"ހިނގާ ކޭކު ފަޅަން...ހަދިޔާތަށް ކެނޑުންވެސް އޮންނާނެ އަދި.." މާއިޝް މީޝާގެ އަތުގައި ހިފައިގެން މޭޒު ކައިރިއަށް ދިޔައެވެ. ކޭކު ފަޅާ ނިމުމުން ހަދިޔާތަށް ކަނޑަންފެށިއެވެ. ހުރިހާ ހަދިޔާއެއް ކެނޑުން އިރުވެސް އާދިލް ގެ ފަރާތުން ދިން އެއްޗެއް ނުފެނުނެވެ. އެވަގުތު އާދިލް ކަކޫ މައްޗަށް ތިރިވެ ޖީބުން އަނގޮޓިއެއް ނަގާ މީޝާ އާއި ދިމާލަށް ދިއްކޮށްލިއެވެ. "އައި ލަވް ޔޫ މީޝް..މަ ބޭނުމީ އުމުރު ދުވަހަށް މީޝް އާއި އެކީ ވާން..ވިލް ޔޫ ބީ މައި ލައިފް ޕާޓްނާ.." އެއަޑު ކަނފަތުގައި ޖެހުމާއިއެކު މީޝާއަށް އުފަލުން އާދިލްގެ ގައިގައި ބައްދާލެވުނުވެ. ހިނދުކޮޅަކަށް ދުނިޔެމަތީގައިވާ ހުރިހާ ކަމެއް އޭނާ ހަނދާން ނެތިގެން ދިޔައެވެ.އެ ވަގުތު ކޮޅު އުމުރަށް ދެމިގެން ދާނެނަމައޭ އެވަގުތު ހިތަށް އެރިއެވެ. އާދިލްގެ މޭގައި ބޯއަޅާލައިގެން އުމުރަށް އޮވެލަން އޭނާ ހިތް އެދިގޮވާތާ ކިތަންމެ ދުވަހެކެވެ.އެ އަތުގެ ހިމާޔަތަށް އޭނާގެ ހިތް އެދެމުން ދިޔައީ ބަޔާން ކުރަނވެސް ނޭނގޭހާ މިންވަރަކަށެވެ.
އެތާ އެހެން ބަޔަކު ތިބިކަންވެސް އޭނާ ހަނދާންވީ މާ ފަހުންނެވެ. މީޝާ އަވަސް އަވަހަށް އާދިލް އާއި ދުރަށް ޖެހެލިއެވެ. އޭރު ނޫން ކަމަށް ހެދިގެން މާއިޝް އާއި ހައިކަލް އަދި އަޒްކާ ހުރިތަން ފެނިފައި މީޝާ ގެ ގާތަށް ހިނި އައެވެ.
ހުރިހާ ކުދިން ދިއުމުން މީޝާ އާއި އާދިލް އެކަނިވިއެވެ. އަތިރިމަތީގެ ސާފު ދޮންވެލިގަނޑުމަތީ އިއްތާލައިގެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ.އެހުރިހާ ވަގުތެއްގައިވެސް އެދެމެދުގައިވީ ހިމޭން ކަމެވެ. ވައިރޯޅި ޖެހިލާ އަޑާއި ރާލު ބީއްސާލާ އަޑުނޫން އަޑެއް އެތާކު ނުވެއެވެ. އެހަމަ ހިމޭންކަން ފޫ އަޅުވާލީ އާދިލް އެވެ. "މީޝް މަ އެއްމެ ކުރިން ފެށިގެންވެސް މީޝް ދެކެ ލޯބިވިން..ހަމަ މިދުވަހަށް މިއޮއްހާ ދުވަހު މި އިންތިޒާރު ކުރީ..މަ މިރަށަށް އައި ހަމައެކަނި ބޭނުމަކީވެސް މީޝް..މީޝްގެ މި އުފަންދުވަސް.." އާދިލް މަޑު މަޑުން މީޝާގެ އަތުގައި ހިފާ އަތަށް ފިތާލިއެވެ. މީގެ ކުރިންވެސް އާދިލްގެ އަޑު އެތަށް ފަހަރަކު އިވިފަ ވީނަމަވެސް މިރޭ އެއަޑުގައި ތަފާތުކަމެއް ހުރިހެން މީޝާއަށް ހީވެއެވެ. އާދިލްގެ އަޑު އަހާ އޭނާ ފޫހިނުވާނެއެވެ. މީޝާ އެއްޗެއް ނުބުނެ ބަލަން އިނުމުން އާދިލް މީޝާއާއި އިތުރަށް ކައިރިވެލިއެވެ. އަދި މީޝާގެ އެ ދޮން ކަނދުރާގައި ބޮސް ދިނެވެ.
މީޝާ އަށް ހީވީ މީހަކު އޭނާ ކަރަންޓުގައި ޖެއްސިހެންނެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. މަޑު މަޑުން އާދިލްގެ އަތުގައި ހިފާ ބާރުކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ.ދެލޯ މަރާ ބާރުކޮށްލެވުނެވެ. އާދިލް އަށް މީޝާގެ އެ އަމަލުން ހީވީ ސިގުނަލެއް ދިންހެންނެވެ. އޭނާ މަޑު މަޑުން މީޝާ ގެ މޫނުމައްޗަށް ވެއްޓފައިވާ އިސްތަށިތަށް ދުރަށްޖައްސާލިއެވެ. އަދި މީޝާގެ ކޯތާފަތުގައި ބޮސް ދިނެވެ. އާދިލްގެ އެ ހަރާކާތާއިއެކު މީޝާއަށް އާދިލް ގެ ގައިގައި ބައްދައިގަނެވުނެވެ. މިހާރު އެދޭތެރެއަށް ވައިރޯޅިއެއް ވަންނާނެ ޖާގަ ވެސް ނެތެވެ."މީޝްޝްޝްޝް..." އާދިލް މީޝާގެ ކަންފަތް ބުޑުގައި މަޑު މަޑުން ބުންޏެވެ. "މީޝް ބޭނުން ނުވަންޏާ މަ ނުކުރާނަމޭ އެއްވެސް ކަމެއް..ބިރުނުގަންނައްޗޭ.."އާދިލް އެހެން ބުނުމުން މީޝާ އާދިލް އާއި ދުރަށް ޖެހެލިއެވެ.
މީޝާ ކުއްލިހަރަކާތަކާއިއެކު އާދިލްގެ ތުންފަތުގައި ބޮސް ދިނެވެ. ހަމައެއާއިއެކު އާދިލް އާއި ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް އެއަށް ވުރެން ހުޝިޔާރުކަމާއިއެކު އާދިލް މީޝާގެ ގައިގައި ހިފަހައްޓައި އޭނާ އާއި އިތުރަށް ކައިރިކޮށްލިއެވެ. މީޝާ އިސްވެ ދިން ސިގުނަލުން މީޝާ ދުރަށް ފޮނުވާލާކަށް އާދިލް ބޭނުމެއްނުވިއެވެ.މިއޮއްހާ ދުވަހު ހިފަހައްޓައިގެން ހުރި އިހުސާސްތަށް އިތުރަށް ހިފަހައްޓާނެ ހިތް ވަރެއް އޭނާ އަކަށް ނުލިބުނެވެ. އެވަގުތުގެ އަރާމު އޭގެ އެއްމެ ފޮނި މިނަވަރަށް ލިބިގަންނަން އޭނާ ބޭނުންވިއެވެ. މީޝާގެ އުނގުގައި ބޯއަޅާލައިގެން އޮތް އާދިލް އޭނާގެ އަތުން މީޝާގެ ކޮލުގައި ހިފާލިއެވެ. "ވަރަށް ލަސްވެއްޖެތަ..؟ " އާދިލް އަހާލިއެވެ. "2 ޖަހައިފި..ހިނގާ ގެއަށް ދާން.." މީޝާ ގެ ޖަވާބު އިވިފައި އާދިލް ތެދުވިއެވެ. "އެކަމް ދިއުމުގެ ކުރިން ރޭގަނޑުގެ ޑޯސް ދިނީމަ ދެވޭނީ އިނގޭ.." ލާނެއް ފާޑާކަށް އާދިލް އެހެން ބުނެލީ މީޝާ ރަކި ކޮށްލުމުގެ ބޭނުމުގައެވެ. "ދެން އާދިލް.." ކަންވީވެސް އާދިލް ބޭނުންވިގޮތަށެވެ. ލަދުންގޮސް މީޝާގެ މޫނު ރަތްވިއެވެ. "ހަހަހަ..މީޝް ރަކި ކޮށްލަންވެގެން މަ އުޅުނީ..ހާދަ ވަރަކަށޭ ދޯ ތިރަކިވީ އެކަމް..އޯކޭ ދެން މިރޭ ދޫކޮށްލަފާނަން ފުރަތަމަ ރޭ ވީމަ..ދެންފަހަރަކުން ޑޯސް ލިބުނީމަ ދޫކޮށްލެވޭނީ އިނގޭ.." އާދިލް އަނެއްކާވެސް މީޝާ ރަކި ކޮށްލިއެވެ. އާދިލް މީޝާގެ އަތުގައި ހިފައިގެން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ.
ގެއަށް ދެވުނުއިރު ދޮރުމަތީގައި ހުރި ޖޯލިފަތީގައި މާއިޝްއާއި ހައިކަލް ތިއްބެވ"ތީ ކޮންކަމެއް.." ޖޯޑު ކޮށްލައިގެން ހުރި އާދިލް އާއި މީޝާގެ އަތަށް ނަޒަރު ހިންގާލަމުން މާއިޝް ބުނެލިއެވެ. އަތުގައި ހިފައިގެން ހުރެވުނުކަންވެސް އެމީހުން ހަނދާންވީ ދެނެވެ. އަވަސް އަވަހަށް އަތުން ދޫކޮށްލައި ދުރަށް ޖެހިލެވުނެވެ. އެތަން ބަލަން އިން މާއިޝް އާއި އަޒްކާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. " ހޫންންން..އަހަރުން މީ މިހާރު އޮފިޝަލީ ބިޓުންނޭ..އެހެންވީމަ މައްސަލައެއްނެތްތާ ދޯ އަތުގަ ހިފިޔަކަސް..ކޮބާ އަޒޫ..." އާދިލް ވާހަކަ އޮޅުވާލަމުން އެހިއެވެ. " އަޒޫ އޭރު އައި ގޮތަށް ކޮޓަރިއަށް ދިޔައީ..އަހަރުން މަޑުކޮށްލީ ތި މީހުން އަންނަން ދެން.." ހައިކަލް އެހެން ބުނުމުން ދަނީ ކަމަށް ބުނެފައި މީޝާ ގޭތެރެއަށް ވަނެވެ. ފަހަތުން ހައިކަލް އާއި މާއިޝް އަދި އާދިލް ވެސް ވަނެވެ. މާއިޝް ވަނީ އޭނާގެ ކޮޓަރިއަށެވެ. ހައިކަލް އާދިލްގެ ފަހަތުން އާދިލް ގެ ކޮޓަރިއަށް ވަނެވެ. "ކައެ ކީއްކުރަން މިތަނަށް ތިވަނީ.." ދޮރުކައިރީ ފާޑަކަށް ހެވިފައި ހުރި ހައިކަލް ފެނިފައި އާދިލް ބުންޏެވެ. "ގަމީހުގަ ކޮން ފުންފަތެއް ތީނީ..މާއިޝް އިނީމަ މަ އެއްޗެއް ނުބުނީ..ތިއައީ އެކޮއެ ދުވަސް ދުއްވާލާފަ ދޯ.." ހެމުން ހެމުން ހައިކަލް އެހެން ބުނުމުން އާދިލް ލޯގަނޑުކުރިމައްޗަށް އަރާ ގަމީސް ބަލާލިއެވެ. ލައިގެން ހުރީ ހުދު ގަމީހެއް ކަމުން ޖެހިފައި ހުރި ލިޕްސްޓިކުގެ ނިޝާން ރީތިކޮށް ފެންނަން ހުއްޓެވެ. " އޯ ޝިޓް.. ކައެވެސް ހާދަ ލޯ ބޮޑޭ ދޯ..މަ ނުހަދަމޭ ގޮތެއް.." ގަމީހުގެ ގޮށްތައް ނައްޓާލަމުން އާދިލް ބުނެލިއެވެ. "ކަމެއްނުކިރަންޔާ އެހާ އިރެއް ނުވާނެ ދޯ.. 1 ނުޖަހާ އަހަރުން އައި އިރު..މިހާރު އެއޮއް 2:30 ވެ ބޮޑުވީ..އެހެންނޫނަސް ކައެ އަކަށް ނުހުރެވޭނެ ކަމެއް ނުކޮށެއް.." ހައިކަލް އަނެއްކާވެސް ބުނެލިއެވެ. " ދެން ހެވޭ..ނިކުމޭ ދެން..މަ ނިދަން ވެއްޖެ.." އާދިލް އެހެން ބުނުމަށްފަހު ހައިކަލް ބޭރަށް ނެރެ ދޮރު ލައްޕާތަޅުލިއެވެ.
މީޝާ ފާހަނާއަށް ވަދެ ނިކުނު އިރު ހެވިފައި ބަލަހައްޓައިގެން އަޒްކާ އިނެވެ. " ކިހިނެއްވީ.." ވަރަށް ނޭނގޭ ކަމަށް ހެދިފައި މީޝާ އަހާލިއެވެ. "ކޮބާ ހައު އިޓް ވެންޓް..ފަސްޓް ޓައިމް ގެ އިހުސާސްތަށް ކިހިނެއް.." އަޒްކާ ލާނެއް ފާޑަކަށް ބުނެލިއެވެ. " ޗީ އަޒޫ..އެކަހަލަ ކަމެއްނުކުރަމޭ.." މީޝާ ލަދުގަތެވެ. "ނުކުރަމޭ..ވަޓް.."އަޒްކާ އަނެއްކާވެސް އެހިއެވެ. "ޔާ އިޓް ވޯޒް ޖަސްޓް އަ ކިސް.." މޫނުމަތީ އަތް އަޅައިގެން ހުރެ މީޝާ ބުނެލިއެވެ. "ތިވާހަކަ އޭ މިދައްކަނީ..މީޝް ތި ހީކުރީ ކޯޗެއްކަމަށް..އޯ މައި ގޯޑް..ހައު ވޯޒް އިޓް.." އަޒްކާ އަނެއްކާވެސް ބުންޏެވެ. ހުރިހާ އެއްޗެއް ތެދަށް ނުކިޔައިދެނީސް އަޒްކާ އޭނާ ދޫނުކޮށްލާނެކަން މީޝާ އަށް އިނގުނެވެ. އެހެންކަމުން ހުރިހާ އެއްޗެއް ތެދަށް ކިޔައިދިނެވެ. " އަޅޭ..ހާދަ ރޮމޭންޓިކް އޭ..މަށަށް ވެސް އާދިލް ކަހަލަ މީހެއް ލިބޭނެނަމަ ދޯ.." އަޒްކާ މީޝާގެ ގައިގައި ޖެހިގަންނަމުން ބުނެލިއެވެ. " ދޮންބެ އެހެރީ އެއްނުން.." މީޝާ އަޒްކާ އާޢި ދިމާކޮށްލިއެވެ. " ދޮންބެ ރޮމޭންޓިކް؟؟ ނޯ ވޭ.. މަށަކަށް ގަބޫލެއް ނުކުރެވެ..."އަޒްކާ ހެމުން ހެމުން ބުނެލިއެވެ. " ދެން ރޮމޭންޓިކް ނޫނަސް ދޮންބެ ދޯ ހުރީ.. އާދިލް މަތިން ވަރަށް މިސްވޭ އެބަ..އޭނަ ކައިރިއަށް ދާން ބޭނުމީ.." މީޝާ މޫނު ކުނިކޮށްލަމުން އެހެން ބުނުމުން އަޒްކާ ހޭންފެށިއެވެ. " އައްދެ ވަރެއް ވެފައޭ ދޯ ތިހިރީ..ފުރަތަމަ ރޭން އެސޮރު ވަރެއް ކޮށްލައިފިތާ އެހެންވީމަ ދޯ..." އަޒްކާ އަށް އެހެން ބުނެވުނުތަނާ މީޝާގެ ފޯން ރިންގޮވާންފެށިއެވެ. އަޒްކާ ފޯންނަގާ ބަލާލިއެވެ. " އޭ ޔޫ ގެ ހީރޯ މިއޮއް ގުޅަނީ..އެފަކީރުވެސް ނުނިދިގެން އެއުޅެނީ.." އަޒްކާ އެހެން ބުނެފައި މީޝާ އަތަށް ފޯން ދިނުމަށްފަހު ނިދަން އޮއްތާލިއެވެ.
ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން މީޝާ ސޯފާގައި އިށީނެވެ. " ބޭބީ ނިދީތަ.." އާދިލްގެ އެ ފިރެހެންވަންތަ އަޑުން އެހެން ބުނި އަޑު އިވުމުން މީޝާގެ ހިތް އަވަސް ވިއެވެ. " ނުނިދަން އަދި..ކިހިނެއް ވީ..." މީޝާ ވާހަކަ ދެއްކީ އަޒްކާ އަށް އަޑުނީވެނޭހާ މަޑު މަޑުންނެވެ. "މިސް ވަނީ ހަމަ..އާދެބަ އަދި..މި ރޫމްގަ މަޑުކޮށްލާފަ ދާން.." އާދިލް އެދުނެވެ. މީޝާވެސް ދާންބޭނުންވެފައި ހުރި ވާހަކަ ބުނެލިއެވެ. ނަމަވެސް މިގަޑީގައި އެހެން ދިއުން ރަނގަޅު ނުވާނެކަން އާދިލްއަށް ވިސްނައިދިނެވެ. ނަމަވެސް އާދިލް އެދުނީ އިރުކޮޅަކަށް އައިސް ދިނުމަށެވެ. "އޯކޭ އޭ އެއްމެ 5 މިނެޓަށްވެސް،،ޕްލީޒް.." " އާދިލް..ދެން ނިދާލަބަ..މަ އިންނާނެ ނިދެންދެން ގުޅައިގެން...އެހެން ނޫނަސް މީގެ ކުރިންވެސް ހަމަ ނިދަނީ އެއްނުން މަ ނެތަކަސް.." މީޝާ ދެންވެސް ބެލީ އާދިލް އަށް ވިސްނައިދެވޭތޯއެވެ.
މީޝާ އެއްބަސް ނުވުމުން އާދިލް އަށް ޖެހުނީ ގޮތްދޫކުރާށެވެ. މާ ގިނަ އިރުތަކެއް ނުވެ ދެމީހުންނަށްވެސް ނިދުނެވެ.
ފޯން އެލާމް ވާ އަޑަށް އަޒްކާ އަށް ހޭލެވުނެވެ. އޭރު ސޯފާގައި ނިދިފައި އޮއް މީޝާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ކަންފަތުގައި ފޯން ޖަހައިގެން އޮތުމުން ރޭގައި ފޯންގައި އޮއްވައި ނިދުނީކަން އަޒްކާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އަޒްކާ މަޑު މަޑުން ހިނގާފައި ގޮސް ފާހަނާ އަށް ވަނީ ތައްޔާރުވެލައިގެން ސައިހަދަން ނިކުތުމަށެވެ. ފާހަނާއިން ނިކުން އިރުވެސް މީޝާ އޮތީ ގަދަ ނިދީގައެވެ. އެހެންކަމުން މީޝާއަށް ގޮވަން ނުހަދާ އަޒްކާ ބޭރަށް ނިކުތެވެ.
"ދައްތާ..ކޮބާ އެހާ އަވަހަށް އައީމަވެސް ފަށައިގެން ދޯ ތިއުޅެނީ.."ބަދިގއެށް ދެވުނުއިރު ރޮށި ފިހަން ހުރި ނަޒީރާ ފެނިފައި އަޒްކާ ބުނެލިއެވެ. "އަދި ހަމަ މިފެށީ..އަވަހަށް ކޮފީ އެއް ބޯލައިގެން ފަތް ކޮޅު ކޮށާލަދީ އިނގޭ..މިއަދު މަންމަ މިއުޅެނީ އަންހެން ކޮމެޓީގެ މީހުންނާއެކީ ދަތުރެއް ދާން..މެންދުރު ފަހުން ފުރަނީ..މާދަމާ ހަވީރު އަންނަނީ ރަށަށް..އެހެންވެ އޭގެ ކުރިން ގޭތެރޭގެ ކަންތައް ނިންމާލަން މިއުޅެނީ.." ނަޒީރާ އެހެން ބުނުމުން އަޒްކާ ފެން ހޫނުކުރަން ޖެއްސުމަށްފަހު މޭޒުމަތީގައި ހުރި ކޮޕީ ފަތް ތަށް ނަގާ ދޮވެލިއެވެ.
"މިހާރު ދެކުދިން ކުލައަކާ އެއްޗެހި ނިންމައިފިންތަ...؟"ނަޒީރާ އަޒްކާ ކައިރިން އަހާލިއެވެ. "ކޮން ކުލައެއް.." ނަޒީރާ ބުނި އެއްޗެއް ނޭނގިގެން އަޒްކާ އަހާލިއެވެ. " ކައިވެނި ޕާޓީ ކުލަ..މިހާރު އުޅެގެން ހެދުން ފެހޭނީވެސް..މަންމަ ފަހާނަން މީޝް މެންގެ ހެދުން..އަޒޤ ހެދުން ފަހަން ލާން ޖެހޭނީ ފަހާތަނަށް..މިއަދު ފޮތި ގަނެފަ މީޝް އާއެކީ ދޭ ޕާޓީ ހެދުން ފަހަން ދޭން..ދެން މާއިޝް ކައިރީ މަންމަ ބުނާނަން މާއިޝް ގެ އެއްޗެހި ބޯޓު މާދަމާ ފުރާއިރު އޭގެން ގެންނަން.." ނަޒީރާ ދެއްކި ވާހަކަ ތަކުން އެ ކައިވެންޏާމެދު ނަޒީރާ ކުރަމުންދާ އުއްމީދު އަޒްކާ އަށް ކިތަންމެ ރަނގަޅަކަށްވެސް ނަގައިގަނެވުނެވެ. ނަމަވެސް އެ އެއްވެސް ކަމެއް ކުރާކަށް އަޒްކާގެ ހިތެއް ގަބޫލެއް ނުވިއެވެ. "އެކަމް ޕާޓީ އެއް ނުބޭއްވިޔަސް ރަނގަޅުވާނެ .. އަޅުގަނޑު އެހާ ބޭނުމެއްނޫން މާއިޝް އަށް އުނދަގޫ ކުރާކަށް.." އަޒްކާ ބުންޏެވެ. "ނޫނޭ..ތިގޮތް ކަމަކު ނުދާނެ..ޕާޓީ ބާއްވަން ޖެހޭނެ..މަންމަގެ ދޮށީ ދަރި މީހަކާ އިންނައިރު އެކަން ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަން މަންމަ ބޭނުންވަނީ..މާއިޝް އާވެސް މަންމަ އަދި މިވާހަކަ ދައްކާނަނަ.." ނަޒީރާ ބޭނުންވާ ގޮތް ހާމަކުރިއެވެ. ނަޒީރާގެ ކުރިމަތީ އިތުރަށް ދެކޮޅުހަދާކަށް އަޒްކާ އަކަށް ނުކެރުނެވެ. "ގަޑިން ކިހާވަރެއް ތަ.." ނަޒީރާ އހާލިއެވެ. 8ޖަހަނީ ކަމަށް އަޒްކާ ބުނުމުން މާއިޝް އަށް ގޮވައިދޭން ދިޔުމަށް ނަޒީރާ އެދުނެވެ. "އަޅުގަނޑު..؟"އަޒްކާ ސުވާލުގެ ނަޒަރަކުން ނަޒީރާއަށް ބަލާލިއެވެ. "ހޫމް..މަންމަ އަތުގަ ފުށް އޮތީމަ..8 ޖަހާއިރު ގޮވާލަން ބުނެފަ މާއިޝް އޮތީ..ދެބަލަ ގޮވާލަދޭން..ބުނޭ މަންމަ ބުންޏޭ 8 ޖަހަނީއޭ.." ނަޒީރާ އަނެއްކާވެސް އަޒްކާ ކުރަން ބޭނުންނުވާ ކަމެއް ކުރުމަށް އެދުނެވެ. ދާން ބޭނުން ނުވިޔަށް ނުގޮސް ވާކަށްވެސް ނެތެވެ. ފުން ހިޔާލެއްގައި ހުރެގެން އަޒްކާ މާއިޝްގެ ކޮޓަރި އާއި ދިމާލަށް މިސްރާބުޖެހިއެވެ.
ދޮރުގައި ދެފަހަރަކަށް ޖަހާލުމުންވެސް އެތެރެއިން ހަބަރެއް ނުވިއެވެ. އެހެން ކަމުން އަޒކާ ތަޅުގައި ހިފާ އަނބުރާލިއެވެ. ދޮރުހުރީ ތަޅުނުލާ ކަމުން ވަރަސް ފަސޭހަ ކަމާއިއެކު ދޮރު ހުޅުވިގެން ދިޔައެވެ. އެވަގުތު އެނދުގައި ގަޔަށް ޓީޝާޓެއް ނުލާ އޮތް މާއިޝް ފެނިފައި އަޒްކާގެ ނޭވާ އަވަސް ވިއެވެ. އަތްފައި ފިނިވާން ފެށިއެވެ. ބޭއިހްތިޔާރުގައި އޭނާއަށް ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިތްވަރުކޮށްލާފއި ކުރިޔަށް ހިނގައިގަތެވެ. ދެއަތް ދެއަތާ ޖޯޑު ކޮށްގެން ހުރެ ގޮސް މާއިޝް ގެ އެނދުގެ ކައިރި މަޑުކޮށްލާ ގޮވާލިއެވެ. ނަމަވެސް މާއިޝް އަކަށް ހޭވެރިކަމެއް ނުވިއެވެ.އޭނާ ވަނީ އެއަށް ވުރެން އަރާމު ނިންޖެއްގެ ތެރެއަށް ގެއްލިފައެވެ. އެހެންކަމުން އަޒްކާއަށް މަޖުބޫރުވީ މާއިޝް އާއި އިތުރަށް ކައިރިވުމަށެވެ. އަދި މަޑު މަޑުން މާއިޝްގެ އެ ހަށިގަނޑުގައި ކޮށްޓާލިއެވެ. ކުއްލިއަކަށް މާއިޝް ގެނައި ހަރަކާތާއިއެކު އަޒްކާ ގެ ގައިގައި މާއިޝްގެ އަތް ޖެހިފައި އޭނާގެ ގައި މައްޗަށް އަޒްކާ ވެއްޓުނެވެ. އެވަގުތު މާއިޝް ގެ ލޯ ހުޅުވާލިއެވެ. ނުހަނު ކައިރީގައި އަޒްކާ އޮއްވާ ފެނުމުން އޭނާ އަށް އަޒްކާގެ އެ އޮމާން މޫނަށް ބަލަހައްޓައިގެން އޮވެވުނީއެވެ. މާއިޝް އަށް އެއްވެސް އިހްތިޔާރަކާއި ނުލާ އަޒްކާގެ އުނަގަނޑުގައި ހިފާ އޭނާގެ މޫނާ ދިމާލަށް ދަމައިގަތެވެ. އަދި އަޒްކާގެ ތުންފަތަށް ބޮސް ދިނެވެ. މާއިޝް ގެ އެ އަމަލުން އަޒްކާ އަށް ސިހުން ލިބުނެވެ. ވަގުތުން ތެދުވެ އަނެއް ފަރާތަށް އެނބުރުނެވެ. މާއިޝްއަށް ވެސް މިކުރެވުނީ ކީއްކަން އިނގުނީ މާފަހުންނެވެ. "އައި އެމް ސޮރީ އަޒޫ.." މާއިޝް މާފަށް އެދުނެވެ. " މާއިޝް މަންމަ ބުނީ 8 ޖަހަނީ އޯ.."އިތުރަށް އެތާ މަޑުނުކޮށް ހިނގައިގަންނަމުން އަޒްކާ އެހެން ބުންޏެވެ. ކޮޓަރިން ނިކުމެ ނިކުމެ ހުއްޓާ މާއިޝް އައިސް އަޒްކާގެ އަތުގައި ހިފާ ކޮޓަރީގެ ތެރެއަސް ދަމައިގަނެފައި ދޮރު ލައްޕާތަޅުލިއެވެ.
އެކަހަލަ ކަމަކަށް ނުވިސްނާ ހުރުމުން އަޒްކާ ގެ އަތަށްވެސް ތަދުވިއެވެ. މާއިޝް އަވަސް ހަރަކާތަކާއި އެކު އަޒްކާ ގެންގޮސް ދޮރާލާ ފިއްތާލިއެވެ. "އައި އެމް ސޮރީ އަޒޫ..މަ ގަސްތަކު ނޫން.." މާއިޝް އަނެއްކާވެސް ބުންޏެވެ. " މާއިޝް މަށަށް ތަދުވޭ އެބަ..ދޫކުރޭ.." އަޒްކާ ބުންޏެވެ. ނަމަވެސް ދޫކޮށްލާ ކަހަލަ ހިޔާލެއް މާއިޝްގެ އެއް ނެތެވެ. " ސޮރީ.."އަނެއްކާވެސް މާއިޝް ބުނީ އެހެންނެވެ. އަޒްކާ ހިފަހައްޓާލައިގެން ހުރި އިހުސާސްތަށް އިތުރަކަށް ނުހުފެހެއްޓުނެވެ. އޭނާ އަތަސް ލެވުނު ބާރެއް ލާފައި މާއިޝް ދުރަށް ކޮއްޕާލިއެވެ. " މާއިޝް ހީކުރަނީ ކީކޭ ކަމަށް ތަ..؟ މަ ވެސް މީ އިންސާނެކޭ..މާއިޝް ބޭނުންވީމަ ލޯބިކޮށްލާފަ ބޭނުންވީމަ އަނިޔާ ކޮށް ހިތުހުރި އެއްޗެއް ކިޔާކަށް ނުޖެހޭނެ..މަވެސް މާއިޝް ގައިގަ ތިހެން އަތެއް ނުލަން..އެހެންވީމަ މާއިޝްވެސް ހުންނަން ޖެހޭ ހިސާބުގަ ހުރުން ރަނގަޅުވާނީ.." އޭރު އަޒްކާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އޭނާގެ ކޯތާފަތް މަތިން ފޫދެމުން ގޮސް މުށިގަނޑު މައްޗަށް ތިކި ޖަހައެވެ.
އަޒްކާ ނިކުމެގެން ދިޔައިރުވެސް ކިޔާނެ އެއްޗެއް ނޭނގިފައި މާއިޝް އިނެވެ. އެއްޗެއް ނުބުނެ އިނަސް އަޒްކާ ކީ އެއްޗެހީގެ ބަދަލު އޭނާ ހިފާނެއެވެ. އެކަން ވަރަށް ރަނގަޅަށްވެސް އޭނާގެ ލޮލުން ފެންނަން ހުއްޓެވެ. "އަޒްކާ އަޒްކާ އަޒްކާ..މަގޭ ކެއްތރިކަމުގެ އިމްތިހާން ތިހެން ކުރަން ވެއްޖިއްޔާ އޭގެ ދެރަވެސް ލިބޭނީ ހަމަ އަޒްކާއަށް..މަ ވަރަށް ކެތްކޮށްފިން އެއްޗެއް ނުބުނެ ރީތިކޮށް އުޅެން..ދެން އެކަމް މަގޭގެ ނުލަފާކަން ފެންނާނެ .." މާއިޝް ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
އަޒްކާ ގޮސް ވަނީ ފާހަނާ އަށެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަށް އެހެން މީހަކަށް ނުދެއްކުމަށެވެ.
"ކޮބާ އަޒޫ..ސައި ހަދަން އައިސް ދިޔަ ގޮތަށް ސައިބޯންވެސް ނާދެ.."ނަޒީރާ މީޝާ ކައިރިން އަހާލިއެވެ. "ބޮލުގަ ރިއްސާ ވާހަކަ ބުނީ ސައިބޯން އަންނަން ބުނީމަ.." އެވަގުތު ކާ މޭޒު ކައިރީ އަޒްކާ ނޫން ހުރިހާ ކުދިން ސައިބޯން ތިއްބެވެ. މީޝާ އެހެން ބުނުމުން މާއިޝް ބުންޏެވެ. " ހާދަ ކަންތައް ބޮޑުކުރެޔޭ ދޯ..ސައިބޮއެގެން ބޭސް ކެއީމަ ވީ އެއްނުން އެޓެންޝަން ހޯދަން ނޫޅެ.." މާއިޝް އެހެން ބުނުމުން ނަޒީރާ ހިތްހަމަ ނުޖެހުނެވެ. " މާއިޝް..ތީތަ ވާން އުޅޭ އަނބިމީހާ އާއި ދިމާލަށް ކިޔަން ޖެހޭ އެއްޗިއްސަކީ ...ތީތަ މަންމަ ދިން ތަރުބިއްޔަތަކީ..ބަފަޔަކާ ނުލާ ބަލާ ބޮޑުކުރީމަ ތީތަ ކަންތަށް ކުރަން ޖެހޭ ގޮތަކީ.." އެހެން ބުނުމަށްފަހު ނަޒީރާ ތެދުވެގެން ދިޔައީއެވެ. މީޝާ ވެސް ފަހަތުން ދިޔައެވެ. " މާއިޝް ކިހިނެއްތަ ތިވަނީ..އެއްފަހަރު ވަރަށް ރަނގަޅުވާނެ އަނެއް ފަހަރު ތިހިރީ ކަންތައް ކުރާ ގޮތް.." އާދިލްވެސް އެހެން ބުނެފައި ކާން އެޅި އެއްޗެހި ބަހައްޓާފައި ނިކުމެގެން ދިޔައީއެވެ. މާއިޝް ހައިކަލް އަސް ބަލާލީ ހައިކަލް ނުދަނީތޯ އަހާލާ ފާޑަކަށެވެ. ހައިކަލްވެސް ގޮނޑިން ތެދުވެ ޕިސް ކަނޑަމުން ނިކުމެގެން ދިޔައީއެވެ.
އޭގެ ރުޅިގަނޑުވެސް މާއިޝް ބާލާނީ އަޒްކާ އަސެވެ. އޭނަ ގަބޫލު ކުރާ ގޮތުގައި އެ އާއިލާ އެއްމެން އޭނަ އާއި ޖެހެނީ އަޒްކާގެ ސަބަބުންނެވެ. " ބޮޑު ކަމެއް..އޭނަ އާއި ހުރެ މިހާރު އުޅެވޭކަށް ނެތް..އެކަންތައް އެހާ ބޮޑު ނުކިރިޔަސް ވީސް ކަންނޭނގެ..މަމީ އޭނަގެ ވާން އުޅޭ ފިރިމީހާ ވިއްޔާ..ތުއިކަން..އެނޫން ކޮންކަމެއް ދެން.." މާއިޝް އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.
"އަޒޫ ދަރިފުޅާ ހިނގާ ސައިބޮއެގެން ބޭސް ކާލަން.." ނަޒީރާ ނުހަނު އޯގާތެރިކަމާއިއެކު އަޒްކާ އާއި ވާހަކަ ދެއްކިއެވެ. "ފަހުން ކާނަން..މިގަޑީގަ ނެތް ދާނެ ހިތވަރެއް.." އަޒްކާ ބުންޏެވެ. އަޒްކާ އެހެން ބުނުމުން މީޝާ ކައިރީ ކާ އެއްޗެހި ގެނެސް ދިނުމަށް ނަޒީރާ ބުންޏެވެ.މީޝާ އަވަސް ފިޔަވަޅު ތަކެއްގައި ކާ ކޮޓަރިއަށް މިސްރާބުޖެހިއެވެ. އޭރު ސިޓިން ރޫމުގެ ސޯފާގައި ތިބި ހައިކަލް އާއި އާދިލް ފެނިފައި މީޝާ އަހާލިއެވެ. " ކީއްވެ ސައި ނުބޮއެ ނިކުތީ ތި..ދޭބަލަ ސައިބޯން.." " މީޝް އާއި އަޒޫ ކާގަޑީގަ އަހަރުންވެސް ކާނީ.." ހައިކަލް ބުނެލިއެވެ. އެހެން ބުނުމުން މި އަންނަނީ ކަމަށް ބުނެފައި މީޝާ ކާ ކޮޓަރިއަށް ވަނެވެ. " ކޮބާ މިހާރު ކިހިނެއް އޭނަ.." މީޝާ ފެނުމާއިއެކު މާއިޝް އަހާލިއެވެ. " ދޮންބެ އަށް އޯކޭ އެއްނުން އަޒޫ އަށް ކޮންމެ ގޮތެއް ވިޔަސް..ޑޮކްޓަރުކަން ކިޔަވައިގެން އައުމުގެ ބޭނުމެއް ނެތޭނުން..އިންސާނިއްޔަތުކަންވެސް ނޭނގޭ މިހާރު.." މީޝާ ރުޅި އައިސް ހުރުމުން މާއިޝް ކަންތަށް ހުންނަ ގޮތުގެ ވާހަކަ ކިޔާލިއެވެ. ބުނާނެ އިތުރު އެއްޗެއް މާއިޝް އަކަށް ނޭނުގުނެވެ. އޭނާ ގެ އަމިއްލަ ކޮއްކޮވެސް އޭނާ އާއި ދެކޮޅުވީއެވެ. މިވީހަ ދުވަހު އޭނާއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ހިޔަނިހެން އެކީގައި ވީ ކޮއްކޮ ގެ ފަރާތުން އެކަހަލަ ބަސްތަކެއް އިވުމުން މާއިޝޤގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.
މީޝާ ތައްޓަށް އެއްޗެހި އަޅައިގެން ކޮޓަރިއަށް ދިޔައެވެ. " މަންމަ އެހެންވީމަ ދަތުރެއް ނުދާނަން.." ނަޒީރާ އަޒްކާ ކައިރީ ބުނެލިއެވެ. " ނޫން..އަޅެ..މީ އާދައިގެ ބޮލުގެ ރިހުމެކޭ..މީޝް މެންވެސް ތިބޭނެ އެއްނުން..ދައްތަ ދޭ.." އަޒްކާ ބުންޏެވެ. " ތެދެއް މަންމާ..އާދިލް ވެސް ހައިކަލް ވެސް އެހެރީ އެއްނުން ހަމަ..ދޮންބެ ވެސް ހުންނާނެ އެއްނުން..އަހަރުން އަޒޫ ބަލާނަން ރަނގަޅަށް.." މީޝާވެސް ގޮތްދޫނުކޮށް ކިޔަން ފެށުމުން ނަޒީރާ ދަތުރު ދާން އެއްބަސްވިއެވެ.
އަޒްކާ އަށް ބޭސް ދިނުމަށްފަހު މީޝާވެސް ބޭރަށް ނިކުތެވެ. "ހިނގާ ދެން ސައިބޯން..އަޒޫ އަށްވެސް ސައި ދީފަ މިއައީ..." މީޝާ އެހެން ބުނުމުން ސޯފާގައި ތިބި ހައިކަލް އާއި އާދިލް ތެދުވެގެން ކާ ކޮޓަރިއަށް މިސްރާބުޖެހިއެވެ. އެކުދިން ދިޔައިރުވެސް އެ އިން ގޮތަށް މާއިޝް އިނެވެ. ނަމަވެސް އެކަމާ އަޅާނުލާ ސައިބޮއެގެން ބޭރަށް ނިކުތީއެވެ.
މެންދުރު ބަންގި ގޮވި އިރު އަތް މަތި އަވަސް ކޮށްލާފައި ނަޒީރާ އުޅެއެވެ. ދަތުރަށް ބޭނުންވާ އެއޗެހިތަށް ނަގާ ތައްޔާރުވުމުގައެވެ. މާގިނަ އިރު ތަކެއްނުވެ ޕިކަޕު އޭނާ ބަލާ އައުމުން ދަނީ ކަމަށް ބުނެފައި އެއްޗެހިތަށް ހިފައިގެން ދިޔައެވެ.
ހަވީރު އަތަށް އެޅި އިރުވެސް އަޒްކާ އޮތީ ނިދާފައެވެ. މާއިޝް މަޑު މަޑުން ދޮރު ހުޅުވާލާފައި އެ ކޮޓަރީގެ ތެރެއަށް ވަނެވެ. ސިޓިން ރޫމު ސޯފާގައި ޓީވީ ބަލަން ތިބި މީޝާ މެންނަށް ނޭނގޭނެހެންނެވެ.
- ނުނިމޭ