް ގިނައެވެ. "އަޒޫ އާދެބަ.." ތަންކޮޅެއް ދުރުން ލާރާގެ އަޑު އިވިގެން އަޒްކާ އެދިމާލަށް ހިނގައިގަތެވެ. " މި މީޝް ރެޑީ ވަންދެން މިތާ ހުރެބަ..މަ މިދަނީ ރެޑީވާން.." އެހެން ބުނުމަށްފަހު ލާރާ ވަނީ ފާހަނާއަށެވެ. "ވާއު މީޝް..ޔޫ ލުކް ސޯ ޕްރިޓީ.."އަޒްކާ ބުންޏެވެ. ބިލިމަގު މާ ކުލައިގެ ހެދުމެއް ލާފައި ބޮލުގައި ބޮޑު ހުޅިއެއް ޖަހާލާފައި ހުރި އިރު މީޝާ ފެންނަނީ އެހެން ދުވަސް ދުވަހާ ވަރަށް ތަފާތުކޮންނެވެ. ކޮށްފައިވާ އާދައިގެ މޭކަޕުން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ.
ދޭބަ ރެޑީ ވާން ދެމީހުން..މިހާރު ގަޑި އިރަކަށް ވީއޭ..މިކަންތައް މިހާރު ނިމިފަ އޭ މިހިރީ.."މާއިޝް އެހެން ބުނުމުން އާދިލް އާއި ހައިކަލް ވެސް ތައްޔާރުވުމަށްޓަކައި ކޮޓާރިއަށް ވަނެވެ.
ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް އަޒްކާ ދޮރުހުޅުވާލިއެވެ. "ހިނގާ ރެޑީވާން ދަމާ..އެދެމީހުން ނިމުނީތަ މިހަރު.." ދޮރުމަތީގައި ހުރި މާއިޝް އެހެން ބުނުމުން އާނއެކޭ ބުނުމަށްފަހު އަޒްކާވެސް ތައްޔާރުވާން ކަމަށް ބުނެ ކޮޓަރިއަށް ދިޔައެވެ.
އަނބި ގަބޫލުކޮށްފިން.." އާދިލް އަށް އެހެން ބުނެވުނު އިރު މީޝާގެ ލޮލުން ކަރުނަ ހިލުވާލިއެވެ. އޭނާގެ އެތައް ދުވަހެއްގެ ހުވަފެނެއްގައި ކުލަ ޖެހުމުން އެލިބުން އުފާވެރިކަން ބަޔާންކޮށްދޭނެ ގޮތެއް އޭނާ އަކަށް ނޭނގުނެވެ. ލާރާގެ ވެސް ހާލަކީ އެއީ އެވެ. 4 ކުދިންގެ ކައިވެނި ނިމި ގޭތެރެއިން މީހުންތައް މަދުވިއެވެ. އަނެއްކާވެސް އެއްމެން އަތްމަތި އަވަސް ކޮށްލާފައި އުޅުނީ ރޭގަނޑު އޮތް ޕާޓީ އަށް ތައްޔާރުވުމަށެވެ. ނަޒީރާ އާއި ހަސީނާ ވެސް އަވަދިނެތި އުޅެމުން ދިޔައީ އެކުދިންގެ ކައިވެނީގެ ކަންތައްތަކުގައެވެ. ލާރާވެސް ކައިވެނިކޮށްގެން މާއިޝްމެންގެއަށް ބަދަލުވާން ނިންމީ ހަސީނާވެސް ގަބޫލުވެގެންނެވެ. ހަސީނާވެސް ދުވަސްކޮޅަކަށް މާލެ ދާންޖެހިފައިވާތީ އާއި ވެސް އެއްކޮށެވެ.
ޕާޓީ ހެދުމުގެ ފަސްބައިގައި ހިފަހައްޓާލައިގެން މީޝާ ހުރި އިރު މޫނުމަތިން ވަރުބަލިކަންފެންނަން ހުއްޓެވެ. ޕާޓީ ނިމެން ކައިރިވެފައި ވުމުން މީހުންވެސް ހަރަކާތް ވާލެއް މަދެވެ.
ވަރުބަލިވީ ދޯ.." ހައިކަލް ވާހަކަ ދެއްކީ ލާރާ އާއެވެ. "ކުޑަކޮން..ހެދުން މާ ބަރީ..ފައިވާންވެސް އުސްވީމަ ވަރަށް އުނދަގޫ..ދެން ނިމެނީ އެއްނުން މިހާރު އޯކޭވާނެ.." ލާރާ ބުންޏެވެ. ކުޑަކޮންނޭ ބުންޏަސް ލާރާ ހުރީ ވަރަށް ވަރުބަލިވެފައިކަން ހައިކަލް އަށް އިނގުނެވެ.
ޕާޓީގެ ހުރިހާ ކަމެއްނިމި އެކުދިންނަށް ގެއަށް ދެވުނު އިރު 12 ޖަހައިފިއެވެ. ކޮންމެ މީހަކުވެސް ބެލީ ވީހާވެސް އަވަހަކަށް އެމީހެއްގެ ކޮޓަރިއަށް ދެވޭތޯއެވެ. ވެފައިވާ ވަރުބަލިން ހަށިގަނޑަށް އަރާމެއް ހޯދައިދިނުމަށެވެ.
ލާރު..ކިހިނެއްވެފަ ތި އިނީ..ދޭބަ ޗޭންޖް ކޮށްގެން އަންނަން..އަދި އެހާ ވަރުބަލިވެފަ ހުރިއިރުވެސް ތި އިނީ ދޯ.." ފާހަނާއިން ނިކުން ހައިކަލް އަށް ކައިވެނި ހެދުމުގައި އިން ލާރާ ފެނިފައި ބުންޏެވެ. "ހައިކަލް ނިކުންނަން ދެން.." ލާރާ އިސްދަށަށް ޖަހާލައިގެން އިނދެފައި އެހެން ބުނުމުން ހައިކަލް ހީލިއެވެ. "ލަދުން ދޯ ތިއިނީ.." ހައިކަލް އަށް ލާރާ ލަދުން އުޅޭހެން ހީވެގެން އަހާލިއެވެ. ލާރާގެ ފަރާތުން ޖަވާބެއްނުލިބުމުން އޭނާ އެއިނީ ލަދުންކަން ހައިކަލް އަށް އިނގުނެވެ.
އަޒްކާގެ އުނގުގައި ބޯ އަޅާލައިގެން އޮތް މާއިޝްގެ ނަޒަރު ހުއްޓިފައިވަނީ އަޒްކާ އަށެވެ. ދޭތެރެއަކުން އަޒްކާގެ ބަނޑުގައި އޭނާ ބޮސްދެއެވެ. މާއިޝް އުޅޭގޮތުން އަޒްކާ ކައިރިއަށް ހިނިވެސް އާދެއެވެ. ވަރުބަލިވެގެން ނިދަން އައި މީހާ ނިދާކަށް ހިޔާލެއް ނުކުރިއެވެ. "މާއިޝް..ދެން ނިދަން އުޅެބަ..މަވެސް ވަރަށް ވަރުބަލިވެއްޖެ.." އަޒްކާ ގެ އަޑަށް މާއިޝް ތެދުވިއެވެ.
ރޭގަނޑުގެ އަރާމު ނިންޖަށް އެއްމެން ގެނބުނެވެ. ނަމަވެސް މީޝާ އާއި އާދިލް ވާހަކައިގައި ތިބި އިރު ހީވަނީ ވަރުބަލިކަމެއްވެސް ނުވާހެންނެވެ. "މިއަދު އަޒޫ ވަރަށް ބަލިހެން ދޯ ހިވަނީ.." ކުއްލިއަކަށް އަޒްކާ މަތިން ހަނދާންވެގެން އާދިލް ބުންޏެވެ. "މްމްމް ތިހެން ބުނީމަ މިހަނދާންވީ..ބޯއަނބުރާތީވެސް އުޅުން..އެހީމަ ބުނީ ނުކައި ހުރީމައޯ.." މީޝާވެސް އޭނާއަށް ފާހަގަވީކަންތައް އާދިލް އާއި ހިއްސާކުރިއެވެ.ވާހަކައިގައި ވަރަށް ގިނަ އިރު ތިބުމަށްފަހު އެކުދިން ނިދަން އޮށޯތީ ފަތިހު ހޭލަންވެސް ޖެހޭތީ އާއި އެއްކޮންނެވެ. އާދިލްވެސް އޮފީހުން ޗުއްޓީ ނުލިބޭތީ އާއިވެސް އެކީއެވެ.
މާއިޝް އަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖަހާއަޑަށެވެ. އޭރު ނިދިފައި އޮތް އަޒްކާ ފެނިފައި އޭނާ ގަޑި ބަލާލިއެވެ. މީގެ ކުރިން އެހާ ލަސްވަންދެން އަޒްކާ ނިދާކަށް ނޯވެއެވެ. ރޭގައި މާ ބިޒީ ކޮށްއުޅުމުގެ ސަބަބުން ނުހޭލެވުނީ ކަމަށް ބަލާފައި މާއިޝް އަޒްކާ ނިދާލަން ބޭއްވީއެވެ. ގަޔަށް ޓީޝާޓެއް ލައިގެން ގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ އާދިލް އެވެ. "ސައިބޯންވެސް ނާންނަ ދުވަހެއްތަ.." އާދިލް ކުރި ސުވާލައް ޖަވާބުދިނުމަށްފަހު މާއިޝް އެތެރެއަށް ވަނެވެ. "އަޒޫ..ހިނގާ އެއްޗެއް ކާންދާން..މިހާރު އަޒޫ ޖެހޭނެ ދެމީހުންނަށް ވާވަރަށް ކާން.." މާއިޝް އޯގާތެރިކަމާއިއެކު އަޒްކާއަށް ގޮވާ؛ުމުން އޭނާ ލޯހުޅުވާލިއެވެ. "ބޯއަނބުރާފަ ހުންނަނީ.. ހޭލާފަ އެހެންވެ އަނެއްކާވެސް ޖައްސާލީ..ސޮރީ ނިދުނީމަ.." އަޒްކާ ކަންތައް ވީ ގޮތް އޮޅުންފިލުވާދިނެވެ. "މާ ބޮޑަށް އެނބުރުން އަރަނީތަ..ފުރަތަމަ ދުވަސްކޮޅު އެކަހަލަ އުނދަގޫތައް ވާނެ..ހިނގާ ކައިގެން ހޮސްޕިޓަލަށް ދާން..ދެން އައިއްސަ މަންމަ މެން ކައިރީ ބުނާނީ.." މާއިޝް އެހެން ބުނުމުން އަޒްކާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
"ހާދަ ފާޑަކަށް އަޒޫ..ބަލީތަ.." ހައިކަލް އަށް އަޒްކާ އިމްގޮތް ފެނިފައި އަހާލިއެވެ. " ތެދެއް ކިހިނެއްވެފަތަ ތި އިންނަނީ..އިއްޔެވެސް ވަރަށް ބަލިހެން ހީވި.." އާދިލްވެސް ހައިކަލްގެ ފަހަތުން ބުންޏެވެ. "އަޒޫ ކުޑަކޮން ބަލިކޮށްއުޅެނީ ..ޑޮކްޓަރަށް ދައްކާލަން ދާން މިދަނީ.." މާއިޝް އެހެން ބުނުމަށްފަހު އަޒްކާ ގޮވައިގެން ބޭރަށް ނިކުތެވެ.
ރިޕޯޓުތައް ހިފައިގެން އަޒްކާމެން ދެމަފިރިން ޑޮކްޓަރު ކޮޓަރިއަށް ވަނެވެ. " މާއިޝް..ކޮބާ އަދިވެސް ޖޮއިން ނުކުރަނީތަ.." ޑޮކަޓަރ އާމިރު ވާހަކަ ދެއްކީ މާއިޝް އާއެވެ. އާމިރަކީ މާއިޝް އާއި އެއް ކްލާހެއްގައި ކިޔެވި ކުއްޖެކެވެ. ދެކުދިން ކިޔަވާ ނިމިގެން ރަށަށް އައީވެސް އެކީއެވެ. "ނޫނޭ މާދަމާ ޖޮއިން ކުރަން.."ރިޕޯޓުތަށް އާމިރު އަތަށް ދެމުން މާއިޝް އެހެން ބުނުމަށްފަހު ކައިރީ އިން ގޮނޑީގައި އިށީނެވެ. "މަރުހަބާ އަޒްކާ ބަނޑުބޮޑު..." މާއިޝް އަޒްކާ އަށް ބަލާލީ އުފަލުންނެވެ. އޭރު އަޒްކާވެސް ހިނިތުންވެފައި އިނެވެ.
މިއޮއް އައީ..ކީކޭ ޑޮކްޓަރު ބުނީ.." ގޭތެރެއަށް ވައިން މާއިޝް އާއި އަޒްކާއަށް ފުރަތަމަވެސް އަމާޒުވީ މީޝާ ގެ ސުވާލުތަކެވެ. އޭރު ލާރާ އާއި ނަޒީރާ ވެސް ސޯފާގައި ތިއްބެވެ. އާދިލް އާއި ހައިކަލް ވެސް އެމީހުންގެ އިންތިޒާރުގައި ތިބުމަށްފަހު މާ ލަސްވާތީ އޮފީހަށް ދާން ނިކުތީ ހަމަ ދެންމެއެވެ. "މީޝް ބޮއްތަ އަކަށް ވަނީއޯ.." މާއިޝް ބުނި އެއްޗެއް ނޭނގިފައި މީޝާ ހުރީއެވެ. ނަމަވެސް ނަޒީރާ އުފަލުން އައިސް އަޒްކާ ގައިގައި ބައްދާލީ އޭނާ އަށް މާއިޝް އެބުނި އެއްޗެއް ނަގައިގަނެވިގެންނެވެ. "އެތެދެއްތަ..އަހަރެން މާމަ އަކަށް ވަނީތަ.." ނަޒީރާ އަޒްކާ ސޯފާގައި ބާންދަމުން ސުވާލުކުރިއެވެ. " ވަޓްޓްޓް..އަޒޫ ޕްރެގް ތަ.." މީޝާ އަށްއެމީހުން އެދައްކާ ވާހަކަ އޮޅުންފިލީ މާ ލަހުންނެވެ. "އަޅޭ އައި އެމް ސޯ ހެޕީ އަޒޫ...މިހިރަ މީހާ ބައްޕަ އަކަށް ވަނީ އޭ”މާއިޝް އާއި ދިމާލަށް ބަލަހައްޓައިގެން އިނދެފައި މީޝާ އެހެން ބުނުމުން އަޒްކާ އަށް ހެވުނެވެ. ލާރާވެސް އެގެއަށް އަންނަން އުޅޭ މެހެމާނަށް މަރުހަބާ ކިޔެއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
ދެން މި އާފަލު ކޮޅު ކާލަބަ އަޒޫ..ކާހިތް ނުވިޔަސް ކާންޖެހޭނެ އޭ.." މާއިޝް އަޒްކާ އަށް އެއްޗެއް ކާންދެވޭތޯ އުޅުނެވެ. "ދެން ކާހިތް ވީމަ ކާނެ އެއްނުން ތަ..ހާދަ ވަރަކުން ކާންދޭން ތިއުޅެނީ.." ގެއަށް ވަދެގެން އައި ހައިކަލް އާއި އާދިލް އަށް އެމަންޒަރު ފެނިގެން އާދިލް ބުންޏެވެ. "އާދިލް އަކަށްވެސް ނޭނގޭނެ ދޯ އަދި.." ލާރާ އެހެން ބުނި އަޑަށް ކޯއްޗެއްހޭ ކިޔަމުން ހައިކަލް އާއި އާދިލް އެދިމާލަށް އާދެއެވެ. " އަޒޫ ޕްރެގް ކަމެއް..މިގެއަށް ބޭބީ އެއް އަންނަން އުޅޭ ކަމެއް.." މީޝާ ބުންޏެވެ. "ތެދެއް.." އާދިލް އާއި ހައިކަލް އަށް އެކު އެކީ ބުނެވުނެވެ. " އެހެންޔާ ގަދަ ކަމުންވެސް ކާންދީ.." ހައިކަލް އެހެން ބުނުމުން އެއްމެން ހޭންފެށިއެވެ. "ދޮންބެ މާދަމަ ޑިއުޓީ އަށްވެސް ނިކުންނަން ދޯ.." މީޝާ ހަނދާންވެގެން އަހާލިއެވެ. ޖަވާބުގައި މާއިޝް ބޯޖަހާލިއެވެ.
ދުވަސްތައް މާޒީ އާއި އެކުވަމުން ދިޔައީ ހަލުވި ކަމާއިއެކުއެވެ. އަޒްކާގެ ބަނޑަށް މިހާރު 7 މަސް ވެއްޖެއެވެ. މާއިޝް ވެސް އަވަދި ނެތި އުޅެމުންދިޔައީ އަޒްކާގެ ވިހޭގެއަށް ވާންވީ ތައްޔާރީތަކައިގެންނެވެ. މިހާރަކަށް އައިސް އަޒްކާ މާ ބޮޑަށް ވަރުބަލިކުރާވަރުން ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރާކަށްވެސް ނުދެއެވެ. މީޝާ އާއި ލާރާ ވެސް އޭނާ ކަމެއް ކުރަން އުޅުނަސް އަތުލާނެއެވެ. އެއްމެން ގެ ލޮއެއްބާ އަޅާލުމުން އަޒްކާގެ ދިރިއުޅުންވަނީ ވަށާލާފައެވެ.
- ނުނިމޭ