ބީއެމްއެލް ފެހި ޕްރޮޖެކްޓް ދަށުން ރަށަށް ބޭނުންވާ ގަސް ހިލޭ ހޯދުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމަށް އެހީވުމަށް ބީއެމްްއެލްއިން ތައާރަފްކުރި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

އެ ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.

ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވައި ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:59 ކަމަށެވެ.