ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ރީނދޫ އެލާޓް ނެރެފިއެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ މި ވިއްސާރާގައި މުޅި ރާއްޖެއަށް ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ތ އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7:40 އިން 11:30 ނިޔަލަށެވެ.

މި ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުން ދާއިރު، ތ އަތޮޅުން ފެށިގެން އައްޑޫ އަތޮޅު ފިޔަވާ، ހދ އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ ހުދު އެލާޓުވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، ގަޑިއިރަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއިރަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވެ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ތަކުރާރުކޮށް ކަމާބެހޭ އިދާރާތަކުން ގޮވަމުން އަންނަ ނަމަވެސް އެކަމަށް ބެލުމެއް ނެތި ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުން ހިތާމަވެރި އެތައް ހާދިސާތަކެއް ވަނީ ހިންގާފައެވެ.