ކާރަކާއި ބަހަކާ ޖެހި މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ 6:08 ހާއިރު ކަަމަށެވެ. އެކުވެނި ޓްރެކް ކައިރިން ބޮޑުތަކުރުފާނު މަގުގައި ހިނގި މި އެކްސިޑެންޓްގައި ވަނީ 4 މީހަކަށް އަނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންތް ހިނގި ސަރަހައްދަށް މީހުން އެއްވެފައި

މި އެކްސިޑެންޓްގައި އނަިޔާވި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މި އެކްސިޑެންޓްގެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓަގައި އެމްޓީސީސީ ބަހުގައި ޖެހިފައި ވަނީ ރަތް ކާރެކެވެ. ބަހުގެ ކުރީ ކޮޅުގެ ބިއްލޫރުގަނޑު ވަރަށް ބޮޑަށް ތަޅައިގެންގޮސްފައިވާ އިރު ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.