އުރީދޫ ފައިބާ ބްރޯޑްބޭންޑް ސުޕަނެޓް ހިދުމަތް ބޭނުންކުރާ މާލެ އާއި ހުޅުމާލޭގެ ކަސްޓަމަރުންނަށް މީޑިއާނެޓް އެމްއެސް ލައިޓް އެޕް ހިލޭ ބޭނުން ކުރެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެމްއެސް ލައިޓަކީ މީޑިއާ ނެޓްގެ އެމްއެސްޓީވީގެ ލައިޓް ވާޝަންއެކެވެ. މިއީ އެންޑްރޮއިޑް އެޗްޑީ، އެލްޖީ، ސެމްސަންގް ސްމާޓް ޓީވީ އަދި ގޫގުލް ކްރޯމްކާސްޓް އަށް އޮޕްޓިމައިޒް ކޮށްފައިވާ ޓީވީ އެކެވެ. އެއީ އެ ފަރާތެއްގެ އެޕްލިކޭޝަން ސްޓޯރުން ޑައުންލޯޑް ކުރުމަސް ފަހު ކިއުއާރް ކޯޑް ސްކޭންކޮށްލުމާ އެކު ބޭނުން ކުރެވޭނެ އެޕްލިކޭޝަން އެކެވެ.
އެމްއެސް ލައިޓްގައި 80 ލައިވް ޗެނަލް އާއި ފުޅާ ވީއޯޑީ ލައިބްރަރީއެއްގެ އިތުރުން އަނދިރިކަން، ގާލްފްރެންޑްސް އަދި ގިރިދާ ފަދަ އެކްސްކްލޫސިވް މީޑިއާނެޓްގެ އޮރިޖިނަލް ސީރީސް އަދި ފިލްމްތައް ހިމެނެއެވެ.
އުރީދޫން ބުނީ، މިހަރު އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން ހުޅުމާލެއާއި މާލޭގައި ތިބި އުރީދޫ ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް މީޑިއާނެޓް އެމްއެސް ލައިޓް އެޕްލިކޭޝަން 30 ދުވަހުގެ މުއްދަތަކަށް މުޅިން ހިލޭ ބޭނުން ކުރެވޭނެ ކަމަށެވެ. މިހަރު ތިބި ކަސްޓަމަރުންގެ އިތުރުން މާލެ އާއި ހުޅުމާލެއިން އުރީދޫ ބްރޯޑްބޭންޑް ހިދުމަތް އަލަށް ހޯދާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު އޮންނާނެ ކަމަށް އުރީދޫން ބުނެއެވެ.
މި ހިދުމަތް ހޯދާ ނަމަ އެމްއެސް ލައިޓް އެޕްލިކޭޝަން ޓީވީން ޑައުންލޯޑް ކުރުމަށްފަހު ކިއުއާރް ކޯޑް ސްކޭން ކޮށްލާށެވެ. އެއާއެކު މި ހިދުމަތް 30 ދުވަހު ހިލޭ ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ ބްރޯޑްބޭން ޑް ކަސްޓަމަރުންނަށް މި ބޮޑު ޗުިއްޓިތެރެއ ދިމާކޮށް މުނިފޫހިފިލުވުމަށްޓަކައި އެމްއެސްލައިޓް ބޭނުން ކުރެވޭނެ ޕްރޮމޯޝަނެއް ފަށާފައިވާ އިރު، އެއީ ބޮޑެތި ޑޭޓާ އެލަވަންސްތަކާ އެކު ހައި ސްޕީޑް އިންޓނެތް ލިބޭ ހިދުމަތެކެވެ. ހަމައެއާއެކު އުރީދޫ ބްރޯޑް ބޭންޑަކީ ޑޭޓާ ރޯލްއޯވާ ހިދުމަތާ އެކު ކްލަބް ބެޑްކޮށް، މިއަދު މާކެޓުގައި އެންމެ ފުރިހަމަ ބްރޯޑްބޭންޑް ޕްލޭންތައް ވެސް ހިމެނޭ ހިދުމަތެވެ.