ރާއްޖެއަށް މިއަހަރު އައި ފަތުރުވެރިންގެ ޖުމުލަ އަދަދު 809،603 އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހުގެ 29 ގެ ނިޔަލަށް 809،603 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،321،932 ފަތުރުވެރިންނެވެ.

މި ދިޔަ މަހުގެ އެ އަދަދާއެކު މި އަހަރުގެ ބަޖެޓުގައި 1.6 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރި ކުރުމުގެ 50 ޕަސެންޓް ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މި އަހަރުގެ ވޭތުވެދިޔަ 6 މަހަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މާޗު މަހުއެވެ. އެ މަހު ރާއްޖެއަށް ވަނީ 150،000 ފަތުރުވެރިން އައިސްފައެވެ. އަދި މިހާތަނަށް އިންޑިއާއިން ގިނަ ފަތުރުވެރިން އައިސްފައިވާއިރު އެ ގައުމުން ވަނީ 119،000 ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއަށް މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3،600 ފަތުރުވެރިން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެއެވެ.