ގދ. ފަރެސްމާތޮޑާގައި ހެދި ހެރަހަގަ ޕާކު ހުޅުވައިފިއެވެ.
އާންމުންނަށް ހުޅުވާލާފައިވާ އެ ޕާކުގައި އާންމު އެއްވުންތަކާއި އިވެންޓްތައް ބޭއްވުމަށް ރައްޔިތުންނަށް ބޭނުންކުރެވިދާނެ ފަދަ ތަނަކަށް އެ ޕާކުވެގެންދާނެއެވެ.
އެ ޕާކު ހުޅުވައި ދިނީ އިންޑިޔާއިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މުނު މަހާވަރު އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ. ޕާކު ހުޅުވާ އާންމުންގެ ބައިވެރިވުމާ އެކު ފޯރިގަދަ ކުޅިވަރުގެ މުބާރާތްތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގޮސްފައެވެ.
އެ ޕާކަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 45 މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ މައްޗަށް ބިނާވެފައިވާ އެ މަޝްރޫއުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއި ދެމެހެއްޓެނިވި ތަރައްގީއާއު ތައުލީމީ ދާއިރާ އަދި މަސްވެރިކަމާއި ސިއްހީ ދާއިރާއާއި ކުޅިވަރާއި ޒުވާނުންގެ ތަރައްގީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާވެސް ހިމެނެއެވެ.