އަޟްހާ އީދު ދުވަހާއި މިނިވަން ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގެ ހިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.

އައިޖީއެމްއެޗްއިން ބުނީ އީދާއި އަދި މިނިވަން ދުވަހާއި ގުޅުވައިގެން އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތަައް ފިޔަވައި ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.

އެގޮތުން އީދު ދުވަހާ ގުޅިގެން މި މަހުގެ 9، 10، 12، 13، ވަނަ ދުވަސް ބަންދުވާނެ ކަމަށާއި މިނިވަން ދުވަހާ ގުޅިގެން މި މަހުގެ 26، 27 ވަނަ ދުވަސް ބަންދުވާނެ ކަމަށެވެ.

އެހެންނަމަވެސް މި މަހުގެ 11 އަދި 14 ގައި އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ކުރިޔަށްދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ ކުރިއަށްއޮތް ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ހިދުމަތްތައް މެދުކެނޑިގެން ދިޔަ ނަމަވެސް ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށެވެ.