މާއިޝްއަށް ހޭލެވުނު އިރު އޭނާގެ މޭމަތީ ބޯއަޅާލައިގެން ނިދިފައި އޮތް އަޒްކާ ފެނުނެވެ. އަޒްކާއަށް ހޭލެވިދާނެތީ ގުޑިލަންވެސް ނުކެރިފައި އޮއްވާ އަޒްކާ މޯޅިއަކަށް ދެމެލިއެވެ. މާއިޝް އާއި އެހާގާތުގައި އޮވެވުމުން އޭނާ ލަދުގަތެވެ. އަވަސް އަވަހަށް ތެދުވެ ދުރަށް ޖެހެލިއެވެ. " އައްދެ ރޭގަ އެއްކޮން އަތުގަ އޮޅުލައިގަނެގެން އޮވެފަ މިހާރު ދުރަށް ތިދިޔައީއޯ.." މާއިޝް ލާނެއް ފާޑަކަށް އެހެން ބުނެލީ އަޒްކާ ލަދުގަންނަވާލުމުގެ ބޭނުމުގައެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާއަޑުއިވުނެވެ. "މިގަޑީގަ ކާކު.." އަޒްކާ އަށް ބުނެވުނެވެ. "މިއަންނަނީ ބަލާލާފަ އިނގޭ..ގައިގަ ރަޖާ އަޅާލަބަ.." އެހެން ބުނުމަށްފަހު މާއިޝް ގަޔަށް ޓީޝާޓެއްލައިގެން ދޮރުހުޅުވާލިއެވެ. " ގުޑް މޯނިން..ބްރެކްފާސްޓް.." ދޮރުމަތީގައި ހުރި ނޭޕާލް ކުއްޖާ އެހެން ބުނުމަށްފަހު ކުޑަމޭޒަކާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. މާއިޝް ދޮރުހުޅުވާލުމަށްފަހު އެކުއްޖާ އެތެރެއަށް ވަންނަން ޖާގަދިނެވެ. ކާއެއްޗެހި އެތެރެއަށް ވެއްދުމަށްފަހު އެކުއްޖާ ނިކުމެގެން ދިޔައީ ދޮރު ލެއްޕުމަށްފަހުއެވެ.
"ހިނގާ އަވަހަށް ސައިބޯން.." މާއިޝް އެހެން ބުނުމަށްފަހު ޖޯޑަށް ކޮފީ އަޅާލިއެވެ. "ދަތްވެސް ނޫނގުޅާތަ.." އަޒްކާ މޫނު ކުނިކޮށްލުމަށްފަހު އަހާލިއެވެ. " އަޒޫ ދޭ މޫނު ދޮވެގެން އަންނަން.. މަ ސައިބޮއެގެން މޫނު ދޮނާނީ.." އައްޗީޑިއޭ ބުނުމަށްފަހު އަޒްކާ ފާހަނާއަށް ވަނެވެ. އަޒްކާ ދިޔުމުން މާއިޝް އަށް ހެވުނެވެ.
މާގިނަ އިރުތަކެއްނުވެ އަޒްކާ ފާހަނާއިން ނިކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި މާއިޝް ހުއްޓެވެ. "އަވަހަށް އާދޭ..ވަރަށް ބަނޑުހައި ވެއްޖެއޭ.." މާއިޝް އެހެން ބުނުމުން ބޯހޫރަމުން ގޮސް އަޒްކާ ސޯފާގައި އިއްތާލިއެވެ. މާއިޝް ވެސް ކައިރީގައި އިށީނެވެ.
ސައިބޮއެގެން އެކުދިން ތައްޔާރުވަމުން ދިޔައީ ބޭރަށް ނިކުމެލުމަށެވެ.
ދެކުދިންނަށް ބޭރަށް ނިކުމެވުނު އިރު ބޯކޮށް ވާރޭ ވެހެއެވެ. "މިހިރީ ހުރިހާ ތާކަށް ދެވިފަދޯ.." މާއިޝް އެހެން ބުނުމުން އަޒްކާގެ ކައިރިއަށް ހިނިއައެވެ. "ހިނގާ ސީރީޒެއް ބަލަން ތިބެން ރޫމްގަ..ހަވީރު ބޭރަށް ދާނީ ދެން.." އަޒްކާ އެހެން ބުނުމުން މާއިޝްވެސް އެގޮތަށް އެއްބަސްވިއެވެ.
"މީޝް..އާދެބަ މި ރޫމްއަށް..އެއްޗެއް ދައްކާލަންވެގެން.." އާދިލް ފޯންކޮށްފައި އެހެން ބުނުމުން މީޝާ ލޯމަތި ބަލާފައި އެ ކޮޓަރިއަށް ވަނެވެ. މީޝާ އެތެރެއަށް ވަނުމާއިއެކު އާދިލް ދޮރުލައްޕާ ތަޅުލިއެވެ. " ކޮބާ ދައްކަން ތިއުޅޭ އެއްޗަކީ.." މީޝާ މަޑު މަޑުން އަހާލިއެވެ.އާދިލް އައިސް މީޝާގެ އުނަގަނޑުގައި ހިފާ އޭނާއާއި ކައިރިކޮށްލިއެވެ. އަދި ކަންފަތް ބުޑުގައި މަޑުމަޑުން ބުނެލިއެވެ. "މަދައްކާލަން ވެގެން..ބޭނުމެއް ނޫންތަ ބަލާކަށް.." އާދިލް އެހެން ބުނުމުން މީޝާ އާދިލް އާއި ދުރަށް ޖެހެލިއެވެ. "ދެންންން..ތިކަހަލަ ކަންތައް ކުރަން ޖެހޭތަ..މަންމަ އަށް ފެނުން ނަމަ އޯ މަ މިތަނަށް ވަންނަނިކޮށް.."މީޝާ ހިތްހަމަ ނުޖެހުނެވެ. "މަންމަ ގޮއްސި ފުރަން މިތާ ކައިރި ރަށަކަށް ދާންށޯ ކިޔާފަ..މީޝް ކައިރީ ބުނާށޭ ބުނީ ކުއްލިއަކަށް ދާން ޖެހިގެންނޭ މިދަނީ މާދަމާ ހަވީރު އޯ އާދެވޭނީ.." އާދިލް މީޝާ އާއި ކައިރިވަމުން ބުނެލިއެވެ. މީޝާ ފަހަތަށް ޖެހެމުން ގޮސް ފާރުގައި ޖެހުނެވެ. އާދިލް އައިސް މީޝާގެ ދެއަތުގައި ހިފާ ބާރުކޮށްލިއެވެ. " ދެން މިއަދު ނުދޭބަލަ މީޝް..މީހަކުވެސް ނެތޭ.."އާދިލް މީޝާގެ ބޮލުގައި ޖަހާފައި އިން ހުޅި ނައްޓާލަމުން ބުނެލިއެވެ. މީޝާ ވެސް އާދިލްއާއި ދުރަށް ދާކަށް ބޭނުމެއް ނޫނެވެ. އޭނާ އާދިލް ގެ ގައިގައި ބައްދާލިއެވެ. އަދި މަޑު މަޑުން އާދިލްގެ ތުންފަތުގައި ބޮސްދިނެވެ. އެވަގުތު ކޮޅު އުމުރަށް ދެމިގެން ދާނަނަމައޭ އާދިލްގެ ހިތަށް އެރިއެވެ. އޭނާވެސް މީޝާގެ ގައިގައި ބައްދާލައިގެން ހުރެ ވަގުތުކޮޅުގެ އަރާމު ލިބިގަތެވެ. މީޝާ އާދިލްގެ ގަމީހުގެ ގޮއްތަށް ނައްޓާލިއެވެ. އެއާއެކު އާދިލް ގަމީސް ބާލާ ދުރަށް އެއްލާލިއެވެ. އަދި މީޝާގެ އުނަގަނޑުގައި ހިފާ އޭނާ އާއި އިތުރަށް ކައިރިކޮށްލިއެވެ.
"އަޒޫ ކިޔާބަލަ ދެން ބަލާނެ ފިލްމެއް.."ޓީވީ އަޅުވައިގެން ބަލާނެ ފިލްމެއް ނޭނގިގެން މާއިޝް އަޒްކާ ކައިރިން އަހާލިއެވެ. "ބިރުވެރި އެއްޗެއް އަޅުވަބަ އިނގްލިޝް އެއްޗެއް.." އަޒްކާ ބުނެލިއެވެ. އަޒްކާ މިހާރު އެހެން ކިޔާތާވެސް ކިތަންމެ އިރެކެވެ. ނަމަވެސް އަޅުވާނެ އެއްޗެއް މާއިޝް އަކަށް ނޭނގުނެވެ. "ނުވާނެ ދެން މަށަކަށް..އަޒޫ އަށް ކަމުދާ އެއްޗެއް އަޅުވާ..މަ ނިދަނީ މި ދެން.." އެހެން ކިޔާ ރިމޯޓު އަޒްކާ އަތަށް ދިނުމަށްފަހު މާއިޝް އެނދުގައި އޮއްތާލިއެވެ.
މާއިޝް އަށް ހޭލެވުން އިރު ސޯފާގައި ނިދާފައި އިން އަޒްކާ ފެނުނެވެ. އޭނާ ކުޑަދޮރުން ބޭރުބަލާލީ އަދިވެސް ވާރޭ ވެހޭތޯ ބަލާލުމަށްޓަކައެވެ. އޭރުވެސް ބޯކޮށް ވިއްސާރަ ވެހެމުން ދިޔައެވެ. އެހެން ކަމުން އަޒްކާ އަށް ގޮވަން ނުހަދާ އޭނާ ގޮސް ފާހަނާއަށް ވަނެވެ.
"މީޝް ތެންކިއު.." އާދިލް މީޝާގެ ގައިގައި ބައްދާލައިގެން އޮވެ މަޑު މަޑުން ވާހަކަ ދެއްކިއެވެ. "މެންދުރު ނިކުން އިރުވެސް ހައިއްޓޭ ނެތް ފެންނާކަށް..އޭނަ ކޮބާ..ކައިގެންތަ ހުރީ.." މީޝާ ހައިކަލް މަތިން ހަނދާންވެގެން ބުނެލިއެވެ. "ނޭނގެ މަ މިއަދު ބޭރަށް ނުދާކަން މީޝް އަށް އިނގޭނެ.." އާދިލް ފަރުވާ ކުޑަ ގޮތަކަށް އެހެން ބުނުމުން މީޝާ ހައިރާންވިއެވެ. "މަ މިދަނީ ހައިއްޓޭ ކޮބާތޯ ބަލާލަން..އާދިލް ވެސް ހިނގާ ބޭރަށް ދެން.."މީޝާ ތެދުވެ ގަޔަށް ޓީޝާޓު ލަމުން ވާހަކަ ދެއްކިއެވެ. " މީޝް އާދޭ ބަލާލާފަ..މިރޭ މި ރޫމްގަ އޭނުން މީޝް ނިދާނީ.." އާދިލް ގެ ވާހަކަތަކުން މީޝާ ހިތްހަމަނުޖެހުނެވެ. ނަމަވެސް އިތުރަށް އެއްޗެއް ނުބުނެ އޭނާ ނިކުމެގެން ދިޔައީއެވެ.
"ހައިއްޓޭ..." ހައިކަލް އުޅޭ ކޮޓަރި ދޮރުގައި ޓަކިޖަހާލުމަށްފަހު މީޝާ ހައިކަލް އަށް ގޮވާލިއެވެ. ދެފަހަރަކު ޓަކި ޖަހާލުމުން ހައިކަލް ދޮރުހުޅުވާލިއެވެ. "ކައިފިންތަ..ނުވެސް ފެނޭ މިއަދު.." މީޝާ އަހާލިއެވެ. " މަ ނިކުން އިރު ނެތް އެކަކުވެސް ފެންނާކަށް އާދިލް އަށްވެސް މެސެޖު ކޮށްލިން..އެކަމް ހަބަރެއް ނުވޭ..މީޝްވެސް ފެންނަން ނެތީމަ މަ ހީކުރީ ނިދާފަ ކަމަށް.." ހައިކަލް ބުންޏެވެ. " ހިނގާ ކާން..މަވެސް އަދި ނުކައި މިހިރީ.." މީޝާ އެހެން ބުނުމަށްފަހު ކާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ފަހަތުން ހައިކަލް ވެސް ދިޔައެވެ.
"އާދޭ..މަ މި އަންނަނީ އާދިލް ގޮވައިގެން..މަންމަ ވެސް ރަށަކު ނެތޭ..އެހެންވެ މަވެސް މާ ކޮޓަރި ވެގެން މި އޮންނަނީ މިއަދު.." ކާތަށި ތަށް ނެގުމަށްފަހު މީޝާ މިސްރާބުޖެހީ އާދިލްގެ ކޮޓަރިއަށެވެ.މީޝާ އަށް ކޮޓަރިއަށް ވަދެވުނުއިރުވެސް ގަޔަށް އެއްޗެއް ނުލާ އެއޮތް ގޮތަށް އާދިލް އޮތެވެ. " ކޮޓަރި ތަޅުވެސް ނުލާ ތިފާޑަށް ތިއޮންނަނީ..ހިނގާ ކާން ދާން..ހައިކަލްވެސް އެބައިން ކާން.." މީޝާ އާދިލް ގެ އަމަލުތަށް ހުރިގޮތުން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.
"އާދޭ..މަ މި އަންނަނީ އާދިލް ގޮވައިގެން..މަންމަ ވެސް ރަށަކު ނެތޭ..އެހެންވެ މަވެސް މާ ކޮޓަރި ވެގެން މި އޮންނަނީ މިއަދު.." ކާތަށި ތަށް ނެގުމަށްފަހު މީޝާ މިސްރާބުޖެހީ އާދިލްގެ ކޮޓަރިއަށެވެ.މީޝާ އަށް ކޮޓަރިއަށް ވަދެވުނުއިރުވެސް ގަޔަށް އެއްޗެއް ނުލާ އެއޮތް ގޮތަށް އާދިލް އޮތެވެ. " ކޮޓަރި ތަޅުވެސް ނުލާ ތިފާޑަށް ތިއޮންނަނީ..ހިނގާ ކާން ދާން..ހައިކަލްވެސް އެބައިން ކާން.." މީޝާ އާދިލް ގެ އަމަލުތަށް ހުރިގޮތުން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. "މަ ނެތް ކާހިތެއް..މީޝް ކައިގެން އާދެބަ އަދި.." އާދިލް ދާކަށް ހިޔާލެއް ނުކުރިއެވެ. "ދެން މަށެއް ނާންނާނަން..މިހާރު ބުނެފިން ދޯ އާދިލް ކައިރީ ތިފާޑަށް ނޫޅޭށޭ..މަގޭ މައްސަލައޭ މީ..އާދިލް ބޭނުންވާ ކަންތަށް ކޮށްދެވުނީމަ ވީގޮތް މީ.." މީޝާ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެހެންކަމުން އާދިލް އަށް މަޖުބޫރުވީ މީޝާ ހިތްހަމަ ޖައްސާދިނުމަށްޓަކައި ތެދުވެގެން ބޭރަށް ދާށެވެ. "އޭ އޭ..ހާދަ ވަރެކޭ ދޯ..މަ މިއަންނަނީ ފާހަނާ އަށް ވަދެލާފަ.." އެހެން ބުނުމަށްފަހު އެނދުން ތެދުވެ އުނގަނޑުގައި ތުވާލި އޮޅާލައިގެން އާދިލް ފާހަނާ އަށް ވަނެވެ. މީޝާވެސް ނިކުމެގެން ކާކޮޓަރިއަށް ދާން ހިނގައިގަތެވެ.
"އެބަ އާދޭ.." ކާމޭޒު ކައިރީ ފޯން އާއި ކުޅެން އިން ހައިކަލް ފެނުމުން މީޝާ އެހެން ބުނުމަށްފަހު ހައިކަލް އާއި ޖެހިގެން ހުރި ގޮނޑީގައި އިއްތާލިއެވެ. މީޝާ އިން ގޮތުން ކޮންމެސް ކަމެއް ވެއްޖެކަން ހައިކަލް އަށް އިނގުނެވެ. ނަމަވެސް އާދިލް އާއި ދެމީހުން ދޭތެރޭ ޖެހޭ މައްސަލައިގެ ތެރެއަށް އޭނާ ވަންނާކަށް ބޭނުމެއްނޫނެވެ. " އަޒޫ މެން ވަރަށް މިސް ދޯ..ފަހުން ނުވެސް ގުޅާ.." ހައކަލް ބުނެލިއެވެ. "ދެން ހަނީމޫނަށް ގޮސްގެން އުޅޭއިރު ނުގުޅާނެއެއްނުން..އެކުދިން އެކަނި ވަގުތު ހޭދަކުރަން ވިއްޔާ ބޭނުންވާނީ.." މީޝާ ލާނެއްފާޑަކަށް އެހެން ބުނުމުން ހައިކަލް ހޭންފެށިއެވެ. " ދެން މީޝް މެންގެ ކައިވެނި ދޯ އޮތީ..ކޮން ޑޭޓެއް ތިކިޔަނީ.." ހައިކަލް އަހާލިއެވެ. "ނުކިޔަން އަދި ޑޭޓެއް..އެކަމް މަ މިހާރު ބޭނުން ވީހާވެސް އަވަހަކަށް މެރީ ކުރަން..މިހެން އުޅެނިކޮށް ކަމެއް ކުރެވިދާނެތީ ވަރަށް ޖެހިލުންވޭ އަސްލު.." މީޝާ އަށް އެހެން ބުނެވުނު އިރު އާދިލް ވެސް އައިސް ކާކޮޓަރިއަށް ވަންނަނީއެވެ. "އެހެންޔާ ހިނގާ އަވަހަށް އިންނަން..މަ މިހާރުވެސް ރެޑީ.." އާދިލް ބުނެލިއެވެ. އެއަޑަށް ހައިކަލް އާއި މީޝާ އަށް އެކު އެކީ އެދިމާލަށް ބަލާލެވުނެވެ. " މީހަކާ އިނދެވޭނީ ވަރަށް ހިތްވަރު ހުރެގެން ބުރޯ..މިހާރު އެއޮއް އިރު އޮއްސެނީ އަދިކިރިޔާ ކައެ އަށް އިރު ތިއެރީ.." ހައިކަލް ރައްދުދިނެވެ. "އެތެދެއްތަ މީޝް..މަ އަދިކިރިޔާތަ ހޭލީ..މީޝް މަ ކައިރީ އޮތް މީހަކަށް އިނގޭނެއެއްނުން މަ ހޭލާކަން އޮތީ.." އާދިލް އެހެން ބުނުމުން މީޝާ އަށް ޝޮކެއް ލިބުނެވެ. ހައިކަލް ގެ ކުރިމަތީގައި މީޝާގެ އެ ސިއްރު އާދިލް ކިޔަންވީ ކީއްވެހެއްޔެވެ. "ކީކޭ ތިބުނީ.." މީޝާ އަށް އަހާލެވުނެވެ. "އެމަޖާ..މަ ހަމަ މީޝް ތަޅުވާލަންވެގެން..ބަލާބަލަ ހައިއްޓޭގެ މޫނަށް އަދި..އޭނަ އަށް ވީގޮތުން ހީވީ އޭނަގެ ބިޓުގޮވއިގެން އޮތް ވާހަކަހެން މަށަށް ބުނެވުނީ.." އާދިލް ފާޑަކަށް ބުނެލިއެވެ. އެކަކުވެސް އިތުރަކަށް އެއްޗެއް ނުކިޔައެވެ. މީޝާވެސް އަވަސް އަވަސް ކޮށްލައިގެން ކޮޓަރިއަށް ދިޔައެވެ.
"ކައެ އެކަހަލަ އެއްޗެހި ކިޔަން ވާނެތަ..މީޝް ނުވެސް ކުރާކަމެއްގެ ވާހަކަ ތިހެން ކީމަ އޭނަ ކިހާ ކަޑަވާނެތަ.." މީޝާ ދިޔުމުން ހައިކަލް އާދިލް އާއި ވާހަކަ ދެއްކިއެވެ. "ނުކުރާ ކަމެކޭ..މިއަދު އެއްކޮން މީޝް މަ ކައިރީ އޭ އޮތީ..ދެން އެހެންނޫނަސް ކައެ އަށް މަގޭ ހުރިހާ ކަމެއް އިނގޭނެ ދޯ..ކައެ ކައިރީ ބުނެގެން ކޮބާ މައްސަލައަކީ.." އާދިލް ފަރުވާ ކުޑަ ގޮތަކަށް ބުންޏެވެ. ހައިކަލް އިތުރަކަށް އެއްޗެއް ނުބުންޏެވެ. އާދިލް ގެ ހުންނަ ގޮތް ގަނޑު އެއްމެ ރަނގަޅަށް އިނގޭނީ ހަމަ ހައިކަލް އަށެވެ.
"ހިނގާ ބޭރަށް ޖައްސާލަން..ސައިކު އިންނާނެ އެއްނުން.. " ބޭރަށް ނިކުންނަން ދިޔަ ހައިކަލް އަށް ގޮވާލުމަށްފަހު އާދިލް ބުންޏެވެ. " ހަމަ ދާންވީ..އެކަމް މީޝް އެކަނި ވާނެ އެއްނުން އޭރަށް..މަ އެބަ ބުނަން ލާރު ކައިރީ މިގެއަށް އަންނަން..އޭރުން ދާނީ ދޯ.." ހައިކަލް އެހެން ބުނުމުން ފާޑަކަށް ބަލަހައްޓައިގެން އާދިލް ހުއްޓެވެ. " ލާރު އޭ..އެހެންވީމަ ކައެ އެމަންޖެ ކަންތައް ޖެއްސީދޯ މިހާރު..އަންގާވެސް ނުލާ..ރަނގަޅު ކައެ ދެން.." އާދިލް ބުންޏެވެ. "އަދި ރޭގަ ރައްޓެހިވީ..ނުބުނެވިފައެއް ނެތޭނުން އެހެންވީމަ..އެކަމް މާއިޝްމެން އައީމަ މެރީކުރަން މިއުޅެނީ..ލާރު ބޭނުންވަނީ އަވަހަށް މެރީ ކުރަން..މަދެން މިވިސްނަނީ މިކޮޅުން ޖޮބްއަކަށް ދާން.." ހައިކަލް އޭނާގެ ވިސްނުން ހުރިގޮތް އާދިލް އާއި ހިއްސާކުރިއެވެ. "އިންނަންށޭ..ކައެ ހަމަ ސީރިއަސްތަ އެމަންޖެ އާ.." އާދިލް ބުންޏެވެ. " އާނ ކިހިނެއްވީ..މަ އޭނަ ދެކެ ވަރަށް ލޯބިވޭ.." ހައިކަލް ބުންޏެވެ. "އެހެންޔާ ރަނގަޅު އަވަހަށް އިންނަން ވީ ހަމަ..މަވެސް މި ވިސްނަނީ އަވަހަށް ނިންމާލަން..ކައެ ކުރާ އިރުން އެހެންވީމަ މަވެސް ކުރާނީ..ދެން ރަށަށް ދިޔަޔަސް ވާނެ ކަމެއް ވަކި ނޯންނާނެ އެއްނުން...މަވެސް ވަރަށް ދުވަސް ވެއްޖެ މިކޮޅުން ޖޮބަކަށް ލާން ވިސްނާތާ.." އާދިލްވެސް އޭނާގެ ވިސްނުން ހުރިގޮތް ހިއްސާކުރިއެވެ. "އެހެންވީމަ މާއިޝް މެން އަންނަން ވާއިރަށް ރެޑީ ވަމާ ދޯ.." އާދިލް އަނެއްކާވެސް ބުނެލިއެވެ. ހައިކަލް ވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
"ލާރު އާދެބަ މިގެއަށް..އަހަރުން ބޭރަށް ޖައްސާލަން.. މީޝް އެކަނި ގޭގަ ހުރީމަ.." ހައިކަލް ވާހަކަ ދެއްކީ ފޯނަށެވެ. "ލާރު އެބަ އާދޭ..އޭނަ އައީމަ ދޯ ދާނީ.." ހައިކަލް ބުންޏެވެ. އާދިލްވެސް ބޯޖަހާލީ އެގޮތަށް އެއްބަސްވުމުގެ ގޮތުންނެވެ.
މާގިނަ އިރުތަކެއް ނުވެ ލާރާ އައެވެ. "މީޝް ވެއްޖެ ރޫމްގަ..ބުނޭ އަހަރުން ބޭރަށޭ ދިޔައީ އިނގޭ.." ހައިކަލް އެހެން ބުނުމަށްފަހު އާދިލް އާއި އެކު ބޭރަށް ނިކުތެވެ. އާދިލް މަސައްކަތް ކުރަމުން ދިޔައީ މީޝާ އަށް ގުޅޭތޯއެވެ. ނަމަވެސް ހަމަ ފޯން ރިންގް ވާއިރަށް މީޝާ ބިޒީ ކޮށްލައެވެ. " ޕިސްސް..މީޝް ވެސް ދޯ.." އާދިލް އަމިއްލައަށް ވާހަކަ ދެއްކިއެވެ. "ކީކޭ.." ހައިކަލް އަށް އާދިލް އެއްޗެއް ބުނިހެން ހީވެގެން އަހާލިއެވެ. " މީޝް ފޯނެއް ނުނަގައޭ..ހަމަ ބިޒީ ކޮށްލަނީ.." އާދިލް ބުންޏެވެ. "ދެން އައިއްސަ ބަލާނީ ވާހަކަ ދެއްކޭތޯ..ލާރު ހުއްޓަ ވެޑިން ކަންތަކާވެސް ވާނެ ވާހަކަ ދައްކާލަން ގެއަށް އައިއްސަ.." ހައިކަލް އެހެން ބުނުމަށްފަހު ސައިކަލް ސްޓާޓު ކޮށްލިއެވެ.
"މާއިޝް ކީއްވެތަ ނުގޮވީ ދެން ހޭލާފަ..މަ ހޭލަންދެން ނުކައި ތިހެން އިނދެވޭތަ.." ރީތިވާ ލޯގަނޑު ކުރިމަތީ ހުރެގެން އަޒްކާ ކުސް ތަޅަމުން ދިޔައީ މާއިޝް އޭނާ އަށް ނުގޮވުމުންނެވެ. ނަމަވެސް މީހަކު އެއްޗެކޭ ކިޔާކަންވެސް ނޭނގި މާއިޝް އިނީ ކަނފަތަށް ހެޑްސެޓް ޖަހާލައިގެންނެވެ. "ބަލަ މާއިޝްޝް..މަ ދެން މިތާ ހުރި ފާރާ ތަ މިވާހަކަ ދައްކަނީ.." މާއިޝް ގެ ފަރާތުން ޖަވާބެއް ނުލިބުމުން އަޒްކާ އަނެއްކާވެސް ބުނެލިއެވެ.
މާއިޝް އެއްޗެއް ނުކިޔާ އިންނަން ފެށުމުން އަޒްކާ އަށް އުނދަގޫވާންފެށިއެވެ. އެއްމެފަހުން ރީތިވާ މޭޒުމަތީ ފުނާ ބޭއްވުމަށްފަހު މާއިޝް އިން ސޯފާ ކައިރީގައި ގޮސް ހުއްޓެލިއެވެ. "މާއިޝްޝް.." މާއިޝް ގެ ކަންފަތަށް ޖަހާފައި އިން ހެޑްސެޓްގެ އެއްފަޅިއަށް ދަމާލަމުން އަޒްކާ ބުންޏެވެ. "ކިހިނެއް ވީ.." ކުއްލިއަކަށް އަޒްކާ ފެނުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. "ކިހިނެއްވީހޯ..ކޮންއިރެއްތަ މަ ވާހަކަ ދައްކާތާ މިހާރު..އަންހެނުން ވާހަކަ ދައްކާއިރުވެސް ތި އިންނަނީ އަނގައިން ބަހެއް ނުކިޔާ ފޯނަށް ގެއްލިފަ..އެކަމްވެސް ބުނާނެ ލޯބި....." ޖުމްލަ ފުރިހަމަ ނުވަނީސް އަޒްކާ ހުއްޓާލިއެވެ. އޭރުވެސް ކަޅިޖަހާނުލާ މާއިޝް އޭނާ އާއި ދިމާލަށް ބަލަމުން ދިޔައެވެ. " ލޯބި ކޯއްޗެކޭ..ކީއްވެ ހުއްޓާލީ ތި..މަ ކީކޭ ބުނަނީ އޭ.." މާއިޝް އަޒްކާ ގެ ޖުމްލަ ފުރިހަމަ ކުރުވަން ކިޔަން ފެސިއެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ އަޒްކާ ދާން ހިނގައިގަތެވެ.
ކުރިޔަށް އެޅި ފިޔަވަޅު ހުއްޓުނީ މާއިޝް އޭނާގެ އަތުގައި ހިފާ ސޯފާ އާއި ދިމާލަށް ދަމައިގަތުމުންނެވެ. އެކަމަށް ނުވިސްނާ ހުރި އަޒްކާ ގޮސް ޖެހުނީ މާއިޝް ގެ ގައިގައެވެ. "ހޫމްމްމް..މިއަދު ދެން ދެވޭނީ ޖުމްލަ ފުރިހަމަ ކުރީމަ..އެހެންނޫނީ ހަމަ .." މާއިޝް އެހެން ބުނުމަށްފަހު އަޒްކާ އާއި އިތުރަށް ކައިރިވެލިއެވެ. " މާއިޝްޝް..ދެން ދޫކޮށްލަގަ.." އަޒްކާ ގެ އަޑު ނިކުތީ މަޑުމަޑުންނެވެ. އޭނާގެ ހިތް އަވަސް ވަމުން ދިޔައެވެ. މާއިޝް އާއި ކައިރި ވާން ކިތަންމެ ބޭނުން ވީނަމަވެސް އޭނާ ގެ ނަފްސަކަށް އެ ހިތްވަރެއް ނުލިބެއެވެ. އޭނާވެސް ބޭނުންވަނީ އުމުރަށް އެއަތުގެ ތެރޭގައި އޮންނާށެވެ. މާއިޝް ގެ އެ ލޯބި ފިރުމުންތަކުން އޭނާގެ ހިތަށް ހިތްހަމަ ޖެހުން ލިބެއެވެ. ނަމަވެސް މާއިޝް އާއި ކައިރިވާކަށް ނުކެރެއެވެ. މާއިޝް ގެ އެފަދަ ކޮންމެ ހަރަކާތަކުންވެސް އޭނާ އަށް އޭނާގެ އެ ހިތި މާޒީގެ ސަފުހާތަށް ސިފަވެގެންދެއެވެ.
މާއިޝް ގެ ހޫނު ނޭވާތަށް އެއްވެސް ހުރަހެއް ނެތި އަޒްކާގެ މޫނަށް އެޅެމުންދިޔައެވެ. ބޭއިޙްތިޔާރުގައި އަޒްކާ އަށް އަނެއް ފަރާތަށް އެނބުރެވުނެވެ. މާއިޝް މަޑު މަޑުން އަޒްކާ ގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ. އަދި އޭނާ ގެ ކަނދުރާގައި ބޮސްދިނެވެ. އަޒްކާ އަށް ހީވީ މީހަކު އޭނާގެ ގައިގައި ކަރަންޓު ޖެއްސިހެންނެވެ. އޭނާ އަށް މާއިޝްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. ވަމުން ދިޔަ އުނދަގޫތަކާއި ކުރިމަތިލާން އޭނާ ހިތްވަރު ކުރަމުންދިޔައެވެ. މާއިޝް އަޒްކާގެ އަތުގައި ހިފާލީ އަޒްކާއަށް ވާނެއޭ ބުނާ ފަދައިންނެވެ.
އެވަގުތު ވާރޭ ބޯކޮށްލިއެވެ. ކުއްލިއަކަށް އިވުނު ބާރު ގުގުރީގެ އަޑުން ސިއްސައިގެން ގޮސް އަޒްކާއަށް މާއިޝްގެ ގައިގައި ބައްދާލެވުނެވެ. އަޒްކާގެ ހަށިގަނޑުގައި ހުރި މަޑު ތުރު ތުރުލުން މާއިޝް އަށް ފާހަގަވިއެވެ. އޭނާ އަޒްކާގެ ގައިގައި އޭނާގެ އަތް ވަށާލާ ބާރުކޮށްލިއެވެ. އެ ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި މާއިޝް އާއި އަޒްކާގެ ދިރިއުޅުމުގެ ސަފްހާ އިތުރު ހަރުފަތަކަށް ދަތުރުކުރިއެވެ. ބޯ ރަޖާ ގަނޑުގެ ދަށުގައި އޮތް އަޒްކާގެ ގައިގައި ބައްދާލައިގެން މާއިޝް އޮތެވެ. އަޒްކާވެސް އެއްވެސް ބިރެއްނެތި މާއިޝްގެ ކައިރީ އޮތެވެ. މާއިޝް ގެ ލޮއެއްބާއި އަޅާލުމުން އޭނާގެ ބިރު މުޅިން ކެނޑިއްޖެއެވެ. "އަޒޫ..ނިދިފަ ތަ.." މާއިޝް އަޒްކާގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. "ނޫންން.." ލަދުވެތި ރާގަކަށް އަޒްކާ ބުންޏެވެ. "ހިނގާ ދެން އެއްޗެއް ކާން އުޅެން.. "އަޒްކާ ލަދުގައިންފާ ހުރިކަން އިނގުމުން މާއިޝް ބޭނުންވީ ވާހަކަ ބަދަލުކޮށްލާށެވެ. "އަދި އިރުކޮޅަކުން..މަ ބޭނުމީ އެހަށް މިހެން އޮވެލަން..އެކަމް...." އަޒްކާ ބުންޏެވެ. "އެކަމް ކިހިނެއް ވީ.." "މާއިޝް އަށް އޯކޭ އިއްޔާ އިނގޭ.."އަޒްކާ ލަދުން ހުރެވެސް އޭނާ ބޭނުންވާގޮތް މާއިޝް އާއި ހިތްސާކުރިއެވެ. " އޮފްކޯސް މަ އޯކޭ ވާނެ އެއްނުން..މިހެން ބޭބީ ކައިރީ ކިތަންމެ އިރަކު އޮންނަން ޖެހުނަސް މަ ނުކުރާނަން ޝަކުވާއެއް.." މާއިޝް އަޒްކާ ގެ ނިތްކުރީގައި ބޮސްދެމުން ބުންޏެވެ.
- ނުނިމޭ
ކޮބާ 11 ވަނަ ޕާޓު އަވަސް ކޮށްލާ
ވ.ރީތި ވާހަކައެއް