ހއ. ހޯރަފުށީ އެތެރޭ މަގު ހެދުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި) ގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ސަބްބޭސް ހެދުމާއ،ި އޭބީސީ ފަށަލަ އެޅުމާއ،ި ތާރު އެޅުމާއ،ި މަގުގެ ދުވާރުގެ މަސައްކަތާއ،ި ގްރީންއޭރިއާގެ މަސައްކަތާއ،ި ކޭބަލް ޖަންކްޝަން އަދި ސާވިސް ލައިން ވަޅުލުމާއ،ި މަގު ބައްތި ހަރުކުރުމާއ،ި މަގުމަތީ ނިޝާންހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ 30.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހޯރަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށް ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް 2022 ވަނަ އަހަރު ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި އެ ރަށުގެ 11 މަގެއްގެ 5.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް، 25،،909 މީޓަރުގެ ސަރަހައްދެއް ލެވަލްކޮށް ތާރު އަޅާފައި ވެއެވެ.
މީގެ އިތުރުން 11،114 އަކަ މީޓަރު ސަރަހައްދެއްގައި ދުވާރު ހަދާ، ފެންހިންދާ ނިޒާމެއް ގާއިމުކޮށް، މަގު ބައްތި އަދި މަގުމަތީ ނިޝާން ވަނީ ހަރުކޮށްފައެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 71.90 މިލިއަން ރުފިޔާއެވެ.
ހޯރަފުށީގެ މަގުތަކުގައި އަޑިގުޑަން ހެދިފައި ހުރުމުގެ ސަބަބުން، ހިނގާ މީހުންނާއި އެއްގަމު އުޅަނދުފަހަރަށް އެތައް ދަތިތަކާއި ގެއްލުމާ ކުރިމަތިލާންޖެހުމަކީ މީގެ ކުރިން ރައްޔިތުން ކުރަމުންދިޔަ ޝަކުވާއެކެވެ. ނަމަވެސް މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ރައްޔިތުންގެ މި ޝަކުވާތަކަށް ބޮޑު ލުޔެއް ލިބި ގިނަމަގުތަކެއް ފެންބޮޑުވުމުންނާއ،ި ޗަކަވުމުންނާއ،ި އަޑިގުޑަންވުމާއ،ި ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ބޮޑު ހައްލެއްލިބިފައިވާ ކަަމަށް އެމްޓީސީސީން ބުނެއެވެ.
އަދ،ި މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހޯރަފުށި އެތެރޭގެ މަގުތައް ހެދުމާއެކު މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.