ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައަކާ ގުޅިގެން މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޓީޗަރަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފިއެވެ.

އިންޓަޕޯލްއިން ނެރުނު ރެޑް ނޯޓިސްގައި ބުނެފައިވަނީ އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ އޮމަނަކުޓަން ކަރޫނާކަރަކުރޫޕު ނަމަކަށް ކިޔާ ކުރީގެ ހިސާބު ޓީޗަރަކު ހޯދަމުން އަންނަ ކަމަށެވެ.

އެ މީހާ ހޯދަމުން އަންނަނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ. ރެޑް ނޯޓިސްގައި ބުނެފައިވަނީ މިދިޔަ 2020 ވަނަ އަހަރުން ފެށިގެން 14 އަހަރުގެ ދަރިވަރަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން އޭނާ ހޯދަމުން އަންނަ ކަމަށެވެ.

އެ ނޯޓިސްގައި އިތުރަށް ބުނެފައިވަނީ އޭނާ ފިލައިގެން ގޮސްފައިވަނީ އެ މައްސަލަ ދިވެހި ފުލުހުން ތަހުގީގުކުރަމުން ދަނިކޮށް ކަމަށެވެ. އެހެންނަމަވެސް އޭނާ ފުރައިގެން ގޮސްފައިވަނީ ވަކި ކޮންއިރަކު ކަމެއް އެ ނޯޓިސްއަކު ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދިފަހުންވެސް އޭނާ ވަނީ މަޖީދިއްޔާ ސްކޫލުގައި ހިސާބު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.