ތ. ގުރައިދޫގައި އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއ،ި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއ،ި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 106.02 މިލިއަންރުފިޔާގެ މަޝްރޫއެކެވެ.

ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއާޕޯޓުގެ މަސައްކަތް ބަޖެޓުގައި ނެތް ނަމަވެސް އެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެމަނިކުފާނު އޮތީ ވައުދުވެވަޑައިގެންފަ އެވެ.

2,272 މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫ އަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަރަށެކެވ.ެ މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަމާއ،ި ދަނޑުވެރިކަމާއ،ި ފަން ވިޔުމުގެ އިތުރުންފަތުރުވެރިކަމުގެ ދާއިރާގައިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ގުރައިދޫގައި ގިނަ އަދަދެއްގެ ފިހާރަތަކާއި އެކި ކަހަލަވިޔަފާރިތައް ކުރިޔަށް ދާތ،ީ މި ރަށް ވެފައިވަނީ މި ހިސާބުގެ ވިޔަފާރީގެ ހަބަކަށެވ.ެ ރަށުގައި އެއާޕޯޓެއް އޮތުމަކީ އެ ރަށު ރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެކެވެ.